Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma
068

Al-Qálam 68:45 واملي لهم ان كيدي متين ٤٥

68:45
وَأُمۡلِي
لَهُمۡۚ
إِنَّ
كَيۡدِي
مَتِينٌ
٤٥
(45) އަދި ތިމަންރަސްކަލާނގެ އެމީހުންނަށް މުއްދަތު ދެއްވާހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ރޭވުން ގަދަފަދަވެގެންވެއެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The Terror of the Day of Judgement

After Allah mentions that those who have Taqwa, will have Gardens of Delight with their Lord, He explains when this will be, and its actual occurrence. He says,

يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلاَ يَسْتَطِيعُونَ

(The Day when the Shin shall b

…

The Terror of the Day of Judgement

After Allah mentions that those who have Taqwa, will have Gardens of Delight with their Lord, He explains when this

…
Más Tafsires

Leer en contexto

Capítulo 68, Página 566, Juz 29

34. (34) ހަމަކަށަވަރުން تَقْوَى ވެރިންނަށް އެމީހުންގެ رَبُّ ގެ حَضْرَةُ ގައި نِعْمَة ތަކުގެވެރި ސުވަރުގެ ވެއެވެ. 35. (35) އަޅެފަހެ ނުބަ ނުލަފާމީހުން ފަދައިން ރަނގަޅު މުސްލިމުން ތިމަންރަސްކަލާނގެ ލައްވާނޭހެއްޔެވެ؟ (އެބަހީ އެފަދައިން ތިމަންރަސްކަލާނގެ ނުލައްވާނަމެވެ.) 36. (36) ކަލޭމެނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ކަލޭމެން ތިޔަ حُكُم ކުރަނީކޮންފަދައަކުން ހެއްޔެވެ؟ (ނުލަފާމީހުންނާއި تَقْوَى ވެރިމާތް މީހުންނާއި ތިމަންރަސްކަލާނގެ ހަމަހަމަ ނުކުރައްވާހުށީމެވެ.) • ދަންނައެވެ. މިތާގެ މިފަހުގެ ދެއާޔަތާއި ދެން އަންނަންއޮތް ދެތިން އާޔަތުގައި އެވަނީ މައްކާގެ ކާފަރުންނަށް އެމީހުންބުނި ބުނުމަކަށް ކުރައްވާފައިވާ ރައްދެކެވެ. އެމީހުން ބުނަނީ مُحَمَّد ގެފާނު އެހީފުޅުކުރައްވާގޮތް އެއީ ރަނގަޅު ގޮތެއްކަމުގައިވާނަމަވެސް، އެމުސްލިމުންގެ ޙާލާއި އަހުރެމެންގެ ޙާލު قِيَامَة ދުވަހުންވެސްވާނީ ހަމަދުނިޔޭގައިވެސް މިވާގޮތަށެވެ. އެއީ މުސްލިމުން ފަޤީރު ދެރަބަޔަކު ކަމުގައިވެފައި އަހުރެމެން މުއްސަދި އަދި މަތީ ބަޔަކު ކަމުގައިވާނެއެވެ. މިއެވެ. މިއީ މައްކާގެ ބޮޑެތި މުޝްރިކުން ލަފާކުރާގޮތެވެ. ފަހެ މިއާޔަތްތަކުގައި الله އެމީހުންނަށް ރައްދުކުރައްވައި އެމީހުން އެހީކުރާގޮތަށް ނުވާނެކަން އަންގަވަނީއެވެ. والله أعلم. 37. (37) ނުވަތަ (މުސްލިމުންނާއި މުޖުރިމުން ހަމަހަމަވެ އެއްވަރުވާނެ ކަމުގައި ބަޔާންވެގެންވާ) ފޮތެއް ފަހެ ކަލޭމެންނަށްވަނީ ހެއްޔެވެ؟ 38. (38) އެފޮތުން (އެފަދަބަޔާނެއް) ކަލޭމެނަށް ފެނުނިހެއްޔެވެ؟ ކަލޭމެން ތިޔަ إخْتِيَار ކުރާން ގަސްދުކުރާގޮތަށް ފޮޅުވަތް އެޅިގެންވަނީހެއްޔެ؟ 39. (39) ނުވަތަ ކަލޭމެން ތިޔަ حُكُم ކުރާގޮތަށް ކަންތައްތައްވާނެ ކަމުގައި ތިމަންރަސްކަލާނގެ حَضْرَةُ ގައި قِيَامَة ދުވަހާއި ހަމައަށްދާންދެން ގަދަ عَهْدُ ކަށަވަރެއް ކަލޭމެން ހިފައިފާވަނީ ހެއްޔެވެ؟ 40. (40) (އޭ رَسول الله އެވެ!) އެފަދަކަންތައްތަކާއި ކަލޭމެންގެ ތެރެއިން ޙަވާލުވެ ޖާމިނުވަނީ ކާކުތޯ އެމީހުން ކުރެން ކަލޭގެފާނު އައްސަވައި ބައްލަވާށެވެ! 41. (41) ނުވަތަ އެބައިމީހުންނަށް އެކަމުގައި އެހީވާނޭ ބައިވެރިންތަކެއް ވަނީހެއްޔެވެ؟ އަދިއެމީހުން އެބުނަނީ ތެދެއްކަމުގައި ވަންޏާ އެމީހުންގެ އެ އެހީތެރިންތަކަށް ގޮވާގެނަ ސްބަލާށެވެ. އެބަހީ މުސްލިމުންނާއި މުޖްރިމުނުބައިމީހުން آخِرَة ދުވަހުން އެއްހަމައެއްގައި ބެއިތިއްބުމަށް ކުޅަދާނަވެގެންވާވަރުގެ އެހީތެރިންތަކެއް އެކާފަރުންނަށް ވާނަމަ އެބަޔަކު ނިކަން ގެނެސްބަލާށެވެ. ނުގެނެވޭނެއެވެ. 42. (42) އަދި ކަށިމަތި ކަޝްފުވާދުވަހުން (ކަންތައް ބޮޑުވާދުވަހުން) ސަޖިދަކުރުމަށް އެމީހުންނަށް ގޮވޭނެއެވެ. ދެން އެބައި މީހުންނަށް އެކަމަށް ކުޅަދާނަ ނުވާނެއެވެ. 43. (43) އެމީހުންގެ ލޯތައް ބިރުން ފެންކަޅިވެގެންވާ ޙާލު އެމީހުންގެ މައްޗަށް ވެރިވެގެންވާނީ ހިތާމަޔާއި ނުހަނު ނިކަމެތި ދެރަކަމެވެ. އަދި ހަމަކަށަވަރުން އެމީހުން (ދުނިޔޭގައި) ސަލާމަތުންތިބި ޙާލު ސަޖިދަ ކުރުމަށް އެމީހުންނަށް ގޮވުނެވެ. (އެއިރު އެކަމަށް އިޖާބަނުދިނީއެވެ. ދެން މިއަދު އެމީހުންނަށް އެކަމަށް ކުޅަދާނަ ވެގެން ނުވާނެއެވެ.) • تفسير علم ވެރިންގެ ބައެއް ބޭކަލުން ވިދާޅުވެފައިވަނީ: މި އާޔަތުން އެ އިޝާރަތް ވަނީ ދުނިޔޭގައި އުޅުނުއިރު ބަންގި އަޑުއަހާފައި ނަމާދަށް ޙާޟިރު ނުވި މީހުންނާއި މެދު އޮތް ބަސްފުޅެއްކަމަށެވެ. ޤިޔާމަތް ދުވަހުން ﷲ ގެ ކަށިމަތިފުޅު ކަޝްފުކުރަށްވައި އެންމެހާމީހުންނަށް ސަޖިދަކުރަން އަންގަވާނެއެވެ. ދެން އެންމެހާ މުއުމިނުން ސަޖިދަ ކުރާނެއެވެ. އަދި ދުނިޔޭގައި އުޅުނުއިރު ސަޖިދަނުކުރާމީހުންނާއި އަދި ދެއްކުމަށާއި އިއްވުމަށް ސަޖިދަކުރި މީހުން (މުނާފިޤުން) ނަށް އެދުވަހުން ސަޖިދަނުކުރެވޭނެއެވެ. އެމީހުންގެ ބުރަކަށިތައް ހުންނާނީ އެކީ އެކައްޗަކަށް ފިލައިގަޑެއްހެން ހަރުވެ ފަންވަރުވެފައެވެ. އެމީހުންނަކަށް ސަޖިދައެއްނުކުރެވޭނެއެވެ. = زُبْدَةُ التَّفْسِيْر =. 44. (44) (އޭ ރަސޫލު ﷲ އެވެ!) ފަހެ މިވާހަކަ: އެބަހީ މި قُرآن ދޮގުކުރާ މީހާ ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! (ތިމަންރަސްކަލާނގެ އޭނާއަށް ފުދޭނެއެވެ.) ނިކަންހުރެ ތިމަނަރަސްކަލާނގެ އެމީހުންނަށް ނުވެސް އެނގޭފަދައަކުންއެމީހުން ހިއްޕަވަމުން ހިއްޕަވާހުށީމެވެ. 45. (45) އަދި ތިމަންރަސްކަލާނގެ އެމީހުންނަށް މުއްދަތު ދެއްވާހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ރޭވުން ގަދަފަދަވެގެންވެއެވެ. 46. (46) (އޭ ރަސޫލު ﷲ އެވެ!) ނުވަތަ ކަލޭގެފާނު އެމީހުން ނަށް ބަރުވެގެން ނުދެއްކިގެން ދަރަނިވެރިވާވަރުގެ أجُور އަކަށް އެމީހުންގެ ކިބައިން އެދިވަޑައިގަންނަވަނީތޯއެވެ؟ 47. (47) ނުވަތަ އެމީހުންގެ އަތުގައި އެމީހުން އެއިން ލިޔެނޯޓުކުރާނެ ޣައިބު ގެ مَعْلُومَاة ވަނީހެއްޔެވެ؟

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir