Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Yúsuf 12:23 وراودته التي هو في بيتها عن نفسه وغلقت الابواب وقالت هيت لك قال معاذ الله انه ربي احسن مثواي انه لا يفلح الظالمون ٢٣

Página 238 · Juz 12

وَرَٰوَدَتۡهُ
ٱلَّتِي
هُوَ
فِي
بَيۡتِهَا
عَن
نَّفۡسِهِۦ
وَغَلَّقَتِ
ٱلۡأَبۡوَٰبَ
وَقَالَتۡ
هَيۡتَ
لَكَۚ
قَالَ
مَعَاذَ
ٱللَّهِۖ
إِنَّهُۥ
رَبِّيٓ
أَحۡسَنَ
مَثۡوَايَۖ
إِنَّهُۥ
لَا
يُفۡلِحُ
ٱلظَّٰلِمُونَ
٢٣
(23) އަދި އެކަލޭގެފާނު އެހުންނެވި ގޭގެ އަންހެންމީހާ އެކަލޭގެފާނާ ހިތައިވެއްޖެއެވެ. އަދި އޯގާވެރިކަމާއިއެކު އެކަލޭގެފާނުންގެ نفس ފުޅަށް (ހިތައިވުމުގެ نَظَرُ ން) އެދިވަޑައިގެންނެވިއެވެ. އަދި އެކަމަނާ ގޭގެ ދޮރުތައް ލައްޕާފައި (އެކަލޭގެފާނަށް ދެންނެވިއެވެ.) ކަލޭގެފާނަށްޓަކައި ތައްޔާރެވެ. އަންނާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. مَعَاذَ ﷲِ އެވެ. (އެބަހީ: ތިޔަކަމުން ރައްކާތެރިވުމަށް ﷲ ގެ حضرة ން ވާގިއެދި ސަލާމަތަށް އެދެމެވެ.) ހަމަކަށަވަރުން އެކަލޭގެފާނަކީ - އެބަހީ: ކަމަނާގެ ފިރިކަލުންނަކީ އަހުރެންނަށް ނުހަނު މާތްކޮށް ހިތްތަވާ އަހުރެންގެ ސާހިބާއެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް ކާމިޔާބު ނުވާނެއެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

Wife of the `Aziz loves Yusuf and plots against Him

Allah states that the wife of the `Aziz of Egypt, in whose house Yusuf resided and whose husband recommended that she takes care of him and be generous to him, tried to seduce Yusuf! She called him to do an evil act with her, because she loved him v

…

Wife of the `Aziz loves Yusuf and plots against Him

Allah states that the wife of the `Aziz of Egypt, in whose house Yusuf resided and whose husband re

…
Ver Tafsires

Leer en contexto

23. (23) އަދި އެކަލޭގެފާނު އެހުންނެވި ގޭގެ އަންހެންމީހާ އެކަލޭގެފާނާ ހިތައިވެއްޖެއެވެ. އަދި އޯގާވެރިކަމާއިއެކު އެކަލޭގެފާނުންގެ نفس ފުޅަށް (ހިތައިވުމުގެ نَظَرُ ން) އެދިވަޑައިގެންނެވިއެވެ. އަދި އެކަމަނާ ގޭގެ ދޮރުތައް ލައްޕާފައި (އެކަލޭގެފާނަށް ދެންނެވިއެވެ.) ކަލޭގެފާނަށްޓަކައި ތައްޔާރެވެ. އަންނާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. مَعَاذَ ﷲِ އެވެ. (އެބަހީ: ތިޔަކަމުން ރައްކާތެރިވުމަށް ﷲ ގެ حضرة ން ވާގިއެދި ސަލާމަތަށް އެދެމެވެ.) ހަމަކަށަވަރުން އެކަލޭގެފާނަކީ - އެބަހީ: ކަމަނާގެ ފިރިކަލުންނަކީ އަހުރެންނަށް ނުހަނު މާތްކޮށް ހިތްތަވާ އަހުރެންގެ ސާހިބާއެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް ކާމިޔާބު ނުވާނެއެވެ. 24. (24) އަދި ހަމަކަށަވަރުން އެކަމަނާ އެކަލޭގެފާނާއިމެދު (ނުބައިކަންތައްކުރުމަށް) قصد ކުރެއްވިއެވެ. އަދި އެކަލޭގެފާނުވެސް އެކަމަނާއާއިމެދު قصد ކުރެއްވިއެވެ. އެކަލޭގެފާނުންގެ رَبُّ ގެ އާޔަތްތައް - يعني - އެކަލޭގެފާނުން އެކަމުން މަނާވެގަންނަކަހަލަ - دليل އާއި بُرْهَان އެކަލޭގެފާނަށް ފެނިވަޑައި ނުގެންނެވިނަމަ އެކަލޭގެފާނުންވެސް އެކަމަނާގެ ފަރާތަށް ލެނބިވަޑައިގަނެވިއްޖައީހެވެ. (އެބަހީ: އެވަގުތު އެބާވަތުގެ دليل އެކަލޭގެފާނަށް ދެއްކެވުނެވެ.) އެއީ އެކަލޭގެފާނުންގެ ކިބައިން އެންމެހައި ނުބައިކަންތަކާއި ޒިނޭފަދަ فاحش عمل ތިމަންރަސްކަލާނގެ ދުރުކުރެއްވުމަށެވެ. ހަމަކަށަވަރުން އެކަލޭގެފާނީ ތިމަންރަސްކަލާނގެ إخلاص ތެރި އަޅުންގެތެރެއިންވާ ބޭކަލެކެވެ. 25. (25) އަދި އޭގެދެމީހުން ގޭގެދޮރާދިމާއަށް އަވަސްވެގަތެވެ. އަދި އެކަލޭގެފާނުންގެ يعني: يوسف ގެފާނުންގެ ގަމީސްކޮޅު ފުރަގަހުން ވީދިއްޖެއެވެ. (އެއީ يوسف ގެފާނު އެކަމުން ސަލާމަތްވެވަޑައިގަތުމަށް ދުވެވަޑައިގަތުމުން زليخا އެކަލޭގެފާނު އަތުލުމަށް އަވަސްވެގަތްވަގުތު އެކަމަނާއަށް ހިފުނީ ފަހަތުން ނުވަތަ ފުރަގަހުން އެކަލޭގެފާނުންގެ ގަމީސްކޮޅުގައެވެ. އެހެންވެ ގަމީހަށް ވާންވެގެން ވީދައިގެންދިޔައީއެވެ.) އަދި ހަމަ ދިމާވިގޮތުން ދޮރުކައިރިން އެކަމަނާގެ ސާހިބުމީހާ އެބަހީ: އެކަމަނާގެ ފިރިކަލުން އެދެމީހުންނަށް ދިމާވެއްޖެއެވެ. އެހިނދު އެކަމަނާ (ކުށުން ބަރީއަވުމުގެ ގަސްދުގައި) ދަންނަވައިފިއެވެ. ކަލޭގެފާނުންގެ އަންހެނުންނާމެދު ނުބައިކަންތައް ކުރާން ގަސްދުކުރިމީހާގެ جزاء އަކީ يعني: عقوبة އަކީ ޖަލަށްލުންކަމުގައިމެނުވީ ނުވެއެވެ. ނުވަތަ ވޭންދެނިވި عذاب އެއްދިނުމެވެ. 26. (26) އެކަލޭގެފާނު يعني: يوسف ގެފާނު ވިދާޅުވިއެވެ. ތިމަންގެ ގަޔަށް ވިޔާނުދާގޮތަށް އަރަންއުޅުއްވީ އެކަމަނާއެވެ. އެވަގުތު އަދި އެކަމަނާގެ أهل ވެރިންކުރެ މީހަކު އެކަމާމެދު ހެކިދީފިއެވެ. (ބުނެވެނީ މިހެކިވެރިޔަކީ ތަންމަތީގައިވާ ވަރަށް ޅަކުއްޖެއްކަމަށެވެ.) އެކުއްޖާ ބުންޏެވެ. އެކަލޭގެފާނުންގެ قميص ކުރިމަތިފަރާތުން ވީދިފައިވާނަމަ އެކަމަނާ އެބުނީ ތެދެކެވެ. އަދި އެކަލޭގެފާނު އެވަނީ ދޮގުވެރިންގެތެރެއިންނެވެ. 27. (27) އަދި އެކަލޭގެފާނުންގެ قميص ފުރަގަހުން ވީދިފައިވާނަމަ އެކަމަނާ ދޮގުހެދީއެވެ. އަދި އެކަލޭގެފާނުވަނީ ތެދުވެރިންގެ ތެދުވެރިންގެތެރެއިންނެވެ. (މިކުއްޖާގެ މިހެކިދެއްވުމަކީ ﷲ ދެއްކެވި مُعْجِزَة އެކެވެ. މިހެނީ އެކުއްޖަކީ ހަމަ ވިހެއި ތަންމަތީގައިވާ ވަރަށްކުޑަކުއްޖެކެވެ.) 28. (28) ދެންފަހެ އެކަލޭގެފާނުންގެ قميص ކޮޅު ފުރަގަހުން ވީދިފައިވާތަން ފެނުނުހިނދުން އޭނާ އެބަހީ: އެއަންހެންމީހާގެ ފިރިމީހާ ބުންޏެވެ. ހަމަކަށަވަރުން މިކަމަކީ ތިޔަކަނބަލުންގެ މަކަރާއި ރޭވުމެވެ. ހަމަކަށަވަރުން ތިޔަކަނބަލުންގެ މަކަރާއި ރޭވުން ބޮޑުވެގެންވެއެވެ. 29. (29) އޭ يوسف އެވެ! ކަލޭ މިކަން ހަނދާންނައްތައިލާށެވެ! މިވާހަކަ ނުދައްކާށެވެ! އަދި (އޭ زليخا އެވެ!) ކަނބުލޭގެ ކަނބުލޭގެ ކުށުގެ ފާފަފުއްސެވުމަށް އެދިދަންނަވާށެވެ! ހަމަކަށަވަރުން ކަމަނާވަނީ ކުށްވެރިންގެ ތެރެއިންނެވެ.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir