Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Al-Qásas 28:27 قال اني اريد ان انكحك احدى ابنتي هاتين على ان تاجرني ثماني حجج فان اتممت عشرا فمن عندك وما اريد ان اشق عليك ستجدني ان شاء الله من الصالحين ٢٧

Página 388 · Juz 20

قَالَ
إِنِّيٓ
أُرِيدُ
أَنۡ
أُنكِحَكَ
إِحۡدَى
ٱبۡنَتَيَّ
هَٰتَيۡنِ
عَلَىٰٓ
أَن
تَأۡجُرَنِي
ثَمَٰنِيَ
حِجَجٖۖ
فَإِنۡ
أَتۡمَمۡتَ
عَشۡرٗا
فَمِنۡ
عِندِكَۖ
وَمَآ
أُرِيدُ
أَنۡ
أَشُقَّ
عَلَيۡكَۚ
سَتَجِدُنِيٓ
إِن
شَآءَ
ٱللَّهُ
مِنَ
ٱلصَّٰلِحِينَ
٢٧
(27) (ދެންފަހެ މިކަމަނާގެ މިވާހަކަތަކަށްފަހު އެކަމަނާގެ ބައްޕަ موسى ގެފާނާ مخاطب ކުރައްވައި) އެބޭކަލަކު ވިދާޅުވިއެވެ. (އޭ موسى އެވެ!) އަހުރެން އެދެނީ އަހުރެން قصد ކުރަނީ އަހުރެންގެ މިތިބަ ދެއަންހެންދަރިންކުރެ އެއްދަރިއަކާއި ކަލޭގެފާނާއި ކާވެނިކޮށްދެއްވުމަށެވެ. އެއީ އަށްއަހަރުވަންދެން (ބަކަރިތައް ބަލަހައްޓަވައި ކާންދެއްވައި ހެއްދެވުމަށް) މިގޭގައި ހުންނެވުމުގެ އުޖޫރައިގެ މައްޗަށެވެ. އަދި ދިހައަހަރު ފުރިހަމަކޮށްދެއްވައިފިނަމަ އެއީ ދެން ކަލޭގެފާނުންގެ ކަމެކެވެ. إختيار އެކެވެ. އަދި އެއްވެސްގޮތަކުން ކަލޭގެފާނަށް ދަތިކުރާކަށް އަހުރެން ބޭނުމެއްނޫނެވެ. ﷲ އިރާދަކުރެއްވިއްޔާ ކަލޭގެފާނަށް އަހުރެން ފެނިވަޑައިގަންނަވާނީ صالح ންގެ ތެރެއިންވާ މީހަކުކަމުގައެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

Musa, the Father of the Two Women, and His Marriage to One of Them

When the two women came back quickly with the sheep, their father was surprised that they returned so soon. He asked them what had happened, and they told him what Musa, peace be upon him, had done. So he sent one of them to call him

…

Musa, the Father of the Two Women, and His Marriage to One of Them

When the two women came back quickly with the sheep, their father was surprised that

…
Ver Tafsires

Leer en contexto

22. (22) އަދި مَدْيَنُ ގެފަރާތަށް އެކަލޭގެފާނު ކުރިމަތިފުޅުލެއްވިހިނދު ވިދާޅުވިއެވެ. މިއަޅާގެ ربّ މިއަޅާއަށް ސީދާ ތެދުމަގު ދެއްކެވުން أمّيد ކުރެވެއެވެ. ތެދުމަގު ދައްކަވާނެއެވެ. 23. (23) އަދި مَدْيَنُ ގެ ފެނާހަމައަށް (ގެރިބަކަށްޓަށް މީހުން ފެންދޭ ފެނާހަމައަށް) އެކަލޭގެފާނަށް ވަޑައިގެންނެވުނުހިނދުން ގިނަ عدد އެއްގެ ބަޔަކު އެތަނުން އެކަލޭގެފާނު ދެކެވަޑައިގެންފިއެވެ. (އެއީ ގެރިބަކަށްޓަށް ފެންދޭން ގޮސްތިބި މީހުންނެވެ.) އަދި އެމީހުންނާއި ތަންކޮޅެއް ދުރުގައި ސޫފިތައް ހިފައިގެން ތިބި ދެއަންހެނުން ދެކެވަޑައިގެންފިއެވެ. އެދެމީހުން ތިބީ ބަކަރިތައް ތަންތަނަށް ދިޔަނުދީ ހިފަހައްޓައިގެންނެވެ. އެދެ އަންހެނުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ދެމީހުން ޖަނަވާރުތަކަށް ފެންނުދީ ތިޔަތިބީ ކީއްވެގެންހެއްޔެވެ؟ ކަލޭމެންގެ مقصد އަކީ ކޮބައިހެއްޔެވެ؟ އެދެމީހުން ދެންނެވިއެވެ. ގެރިބަކަށްޓަށް ފެންދޭން އައިސްތިބިމީހުން އެނބުރިދިޔައިމާނޫނީ އަހުރެމެން އަހުރެމެންގެ ޖަނަވާރުތަކަށް ފެންނުދެމެވެ. އަހުރެމެންގެ ބައްޕައަކީ ބޮޑު މުސްކުޅިއެކެވެ. (ބަލިކަށިވެ، މިފަދަކަމަކަށް އެކަށީގެންނުވާ މީހެކެވެ. ގޭގައި އެހެން ފިރިހެނަކު ނުވެއެވެ.) 24. (24) ދެންފަހެ އެކަލޭގެފާނު އެދެމީހުންނަށް ފެންދެއްވައިފިއެވެ. (އެދެމީހުންގެ ބަކަރިތަކަށް ފެންދެއްވައިފިއެވެ.) ދެން ވަޑައިގެން ގަހެއްގެ ހިޔަލަށް ވަޑައިގެންފިއެވެ. އަދި ވިދާޅުވިއެވެ. އޭއަޅުގެ ربّ އެވެ. ހެޔޮކަމުގެ ތެރެއިން އިބަރަސްކަލާނގެ މިއަޅާއަށް ބާވައިލައްވާ ކޮންމެ އެއްޗަކަށް މިއަޅާ ބޭނުންވެގެންވެއެވެ. 25. (25) ދެންފަހެ އެދެ އަންހެނުންކުރެ އެއްކުއްޖަކު ލަދުވެތިކަމާއިއެކު ހިނގާފައިއައިސް އެކަލޭގެފާނަށް ދެންނެވިއެވެ. އަހުރެމެންނަށް ކަލޭގެފާނު ފެންދެއްވިކަމުގެ އުޖޫރަ ކަލޭގެފާނަށް ދެއްވުމަށް އަހުރެންގެ ބައްޕަ ކަލޭގެފާނަށް އެބަވިދާޅުވެއެވެ. (ދެން އެކަލޭގެފާނު އެއަންހެންމީހާއާއިއެކު އެބޭކަލެއްގެ ގެއަށް ވަޑައިގެންފިއެވެ. އެބޭކަލަކީ شُعَيب عليه السّلام ކަމުގައި ރިވާވެގެންވާ ކިތަންމެ ރިވާޔަތެއްވެއެވެ.) ދެންފަހެ އެކަލޭގެފާނު އެބޭކަލެއްގެ އަރިހަށް ވަޑައިގެން އެބޭކަލަކަށް ވާހަކަތައް ކިޔައިދެއްވުމުން އެބޭކަލަކު ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ. އަނިޔާވެރި قوم ގެ ކިބައިން ކަލޭގެފާނު ސަލާމަތްވީއެވެ. 26. (26) އެދެއަންހެންކުދިންގެތެރެއިން އެއްކުއްޖަކު އޭނާގެ ބައްޕައަށް ބުންޏެވެ. އޭ އަހުރެންގެ ބައްޕާއެވެ. އޭނާ أُجُور އިން ބަހައްޓަވާށެވެ. (ބަކަރިތަކަށް ކާންދީ ފެންދީހަދަން ކުއްޔަށް އޭނާ މިގޭގައި ބަހައްޓަވާށެވެ.) ހަމަކަށަވަރުން ބާރުގަދަ އަމާނާތްތެރިއަކު ބައްޕަ ކުއްޔަށް ހިފުން ހެޔޮވެގެންވެއެވެ. • ދަންނައެވެ. މިފަދައިން އެކަމަނާ ދެންނެވީމާ ބައްޕައަށް ސުވާލު އުފެދުންކަމުގައިވެއެވެ. އަދި އެކަލޭގެފާނުންގެ ބާރުގަދަކަމާއި އަމާނާތްތެރިކަން ކަމަނާއަށް އެނގުނީ ކިހިނަކުންތޯ އެއްސެވިއެވެ. އެކަމަނާ ދެންނެވިއެވެ. އެކަލޭގެފާނު އަހުރެމެނަށް ފެންދިން ވަޅުގައި ޖަހާފައިވާ މަތިގަނޑަކީ ވިހިތިރީސް މީހުންނަށް ނޫނީ ނުނެގޭވަރުގެ މަތިގަނޑެކެވެ. އެކަލޭގެފާނު ދާދި ފަސޭހަކޮށް އެމަތިގަނޑު ނެންގެވުމުން ބާރުފުޅުގަދަކަން އެނގުނީއެވެ. އަދި އަޅުގަނޑާއިއެކު ހިންގަވާފައި ގެއަށް ވަޑައިގެންނެވި މަގުމަތީގައި އަހުރެންގެ ކުރީގައި ހުންނެވުމާއި އަހުރެންނާ ދިމާއަށް ނުބެއްލެވިކަން އެއީ އެކަލޭގެފާނުންގެ އަމާނާތްތެރިކަމުގެ دليل އެވެ. والله أعلم. 27. (27) (ދެންފަހެ މިކަމަނާގެ މިވާހަކަތަކަށްފަހު އެކަމަނާގެ ބައްޕަ موسى ގެފާނާ مخاطب ކުރައްވައި) އެބޭކަލަކު ވިދާޅުވިއެވެ. (އޭ موسى އެވެ!) އަހުރެން އެދެނީ އަހުރެން قصد ކުރަނީ އަހުރެންގެ މިތިބަ ދެއަންހެންދަރިންކުރެ އެއްދަރިއަކާއި ކަލޭގެފާނާއި ކާވެނިކޮށްދެއްވުމަށެވެ. އެއީ އަށްއަހަރުވަންދެން (ބަކަރިތައް ބަލަހައްޓަވައި ކާންދެއްވައި ހެއްދެވުމަށް) މިގޭގައި ހުންނެވުމުގެ އުޖޫރައިގެ މައްޗަށެވެ. އަދި ދިހައަހަރު ފުރިހަމަކޮށްދެއްވައިފިނަމަ އެއީ ދެން ކަލޭގެފާނުންގެ ކަމެކެވެ. إختيار އެކެވެ. އަދި އެއްވެސްގޮތަކުން ކަލޭގެފާނަށް ދަތިކުރާކަށް އަހުރެން ބޭނުމެއްނޫނެވެ. ﷲ އިރާދަކުރެއްވިއްޔާ ކަލޭގެފާނަށް އަހުރެން ފެނިވަޑައިގަންނަވާނީ صالح ންގެ ތެރެއިންވާ މީހަކުކަމުގައެވެ. 28. (28) موسى عليه السّلام ވިދާޅުވިއެވެ. އެއީ (يعني: އަށްއަހަރުދުވަހު خدمة ގައި ހުރުމުގެ މައްޗަށް ކާވެނިކޮށްދެއްވުން އެއީ) އަޅުގަނޑާއި شَيْخُ އާއި ދެމެދު އޮތް އަމާނާތެކެވެ. އަދި ދިހައަހަރުގެ މުއްދަތާއި ދެމުއްދަތުންކުރެ ކޮންމެ މުއްދަތެއް އަހުރެން ހަމަކުރިޔަސް އަހުރެންގެ މައްޗަކަށް عدواة ތެރިކަމެއް ނުވެއެވެ. އޮވެގެން ނުވާނެއެވެ. (އެގޮތުގެމައްޗަށް އެކަން ނިމުނީއެވެ.) އަދި އަހުރެމެން މިބުނާ ބުނުމުގެ މައްޗަށް ﷲ وكيل އެވެ. އެކަލާނގެ ހެކިވެވޮޑިގެންވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir