Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Sád 38:45 واذكر عبادنا ابراهيم واسحاق ويعقوب اولي الايدي والابصار ٤٥

Página 456 · Juz 23

وَٱذۡكُرۡ
عِبَٰدَنَآ
إِبۡرَٰهِيمَ
وَإِسۡحَٰقَ
وَيَعۡقُوبَ
أُوْلِي
ٱلۡأَيۡدِي
وَٱلۡأَبۡصَٰرِ
٤٥
(45) (އޭ رَسُولُ الله އެވެ!) އަދި ތިމަންރަސްކަލާނގެ މާތްއަޅުންކަމުގައިވާ ބޭކަލުން ހަނދުމަފުޅު ކުރައްވާށެވެ. (އެބޭކަލުންގެ ކެތްތެރިކަން ހަނދުމަފުޅު ކުރައްވާށެވެ.) އެއީ إِبْرَاهِيم އާއި إِسْحَاق އާއި އަދި يَعْقُوب (عَلَيْهِمُ السَّلآم) އެވެ. އެއީ އަޅުކަމަށް ބާރުފުޅުގަދަ އަދި މީސްތަކުންނަށް إحْسَان ތެރި އަދި ދީނުގެ ޢިލްމުގައި ވިސްނުންފުޅުގަދަ މާތްބޭކަލުންނެވެ.
reading-goal:continue-reading

Leer q-and-a.tafsir

Ibn Kathir (Abridged)

The Chosen and the Best among the Prophets

Allah tells us about the virtues of His servants the Messengers and His Prophets:

وَاذْكُرْ عِبَادَنَآ إِبْرَهِيمَ وَإِسْحَقَ وَيَعْقُوبَ أُوْلِى الاٌّيْدِى وَالاٌّبْصَرِ

(And remember Our servants, Ibrahim, Ishaq, and Ya`qub, Ulil-Aydi wal-Absar.) meaning,

…

The Chosen and the Best among the Prophets

Allah tells us about the virtues of His servants the Messengers and His Prophets:

وَاذْكُرْ عِبَادَنَآ إِبْر
…
Ver tafsirs

Leer related-content

41. (41) (އޭ رَسُولُ الله އެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅު أَيُّوب عَلَيْه السّلآم ހަނދުމަފުޅު ކުރައްވާށެވެ އެކަލޭގެފާނު އެކަލޭގެފާނުންގެ رَبُّ އަށް ދުޢާދެންނެވި ހިނދުއެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) "ހަމަކަށަވަރުން މިއަޅާ ގައި شَيْطَانُ ބީހިއްޖެއެވެ. (ނުވަތަ شَيْطَانُ ޖަހައިފިއެވެ.) އޭނާގެފަރާތުން އުދަގުލާއި ގަދަރިހުމާ ވެއެވެ." 42. (42) (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) "ކަލޭގެފާނުންގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ." (ދެން އެކަލޭގެފާނު ފައިންޕުޅުން ޖެއްސެވިއެވެ. އަދި ޖެއްސެވުމުން އެތަނުންފެން އާރެއް އުފެދިއްޖެއެވެ. ދެން الله އެންގެވިއެވެ.) ތިޔަހުރީ ފެންވަރުއްވާނޭ ފިނިފެނެވެ. އަދި ހިއްޕަވާނޭ ފިނިހިއްޕެވުމެވެ. (ދެން އެކަލޭގެފާނުން އެފެނުން ފެންވަރުއްވައި ފެންފޮދު ހިއްޕެވުމުން އާލާސްކަންފުޅު މުޅިންފިލައްޖެއެވެ.) 43. (43) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލެގެފާނުންގެ އަހުލުވެރިންނާއި އެމީހުންނާ އެކު އަދިއިތުރު އެހާވަރުދެއްވީމެވެ. (އެބަހީ: އަހުލުވެރިން ޑަބަލްކޮށް ދެއްވީމެވެ.) އެއީ ތިމަންރަސްކަލާނގެ حَضْرَةُ ންވާ رَحْمَة އެއްގެ ގޮތުންނެވެ. އަދިބުއްދިވެރި ވިސްނުންތެރިންނަށް ވާ وَعْظُ نَصِيْحَةُ އެއްގެ ގޮތުންނެވެ. • ދަންނައެވެ. أَيُّوب عَلَيْه السّلآم އަކީ ދަރިންގިނަ މުދާގިނަ ބޭކަލަކު ކަމުގައިވިއެވެ. އާލާސްކަންފުޅު ޖެހުމާއެކީ އެހުރިހާކުދިން މަރުވެ އަދި މުދާވެސް ގެއްލިގެންދިޔައީއެވެ. ދެން އާލާސްކަންފުޅުގައި ﷲ އިރާދަކުރެއްވި ދުވަހަކު އޮންނެވުމަށްފަހު އެކަން ރަނގަޅުވުމުން އަލުންވެސް އެކުދިން ދިރުއްވައި އަދިއެޔާއެކު އޭގެއިތުރަށް އަދި އެހާކުދިން ދެއްވިކަމުގައި ވިއެވެ. އަދި މުދާވެސް އެހާގިނައިން ދެއްވިކަމުގައިވިއެވެ. = زُبْدَةُ التَّفْسِيْر އަދި أيْسَرُ التَّفَاسِيْر =. 44. (44) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެނގެވީމެވެ. އަދި ކަލޭގެފާނުންގެ އަތްޕުޅުން ހިކިދަޑި ބޮޑިއެއް ނުވަތަ އިހާގޮޑިއެއް ހިއްޕަވާށެވެ. އަދި އެއިން (އަނބިކަނބަލުން ގައިކޮޅުގައި) ޖައްސަވާށެވެ. އަދި ކަލޭގެފާނުންގެ ހުވައި އުވައި ނުލައްވާށެވެ. އެޔާއި خِلآفُ ވެވަޑައި ނުގަންނަވާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެކަލޭގެފާނު ދެކެވޮޑަގަންނަވަނީ ކެތްތެރި ބޭކަލަކު ކަމުގައެވެ. އަދި أَيُّوب عَلَيْه السّلآم އަކީ نِعْمَة ލިބިވަޑައިގެންވާ މާތްބޭކަލެކެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނު ގިނަގިނައިން الله އަށް ތައުބާވެވަޑައިގެން ރުޖޫޢަވެވަޑައި ގަންނަވައެވެ. • ދަންނައެވެ. أَيُّوب عَلَيْه السّلآم ގެ އެދިގުއާލަސްކަންފުޅުގައި އެންމެހައި އެކުވެރިންނާއި ރައްޓެހިންވެސް އެކަލޭގެފާނުދެކެ ބިރުންނާއި އަދިފޫހިވެގެން އެކަލޭގެފާނު ދޫކޮށްދިޔައީއެވެ. އަރިހުގައި އުޅުއްވީ ހަމައެކަނި އަނބި ކަނބަލުންނެވެ. އެދުވަސްވަރު އެކަމަނާގެ ފަރާތްޕުޅުން ހިގާދިޔަކޮންމެވެސް ކަމެއްގައި أَيُّوب عَلَيْه السّلآم ވިދާޅުވެފައިވަނީ އެކަމަނާގެ ގައިކޮޅުގައި ސަތޭކަ އެތިފަހަރު ޖެއްސެވުމަށެވެ. އެއީ ވަޢުދުއެއްގެ ގޮތުންނެވެ. އެހެންވެ އެވަޢުދު އެކަލޭގެފާނުންގެ ފަރާތްޕުޅުން ފުއްދެވުމަށްޓަކައި الله އެކަމަނާއަށް ލުއިކޮށްދެއްވުމަށް އެކަލޭގެފާނަށް އެންގެވީ ކުދި ދަޑީގެ ސަތޭކަ އެތިކޮޅުވާ ބޮޑިއަކުން ނުވަތަ ސަތޭކަ އެތިކޮޅުވާ އިހާގޮޑިއަކުން އެއްފަހަރު ޖެއްސެވުމަށެވެ. އޭރުން އެކުރެއްވި ހުވައިގެ ކަންތައްނިމުނީއެވެ. އެއީ އެކަމަނާއަށް الله ލެއްވި ބޮޑު رَحْمَة އެކެވެ. 45. (45) (އޭ رَسُولُ الله އެވެ!) އަދި ތިމަންރަސްކަލާނގެ މާތްއަޅުންކަމުގައިވާ ބޭކަލުން ހަނދުމަފުޅު ކުރައްވާށެވެ. (އެބޭކަލުންގެ ކެތްތެރިކަން ހަނދުމަފުޅު ކުރައްވާށެވެ.) އެއީ إِبْرَاهِيم އާއި إِسْحَاق އާއި އަދި يَعْقُوب (عَلَيْهِمُ السَّلآم) އެވެ. އެއީ އަޅުކަމަށް ބާރުފުޅުގަދަ އަދި މީސްތަކުންނަށް إحْسَان ތެރި އަދި ދީނުގެ ޢިލްމުގައި ވިސްނުންފުޅުގަދަ މާތްބޭކަލުންނެވެ. 46. (46) ހަމަކަށަވަރުން آخِرَة ދުވަސް ހަދާން ކުރެއްވުމުންނާއި އީމާންވުމުގެ ގޮތުން ކަނޑައެޅިގެން ތިމަންރަސްކަލާނގެ އެބޭކަލުން خَاصَّ ކުރެއްވީމެވެ. 47. (47) އަދި ހަމަކަށަވަރުން އެބޭކަލުން ތިމަންރަސްކަލާނގެ حَضْرَةُ ގައިވަނީ خَاصَّ ކުރެވި إخْتِيَارُ ކުރެވިގެންވާ ބޭކަލުންގެ ތެރެއިންވާ ބޭކަލުންކަމުގައެވެ. 48. (48) އަދި إسمَاعِيْل ގެފާނާއި اليَسَعُ ގެފާނާއި އަދި ذُو الكِفْلِ ގެފާނާއި (عَلَيْهِمُ السَّلآم) މިބޭބޭކަލުން ހަނދުމަފުޅުކުރައްވާށެވެ. މިހުރިހާބޭކަލުންވަނީ. خِيَارُ ކުރެވިގެންވާ ބޭކަލުންގެ ތެރެއިންނެވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Notas y Reflexiones.

reflection-not-available

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir