Aanmelden
Aanmelden
Aanmelden
Taal selecteren
027

An-Naml 27:41 قال نكروا لها عرشها ننظر اتهتدي ام تكون من الذين لا يهتدون ٤١

27:41
قَالَ
نَكِّرُواْ
لَهَا
عَرۡشَهَا
نَنظُرۡ
أَتَهۡتَدِيٓ
أَمۡ
تَكُونُ
مِنَ
ٱلَّذِينَ
لَا
يَهۡتَدُونَ
٤١
(41) އެކަލޭގެފާނު يعني: سليمان ގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެކަމަނާގެ عرش (تَخْتُ) އެކަމަނާއަށް ބަދަލުކޮށްލާ تَغَيَّر ކޮށްލައި ހަދާށެވެ. (އެއީ އެކަމަނާ އައިސް އެ عرش ދެކެފައި) އެއީ އެކަމަނާގެ عرش ކަން އެނގޭފަދަ ބުއްދިހުރި ހަރުދަނާމީހެއްތޯ ނުވަތަ އެކަމަނާ ވަނީ ތަންދޮރުނޭނގޭ ނުވިސްނޭ މީހުންގެތެރެއިންތޯ އަހުރެމެން ދެކޭނީއެވެ.
Lees verder

Lees Tafsir

Ibn Kathir (Abridged)

The Test of Bilqis

When Sulayman brought the throne of Bilqis before she and her people arrived, he issued orders that some of its features should be altered, so that he could test her and see whether she recognized it and how composed she would be when she saw it. Would she hasten to say either that

…

The Test of Bilqis

When Sulayman brought the throne of Bilqis before she and her people arrived, he issued orders that some of its features should be a

…
Meer Tafsirs

Lees in context

Hoofdstuk 27, Pagina 380, Juz 19

38. (38) سليمان ގެފާނު އެކަލޭގެފާނުންގެ لشكر ގެ ބޮޑެތި މާތްމީހުންނަށް ވިދާޅުވިއެވެ. އެމީހުން (يعني: بَلقيس އާއި އެކަމަނާގެ އަރިހުގައިވާ މީހުން) إسلام ވެ ކިޔަމަންތެރިވެގެން އަހުރެންގެގާތަށް އައުމުގެ ކުރީގައި އެކަމަނާގެ عرش އަހުރެންނާއި ހަމައަށް ގެނަސްދޭނީ ކަލޭމެންގެ ތެރެއިން ކާކުހެއްޔެވެ؟ 39. (39) ޖިންނީންގެތެރެއިން އިފުރީތަކު ދެންނެވިއެވެ. ކަލޭގެފާނު ތިޔައިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން (އެބަހި: މި مجلس ނިމިގެން ތެދުވެވަޑައިގަތުމުގެކުރިން) ކަލޭގެފާނުންގެ އަރިހަށް އަހުރެން އޭތި ގެނަސްދީފާނަމެވެ. އަދި އަހުރެންނަކީ އޭގެމައްޗަށް އަމާނާތްތެރި އަދި ބާރުހުރި މީހަކީމެވެ. 40. (40) އަދި އެމީހެއްގެ ކިބައިގައި ފޮތުގެ علم ން ބައެއްވާމީހާ ދެންނެވިއެވެ. ކަލޭގެފާނު ލޯފުޅު ހުޅުއްވާފައި ލެއްޕެވުމުގެ ކުރިން - ނުވަތަ ލޮލުކޮޅަށް ފެންނަންހުރި މީހާ އައުމުގެކުރިން - ކަލޭގެފާނުން އަރިހަށް އަހުރެން އެޔާއިގެން އައިސްދާނަމެވެ. (ދެންފަހެ އެކަލޭގެފާނަށް އެކަމުގެ ހުއްދަދެއްވުމުން އެމީހަކު ﷲ އަށް دعاء ކޮށްފާގޮސް އޭތި ގެނަސް އެކަލޭގެފާނުންގެ يعني: سليمان ގެފާނުންގެ ކުރިފުޅުމަތީގައި ބަހައްޓައިފިއެވެ.) ދެން سليمان ގެފާނު އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި އެ عرش ސާބިތުވެ قائم ވެގެންވަނިކޮށް ދެކެވަޑައިގެންނެވިހިނދުން އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ އަހުރެން ހައްދަވާބޮޑުކުރެއްވި ربّ ގެ فضل ވަންތަކަމެވެ. އެކަލާނގެ އަހުރެންނަށް މިފަދަ ބޮޑު فضل ވަންތަކަމެއް އެދެއްވަނީ އެކަލާނގެ ދެއްވާ ގިނަގުނަ نعمة އަށް އަހުރެން شكر ކުރޭތޯ ނުވަތަ އެ نعمة އަށް އަހުރެން ކާފަރުވޭތޯ ބައްލަވައި إمتحان ކުރެއްވުމަށްޓަކައެވެ. އަދި شكر ކުރާމީހާ އެ شكر ކުރަނީ ހަމަ އޭނާގެ އަމިއްލަ نفس އަށެވެ. (އެބަހީ: އެކަމުގެ ހެވާއި ދަރުމަ ހުރީ ހަމަ އެމީހަކަށެވެ.) އަދި އެ نعمة ތަކަށް ކާފަރުވާމީހާ ދަންނައެވެ. އެކަމުގެ ގެއްލުމާއި ހަލާކު ހުންނަހުރީވެސް ހަމަ އެމީހަކަށެވެ. އެހެނީ ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ އެއީ އަމިއްލަ ذات ފުޅާއިގެން ފުދިވޮޑިގެންވާ އަދި ނުހަނު ދީލަތިވަންތަ ކަލާނގެއެވެ. 41. (41) އެކަލޭގެފާނު يعني: سليمان ގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެކަމަނާގެ عرش (تَخْتُ) އެކަމަނާއަށް ބަދަލުކޮށްލާ تَغَيَّر ކޮށްލައި ހަދާށެވެ. (އެއީ އެކަމަނާ އައިސް އެ عرش ދެކެފައި) އެއީ އެކަމަނާގެ عرش ކަން އެނގޭފަދަ ބުއްދިހުރި ހަރުދަނާމީހެއްތޯ ނުވަތަ އެކަމަނާ ވަނީ ތަންދޮރުނޭނގޭ ނުވިސްނޭ މީހުންގެތެރެއިންތޯ އަހުރެމެން ދެކޭނީއެވެ. 42. (42) ދެންފަހެ އެކަމަނާ (سليمان ގެފާނުންގެ އަރިހަށް) ވަޑައިގެންނެވިހިނދުން (އެކަމަނާގެ عرش އެކަމަނާއަށް ދައްކަވާފައި) އެކަމަނާއަށް ދެންނެވުނެވެ. ކަމަނާގެ عرش ވަނީ މިގޮތަށްހެއްޔެވެ؟ މިޔާއެއްފަދަހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. ތިޔައެތި ހަމަ އޭތިކަހަލައެވެ. އަދި އެކަލޭގެފާނުންގެ نبي ކަން صحّ ކަމާއި ތެދުކަމުގެ دليل މީގެކުރީގައިވެސްވަނީ ލިބިފައެވެ. އަދި އަހުރެމެން މިވަނީ ބޯލަނބައި ކިޔަމަންތެރިވެގެންނެވެ. إسلام ވެގެންނެވެ. (މިބަސްފުޅުގެ ترجمة އަދި އެހެންގޮތްގޮތަށްވެސްވެއެވެ.) 43. (43) حقّ މަގަށް ތެދުމަގުލިބި ހެޔޮމަގަށް رجوع ވުމުން އެކަމަނާ މަނާކޮށްހުއްޓުވާފައިވަނީ ﷲ ފިޔަވައި އެކަމަނާ އަޅުކަންކުރި ތަކެއްޗެވެ. (އެއީ އިރެވެ.) ހަމަކަށަވަރުން އެކަމަނާ (އޭގެކުރީގައިވަނީ) ކާފަރު قوم އެއްގެ ތެރެއިންނެވެ. ކާފަރެއްކަމުގައެވެ. 44. (44) (ދެންފަހެ އެކަމަނާ سليمان ގެފާނުންގެ އަރިހަށް ވަޑައިގެންނެވިހިނދުން) އެކަމަނާއަށް ދެންނެވުނެވެ. ކަމަނާ ގަނޑުވަރަށް ވެދެވަޑައިގަންނަވާށެވެ. ދެން އެކަމަނާ ގަނޑުވަރަށް ވެދެވަޑައިގަތުމަށް ވަޑައިގެންނެވިހިނދުން އެކަމަނާއަށް އެގަނޑުވަރު ހީފުޅުވީ ކަނޑުކަމުގައެވެ. ފެންކަމުގައެވެ. އަދި (އެތެރެއަށް ވެދެވަޑައިގަތުމަށް ފެނަށް މީހަކު އެރޭގޮތަށް އެކަމަނާ ހެދުންކޮޅު ކޮށިކުރައްވައި ހެއްދެވުމުން) އެކަމަނާގެ ދެކަށިމަތިފުޅު ކަޝްފުވިއެވެ. އެހިނދު سليمان ގެފާނު އެކަމަނާއަށް ވިދާޅުވިއެވެ. އެއީ ބިއްލޫރިން ގަދަޔަށް ހަދާފައިވާ ގަނޑުވަރެކެވެ. (ފެނެއް ނޫނެވެ. ކަނޑެއްވެސްނޫނެވެ.) އެކަމަނާ ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާ، މިއަޅާގެ نفس އަށް އަނިޔާވެރިވެއްޖައީމެވެ. އަދި މިއަޅާ سليمان ގެފާނާއިއެކު عالم ތަކުގެ ވެރި ربّ ކަމުގައިވާ ﷲ އަށް إيمان ވެއްޖައީމެވެ. ބޯލަނބައި ކިޔަމަންވެއްޖައީމެވެ. • ދަންނައެވެ. ބައެއް تفسير ފޮތްތަކުގައި ލިޔެވިގެންވެއެވެ. سبأ ގެ مَلِكَة ވަޑައިގަތުމުގެ مناسبة ގައި ޖިންނި شيطان ންނާއި މާރިދުންލައްވައި سليمان ގެފާނު ރީތި ގަނޑުވަރެއް ހެއްދެވިއެވެ. އެގަނޑުވަރު ހައްދަވާފައިވަނީ ސާފު ވަރުގަދަ ބިއްލޫރިންނެވެ. ތަޅަމުގައިވެސް އަޑިއެނގޭ ގަދަ ބިއްލޫރިން ހައްދަވައި އޭގެ ދަށުގައިވަނީ ފެން ހިންގަވައި ލައްވާފައި ބަލާ މީހަކު عجائب ވާހާ ރީތިކޮށެވެ. ގަނޑުވަރުގެ خبر ނޭނގޭމީހަކުނަމަ ހީކުރެވޭނީ ގަނޑުވަރަށް ވަންނައިރު ފެންގަނޑަކަށް އެރެވޭހެނެވެ. އެހެންވެ އެކަމަނާވެސް ގަނޑުވަރަށް ވެދެވަޑައިގަތުމަށް އެންގެވީމާ، ފެނަށްއެރޭމީހަކު ފަދައިން ހެދުންކޮޅު ކޮށިކުރައްވައިގެން ވެދެވަޑައިގަންނަވަން ގަސްތުކުރެއްވީއެވެ. = والله أعلم =.

- Abu Bakr Ibrahim Ali (Bakurube)

Notities en reflecties

Je hebt geen aantekeningen of overwegingen bij dit vers.

Notes placeholders

Blijf verbonden met de Koran ❤️

Korte, betekenisvolle herinneringen om tot rust te komen, te reflecteren en verbonden te blijven met de Koran.

Lees, luister, zoek en reflecteer over de Koran

Quran.com is een vertrouwd platform dat wereldwijd door miljoenen mensen wordt gebruikt om de Koran in meerdere talen te lezen, te doorzoeken, te beluisteren en erover na te denken. Het biedt vertalingen, tafseer, recitaties, woord-voor-woordvertalingen en tools voor een diepere studie, waardoor de Koran voor iedereen toegankelijk is.

Als Sadaqah Jariyah zet Quran.com zich in om mensen te helpen een diepe verbinding met de Koran te maken. Ondersteund door Quran.Foundation , een non-profitorganisatie. Quran.com blijft groeien als een gratis en waardevolle bron voor iedereen, Alhamdulillah.

Navigeren
Home
Koran Radio
reciteurs
Over ons
Ontwikkelaars
Product updates
Feedback
Hulp
Doneren
Onze projecten
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profitprojecten die eigendom zijn van, beheerd worden door of gesponsord worden door Quran.Foundation.
Populaire links
Gebeden uit de Koran
Koranvers van de dag
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
SitemapPrivacyAlgemene voorwaarden
© 2026 Quran.com. Alle rechten voorbehouden
Bijdragen