Войти
Войти
Войти
Выберите язык

An-Naml 27:75 وما من غايبة في السماء والارض الا في كتاب مبين ٧٥

Страница 383 · Джуз 20

وَمَا
مِنۡ
غَآئِبَةٖ
فِي
ٱلسَّمَآءِ
وَٱلۡأَرۡضِ
إِلَّا
فِي
كِتَٰبٖ
مُّبِينٍ
٧٥
(75) އަދި އުޑާއި ބިމުގައި غَائب ވެ ވަންހަނާވެގެންވާ އެއްވެސް އެއްޗެއް އެއެއްޗަށް بَيان ވެގެންވާ ފޮތެއްގައި ނުވަތަ بيان ކޮށްދޭ ފޮތެއްގައިވާ މެނުވީ ނުވެއެވެ. (އެބަހީ: ހުރިހާ އެއްޗެއް ފޮތުގައި بَيَان ވެގެންވެއެވެ.)
reading-goal:continue-reading

Читать q-and-a.tafsir

Russian Tafseer Al Saddi

Речь идет о Хранимой скрижали, в которой содержатся достоверные сведения обо всем, что произошло и должно произойти вплоть до наступления Судного часа. Поэтому любое тайное или явное событие во Вселенной происходит в полном соответствии с записью, хранящейся в Ясном Писании.
Речь идет о Хранимой скрижали, в которой содержатся достоверные сведения обо всем, что произошло и должно произойти вплоть до наступления Судного часа…
Вид tafsirs

Читать related-content

67. (67) އަދި ކާފަރުވީ މީސްތަކުން ބުންޏެވެ. އަހުރެމެންނާއި އަދި އަހުރެމެންގެ ކާބަފައިންވެސް މަރުވެ ގޮސް ބިމުހުރިވެއްޔަށްވުމަށްފަހު އަލުންދިރިގެން ފޮނުވޭނޭހެއްޔެވެ؟ 68. (68) ހަމަކަށަވަރުން އަހުރެމެންނަށާއި އަހުރެމެންގެ ކާބަފައިންނަށްވެސް ވަނީ (މީގެކުރީގައި) މިވާހަކަ وعد ކުރެވިފައެވެ. (އެއިން އެއްވެސް މީހަކު ދިރުނީއެއްނޫނެވެ.) މިވާހަކަތައް އަދި މި وعد ތައް އެއީ އިހުޒަމާނުގެ މީހުންގެ ދޮގު އަދި ތާކުންތާކު ނުޖެހޭ ވާހަކަތަކެއްކަމުގައި މެނުވީނުވެއެވެ. 69. (69) ކަލޭގެފާނު ވިދާޅުވާށެވެ! (އޭ މިތިބަ ދޮގުވެރިންނޭވެ!) ކަލޭމެން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް ހަދައިބަލާށެވެ! އަދި (އިސްވެދިޔަ) ނުބައިމީހުންގެ ފަހުކޮޅުވެގެން ދިޔައީ ކޮންފަދައަކުންތޯ ބަލައި އެޔާމެދު فكر ކޮށް عبرة حاصل ކޮށްބަލާށެވެ! 70. (70) އަދި ކަލޭގެފާނު އެމީހުންގެ މައްޗަށް ހިތާމަފުޅު ނުކުރައްވާށެވެ! އަދި އެމީހުން އެރާވާ ނުބައި ރޭވުންތަކާއިމެދު ހިތްޕުޅު ދަތިފުޅު ނުކުރައްވާށެވެ! (ﷲ تعالى އެމީހުންގެ މައްޗަށް ކަލޭގެފާނަށް نصر ދެއްވައި އެމީހުން ހަލާކު ކުރައްވާހުއްޓެވެ.) 71. (71) އަދި އެމީހުން ބުނެއެވެ. (އޭ مؤمن ންނޭވެ!) ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން ބުނެބަލާށެވެ! އަހުރެމެންނަށް ތިޔަ وعد ކުރެވޭ ކަންތައް (عذاب އައުން) ވާނީ ދެންކޮންއިރަކުންހެއްޔެވެ؟ 72. (72) އޭ رسول ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން އަވަސްވުމަށް ތިޔަ އެދޭ ބައެއް ކަންތައް ދާދިގާތުގައި ކަލޭމެނަށް އައުން އެކަށީގެންވެއެވެ. އަތުވެދާނެއެވެ. 73. (73) (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނު رَبّ އެއީ މީސްތަކުންގެމައްޗަށް ނުހަނު އޯގާވަންތަ ކަލާނގެކަން ކަށަވަރެވެ. އަދި އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުން شكر ނުކުރެއެވެ. 74. (74) އަދި ހަމަކަށަވަރުން އެމީހުންގެ ހިތްތަކުގައި ވަންހަނާކުރާ ތަކެއްޗާއި އަދި އެމީހުން ފައުޅުކުރާތަކެތިވެސް ކަލޭގެފާނުންގެ رَبّ ދެނެވޮޑިގެންވާކަން ކަށަވަރެވެ. 75. (75) އަދި އުޑާއި ބިމުގައި غَائب ވެ ވަންހަނާވެގެންވާ އެއްވެސް އެއްޗެއް އެއެއްޗަށް بَيان ވެގެންވާ ފޮތެއްގައި ނުވަތަ بيان ކޮށްދޭ ފޮތެއްގައިވާ މެނުވީ ނުވެއެވެ. (އެބަހީ: ހުރިހާ އެއްޗެއް ފޮތުގައި بَيَان ވެގެންވެއެވެ.) 76. (76) އެކަންކަމާއިމެދު އެމީހުންކުރެ ގިނަމީހުން (يهودي ންނާއި نصارى އިންކުރެ ގިނަމީހުން) إختلافވެ ދެބަސްވާ ގިނަކަންތައްތަކުގެ بيان (حقّ ގޮތް) އެހެން ހުރިހާމީހުންނަށްވުރެބޮޑަށް بَني إسرائيل ންނަށް ހަމަކަށަވަރުންވެސް މި قرآن ބަޔާންކޮށްދެއްވައި ކިޔައިދެއެވެ. 77. (77) އަދި ހަމަކަށަވަރުން އެ قرآن އަކީ مؤمن ންވާ ތެދުމަގެކެވެ. އަދި رحمة އެކެވެ. 78. (78) (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެމީހުންގެ މެދުގައި އެކަލާނގެ حكم ން حكم ކުރައްވައިނިޔާކުރައްވައެވެ. އަދި އެކަލާނގެއީ عزّة ވަންތަ ދެނެވޮޑިގެންވާ ކަލާނގެއެވެ. 79. (79) ފަހެ ކަލޭގެފާނު ކަނޑައެޅިގެން ﷲ އަށް އިތުބާރުކުރައްވައި وكيل ކުރައްވާށެވެ! ހަމަކަށަވަރުން ކަލޭގެފާނު ވަނީ بيان ވެގެންވާ حقّ ގައެވެ. 80. (80) ހަމަކަށަވަރުން މަރުވެފައިވާ މީހުންނަށް ކަލޭގެފާނަށް އިއްވައެއް ނުދެވޭނެއެވެ. (އެކަމުގެ ކުޅަދާނަކަމެއް ކަލޭގެފާނުންގެ ކިބައިގައި ނުވެއެވެ.) އަދި ބީރުންވެސް އެމީހުން (ނުއަހާންވެގެން) އެނބުރި ފުރަގަސްދީފައި ދަންޏަކާއި އެމީހުންނަށް وعظ އާއި نصيحة އިއްވައި ނުދެވޭނެއެވެ. އަންގައެއްވެސް ނުދެވޭނެއެވެ. 81. (81) އަދި ލޯއަނދިރިމީހުން އެމީހުންގެ އެމަގުފުރެދުމުގެ އަނދިރިކަމުގައިވަނިކޮށް އެމީހުންނަށް ތެދުމަގު ދެއްކެވޭނެ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ. ތިމަންރަސްކަލާނގެއަށް އީމާންވެ ކިޔަމަންވެގެންވާޙާލު ތިމަންރަސްކަލާނގެ އާޔަތްތައް ތެދުކޮށް އެއާޔަތްތަކަށް إيمانވާ ބަޔަކަށް އިއްވައިދެވޭނޭ ބޭކަލަކު ކަމުގައި މެނުވީކަލޭގެފާނުވެއެވެ. 82. (82) އަދި އެމީހުންގެމައްޗަށް عذاب ގެ ނުވަތަ ކޯފާ حقّ ވެއްޖެއްޔާ އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ބިމުން دَابّة އެއް ނެރުއްވާހުށީމެވެ. ހަމަކަށަވަރުން މީސްތަކުން ތިމަންރަސްކަލާނގެ އާޔަތްތައް يقين ނުކުރާކަމުގައިވިއެވެ. (މި دَابّة ނުކުތުމަކީވެސް ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ އެއްދަލީލެވެ.) والله أعلم.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Примечания и Размышления

reflection-not-available

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать