প্রবেশ কর
প্রবেশ কর
প্রবেশ কর
ভাষা নির্বাচন কর
020

Taha 20:120 فوسوس اليه الشيطان قال يا ادم هل ادلك على شجرة الخلد وملك لا يبلى ١٢٠

২০:১২০
فَوَسْوَسَ
اِلَیْهِ
الشَّیْطٰنُ
قَالَ
یٰۤاٰدَمُ
هَلْ
اَدُلُّكَ
عَلٰی
شَجَرَةِ
الْخُلْدِ
وَمُلْكٍ
لَّا
یَبْلٰی
۟
(120) ފަހެ شَيْطَان އެކަލޭގެފާނަށް ވަސްވާސްދީފިއެވެ. (އެކަލޭގެފާނަށް ނަހީކުރެއްވުނު ގަހުގެ ފަރާތަށް ލެނބުމަށް އެކަލޭގެފާނަށް ޒީނަތްތެރިކުރުވައިފިއެވެ.) އެސޮރު ބުންޏެވެ. އޭ آدم އެވެ. ދެމިހުންނަނިވި ގަހުގެ ފަރާތަށް އަހުރެން ކަލޭގެފާނަށް އިޝާރަތްކުރަންތޯއެވެ. (އެގަހުން ފަރިއްކުޅުއްވައިފިއްޔާ ދުވަހަކުވެސް އަވަހާރަ ނުވާނެއެވެ.) އަދި އެއީ ދުވަހަކުވެސް ފިލައިގެން ނުދާނޭ ބޮޑުވެރިކަމެއް ލިބޭނޭ ކަމެކެވެ.
আরও পড়ুন

তাফসীর পড়ুন

Tafsir Ahsanul Bayaan

অতঃপর শয়তান তাকে কুমন্ত্রণা দিল। সে বলল, ‘হে আদম! আমি কি তোমাকে বলে দেব অনন্ত জীবনপ্রদ বৃক্ষ ও অক্ষয় রাজ্যের কথা?’

আরও তাফসির

প্রাসঙ্গিকভাবে পড়ুন

অধ্যায় ২০, পৃষ্ঠা ২৮৮, জুজ ১৬

116. (116) އަދި ތިމަންރަސްކަލާނގެ ملائكة ބޭކަލުންނަށް އެންގެވީމެވެ. ތިޔަބޭކަލުން آدم عليه السّلام އަށް سجدة ކުރައްވާށެވެ. ފަހެ إبْلِيْس މެނުވީ އެހުރިހާ ބޭކަލުން سجدة ކުރެއްވިއެވެ. އަދި އެސޮރު އެކަމުން މަނާވެގަތީއެވެ. 117. (117) ދެންފަހެ ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. އޭ آدم އެވެ. ހަމަކަށަވަރުން މިއީ - އެބަހީ: މި إبْلِيْس އަކީ - ކަލޭގެފާނަށާއި ކަލޭގެފާނުންގެ އަނބިކަނބަލުންނަށްވާ عَدُوّ އެކެވެ. ފަހެ އެސޮރު ތިޔަދެކަނބަލުން ސުވަރުގެއިން ނެރުނަ ނުދެއްވާށެވެ. އެހެންވެއްޖެއްޔާ - (އެބަހީ: ސުވަރުގެއިން ނެރެފިއްޔާ) ކަލޭގެފާނު ވަރުބަލިފުޅުވެދާނެއެވެ. (ދުނިޔޭގެ مَعِيْشَة ހޯއްދެވުމުގައި ލަހިވެދާނެއެވެ.) 118. (118) ހަމަކަށަވަރުން އެސުވަރުގޭގައި ކަލޭގެފާނު ބަނޑުފުޅުހައިވުމެއް ނުވެއެވެ. އަދި އޮރިޔާން حال ގައި ޖެހުމެއްނުވެއެވެ. 119. (119) އަދި ހަމަކަށަވަރުން އެސުވަރުގޭގައި ކަލޭގެފާނު ފެންބޮވައިގަތުމެއް ނުވެއެވެ. އަދި ހޫނުގެ އުނދަގުލެއްވުމެއް ނުވެއެވެ. 120. (120) ފަހެ شَيْطَان އެކަލޭގެފާނަށް ވަސްވާސްދީފިއެވެ. (އެކަލޭގެފާނަށް ނަހީކުރެއްވުނު ގަހުގެ ފަރާތަށް ލެނބުމަށް އެކަލޭގެފާނަށް ޒީނަތްތެރިކުރުވައިފިއެވެ.) އެސޮރު ބުންޏެވެ. އޭ آدم އެވެ. ދެމިހުންނަނިވި ގަހުގެ ފަރާތަށް އަހުރެން ކަލޭގެފާނަށް އިޝާރަތްކުރަންތޯއެވެ. (އެގަހުން ފަރިއްކުޅުއްވައިފިއްޔާ ދުވަހަކުވެސް އަވަހާރަ ނުވާނެއެވެ.) އަދި އެއީ ދުވަހަކުވެސް ފިލައިގެން ނުދާނޭ ބޮޑުވެރިކަމެއް ލިބޭނޭ ކަމެކެވެ. 121. (121) ފަހެ އޭގެ ދެކަނބަލުން އެގަހުން ފަރީކުޅުއްވައިފިއެވެ. ދެންފަހެ އެދެކަނބަލުންނަށް އެދެކަނބަލުންގެ عورة كَشْفُ ވެއްޖެއެވެ. ހާމަވެއްޖެއެވެ. އަދި ސުވަރުގޭގެ ގަސްގަހުގެ ފަތުން އެދެކަނބަލުން އެދެކަނބަލުންގެ عورة ނިވައިކުރައްވަން ފައްޓަވައިފިއެވެ. ފަހެ آدم عليه السّلام އެކަލޭގެފާނުންގެ ربّ އަށް އުރެދިވަޑައިގެން ސީދާމަގުން ނެއްޓިވަޑައިގެންފިއެވެ. 122. (122) ދެން އެކަލޭގެފާނުންގެ ربّ އެކަލޭގެފާނު خاصّ ކުރައްވައި إختيار ކުރެއްވިއެވެ. އަދި އެކަލޭގެފާނަށް توبة ލައްވައި ސީދާމަގަށް ތެދުމަގު ދެއްކެވިއެވެ. 123. (123) އެކަލާނގެ وحي ކުރެއްވިއެވެ. (އޭ آدم އެވެ.) ތިޔައިގެ ދެކަނބަލުން އެކީއެކަށް އެތަނުން (يعني: ސުވަރުގެއިން) (ބިމަށް) ފައިބައި ވަޑައިގަންނަވާށެވެ. (ނުވަތަ ތިޔައިގެ ދެކަނބަލުންނާއި إبْلِيْس އާއި އެންމެން އެސުވަރުގެއިން ފައިބާށެވެ. މިދެގޮތަށްވެސް مفسّر ން ވިދާޅުވެއެވެ.) އެއީ ކަލޭމެންގެ އެއްބަޔަކު އަނެއްބަޔަކަށް عَدُوُّ ންކަމުގައިވާ حال ގައެވެ. ދެންފަހެ ތިމަންރަސްކަލާނގެ حضرة ން ތިޔަބައިމީހުންނަށް ތެދުމަގު އަންނަހުއްޓެވެ. (އެއީ رسول ބޭކަލުން ފޮނުއްވައި ފޮތްބާވައިލައްވައިގެންނެވެ.) ފަހެ ތިމަންރަސްކަލާނގެ ތެދުމަގާއި تبع ވެއްޖެމީހާ (ދުނިޔޭގައި) މަގުނުފުރެދޭނެއެވެ. އަދި (آخرة ގައި) ގެއްލި ހަލާކުނުވާހުއްޓެވެ. 124. (124) އަދި ތިމަންރަސްކަލާނގެ ذِكْرُ ން (އެބަހީ: ތިމަންރަސްކަލާނގެ ހަނދާންކުރުމުން، ނުވަތަ ތިމަންރަސްކަލާނގެ دين ން، ނުވަތަ ތިމަންރަސްކަލާނގެ ފޮތުން) މޫނުއަނބުރާލައި ދުރުވެގެންފިމީހާ ދަންނައެވެ. އެމީހަކަށް ކައްވަޅުގައި ދަތި ދިރިހުރުމެއް ވާހުއްޓެވެ. (ނުވަތަ ދުނިޔޭގައި އުނދަގޫ ދިރިއުޅުމެއްވާހުއްޓެވެ.) އަދި ތިމަންރަސްކަލާނގެ އޭނާ محشر ކުރައްވާހުށީ ކަނުމީހެއްގެ ގޮތުގައެވެ. 125. (125) އެމީހާ ދަންނަވާނެއެވެ. އޭއަޅުގެ ربّ އެވެ. މިއަޅާ ކަނުމީހެއްގެގޮތުގައި محشر ކުރެއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން ދުނިޔޭގައި އުޅުނުއިރު މިއަޅާވީ ލޮލަށް އެނގޭމީހަކުކަމުގައެވެ. 126. (126) އެކަލާނގެ (އެމީހާއަށް) وحي ކުރައްވާހުއްޓެވެ. ކަލޭ (ދުނިޔޭގައި އުޅުނުއިރު) ކަލޭގެގާތަށް ތިމަންރަސްކަލާނގެ އާޔަތްތައް (حجّة ތަކާއި دليل ތައް) އައެވެ. ފަހެ ކަލޭ އެތަކެތި ހަނދުމަނެތިކޮށްލީއެވެ. ކަލޭ އެތަކެތި ހަނދުމަނެތިކޮށްލިފަދައިން މިއަދުވަނީ ހަމައެފަދައިން ކަލޭގެމަތިން ހަނދާންނެތެވިފައެވެ. 127. (127) އަދި (ފާފަކުރުމާއި ތިމާގެ شَهَوَاتُ ގައި) إِسْرَاف ކޮށް ހައްދުފަހަނަޅައިގަނެ އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް إيمان ނުވި ކޮންމެމީހަކަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. (އެއީ ކަށްވަޅުގެ عذاب އެވެ.) އަދި آخرة ގެ عذاب ގަދަކަން ބޮޑުވެފައި ދެމިހުރުން މާބޮޑެވެ. 128. (128) އެމީހުންގެ ކުރިން - އެބަހީ: مكّة ގެ މީހުންނަށްވުރެކުރިން - ތިމަންރަސްކަލާނގެ އެތައްބަޔަކު (ނުކިޔަމަންތެރިވުމުގެ ސަބަބުން) ހަލާކުކުރެއްވިކަން - އެތައް أمّة އެއް ބަރުބާދުކުރެއްވިކަން އެމީހުންނަށް ފަހެ بيان ވެ ނޭނގޭބާވައެވެ. (އެނގެންވާނެއެވެ.) މި مكّة ގެމީހުން އެ أمّة ތަކުގެމީހުން އުޅުނުތަންތާ އެމީހުންގެ ގޯތިގެދޮރު ހުރި ތަންތަނުގައި ހިނގާބިނގާވެއެވެ. ހަމަކަށަވަރުން އެކަންކަމުގައި ހެޔޮވިސްނާ ހަރުދަނާ ސިކުނޑީގެ ވެރިބަޔަކަށް ކަނޑައެޅި بيان ވެގެންވާ دليل އާއި حجّة ވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

নোট এবং প্রতিফলন

এই পদটি সম্পর্কে আপনার কোনো টীকা বা ভাবনা নেই।

Notes placeholders

কুরআনের সাথে সংযুক্ত থাকুন ❤️

নিজেকে নতুন করে শুরু করতে, আত্ম-বিশ্লেষণ করতে এবং কুরআনের সাথে সংযুক্ত থাকতে কিছু সংক্ষিপ্ত ও অর্থপূর্ণ অনুস্মারক।

কুরআন পড়ুন, শুনুন, অনুসন্ধান করুন এবং চিন্তা করুন

Quran.com হল একটি বিশ্বস্ত প্ল্যাটফর্ম যা বিশ্বব্যাপী লক্ষ লক্ষ মানুষ বিভিন্ন ভাষায় কুরআন পড়তে, অনুসন্ধান করতে, শুনতে এবং তার উপর চিন্তাভাবনা করার জন্য ব্যবহার করে। এটি অনুবাদ, তাফসির, তেলাওয়াত, শব্দে শব্দ অনুবাদ এবং গভীর অধ্যয়নের জন্য সরঞ্জাম সরবরাহ করে, যা সকলের কাছে কুরআনকে সহজলভ্য করে তোলে।

সাদাকাহ জারিয়াহ হিসেবে, Quran.com মানুষকে কুরআনের সাথে গভীরভাবে সংযুক্ত হতে সাহায্য করার জন্য নিবেদিতপ্রাণ। Quran.Foundation দ্বারা সমর্থিত, একটি 501(c)(3) অলাভজনক সংস্থা, Quran.com সকলের জন্য একটি বিনামূল্যের এবং মূল্যবান সম্পদ হিসেবে বেড়ে চলেছে, আলহামদুলিল্লাহ.

নেভিগেট করুন
বাড়ি
কোরআন রেডিও
আবৃত্তিকারী
আমাদের সম্পর্কে
বিকাশকারীরা
পণ্য আপডেট
প্রতিক্রিয়া
সাহায্য
দান করুন
আমাদের প্রকল্পগুলি
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation এর মালিকানাধীন, পরিচালিত, অথবা স্পন্সরকৃত অলাভজনক প্রকল্প।
জনপ্রিয় লিঙ্ক
কুরআন থেকে দোয়া
দিনের কুরআনের আয়াত
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
সাইটম্যাপগোপনীয়তাশর্তাবলী
© ২০২৬ Quran.com. সমস্ত অধিকার সংরক্ষিত
অবদান রাখুন