(42) (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) "ކަލޭގެފާނުންގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ." (ދެން އެކަލޭގެފާނު ފައިންޕުޅުން ޖެއްސެވިއެވެ. އަދި ޖެއްސެވުމުން އެތަނުންފެން އާރެއް އުފެދިއްޖެއެވެ. ދެން الله އެންގެވިއެވެ.) ތިޔަހުރީ ފެންވަރުއްވާނޭ ފިނިފެނެވެ. އަދި ހިއްޕަވާނޭ ފިނިހިއްޕެވުމެވެ. (ދެން އެކަލޭގެފާނުން އެފެނުން ފެންވަރުއްވައި ފެންފޮދު ހިއްޕެވުމުން އާލާސްކަންފުޅު މުޅިންފިލައްޖެއެވެ.)