登入
登入
登入
选择语言
045

Al-Jathiyah 45:4 وفي خلقكم وما يبث من دابة ايات لقوم يوقنون ٤

45:4
وَفِي
خَلۡقِكُمۡ
وَمَا
يَبُثُّ
مِن
دَآبَّةٍ
ءَايَٰتٞ
لِّقَوۡمٖ
يُوقِنُونَ
٤
(4) (އަދި އޭ އިންސާނާއެވެ!) ތިޔަބައިމީހުންގެ ހެއްދެވުމުގައްޔާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲ ހައްދަވައި، ފަތުރުއްވާފައިވާ ގިނަގުނަ دابّة ތަކާއި، مخلوق ންތަކުގައިވެސް އެކަލާނގެ އެއްކައުވަންތަ ކަމާއި ކުޅަދުންވަންތަކަމުގެމައްޗަށް ދަލީލުކުރާ، دليل ތަކާއި، حجّة ތައް ކަނޑައެޅިގެން ވެއެވެ. توحيد قبول ކުރާ ބަޔަކަށެވެ.
继续阅读

阅读《古兰经注》

Ibn Kathir (Abridged)

Which was revealed in Makkah

بِسْمِ اللَّهِ الرَّحْمَـنِ الرَّحِيمِ

In the Name of Allah, the Most Gracious, the Most Merciful.

A Directive to contemplate over Allah's Ayat

Allah directs His servants to contemplate His favors and gifts, as well as His great power that is demonstrated by His creating th

…

Which was revealed in Makkah

بِسْمِ اللَّهِ الرَّحْمَـنِ الرَّحِيمِ

In the Name of Allah, the Most Gracious, the Most Merciful.

A Directive to contempla

…
更多经注

结合上下文阅读

章 45, 页 499, Juz 25

1. (1) حم މި އަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. 2. (2) ފޮތް ބާވައިލެއްވުން ވަނީ - އެބަހީ ކީރިތި قرآن ބާވައިލެއްވީ - عزّة ވަންތަ، حكمة ވަންތަ، ﷲ ގެ حضرة ންނެވެ. 3. (3) ހަމަކަށަވަރުން އުޑުތަކާއި، ބިން ހެއްދެވުމުގައި އަދި ހައްދަވާފައިވާ އުޑުތަކާއި، ބިމުގައި (ﷲ ވޮޑިގެން ވާކަމާއި، އެއްކައުވަންތަ ކަމާއި، އެކަލާނގެ قدرة ތެރިކަމާއި، حكمة ވަންތަ ކަމާއި، ދެނެވޮޑިގަތުމާއި، މި ކަންކަމުގެ މައްޗަށް ދަލީލުކުރާ) ހެކިތަކާއި، دليل ތައް ވެއެވެ. އެކަމަކު އެ ދަލީލުތަކަކީ مؤمن ންނަށް ވާ دليل ތަކެކެވެ. ﷲ ގެ ވޮޑިގެންވުމާއި، قدرة ތެރިކަމާއި، ދެނެވޮޑިގަތުމާއި، حكمة ވަންތަކަމާއި، މި ބާވަތުގެ އެންމެހައި ކަންތައްތައް ތެދުކޮށް قبول ކުރާ مؤمن ންނަށް ވާ ދަލީލެވެ. 4. (4) (އަދި އޭ އިންސާނާއެވެ!) ތިޔަބައިމީހުންގެ ހެއްދެވުމުގައްޔާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲ ހައްދަވައި، ފަތުރުއްވާފައިވާ ގިނަގުނަ دابّة ތަކާއި، مخلوق ންތަކުގައިވެސް އެކަލާނގެ އެއްކައުވަންތަ ކަމާއި ކުޅަދުންވަންތަކަމުގެމައްޗަށް ދަލީލުކުރާ، دليل ތަކާއި، حجّة ތައް ކަނޑައެޅިގެން ވެއެވެ. توحيد قبول ކުރާ ބަޔަކަށެވެ. 5. (5) އަދި ރޭދުވާ ތަކުރާރު ވުމުގައްޔާއި، އަދި ﷲ އުޑުން ބާވައިލައްވާ ރިޒުގު ކަމުގައިވާ ފެނުގައްޔާއި، އަދި އެ ފެނުގެ ސަބަބުން ބިންގަނޑު މަރުވެފައި އޮތުމަށްފަހު (ގަހެއް، ވިނައެއް ނެތި އޮތުމަށްފަހު) ދެން އެކަލާނގެ އެ ބިންގަނޑު ދިރުއްވައި، ގަސްތަކާއި، ވިނަތައް ފަޅުއްވައި ހެއްދެވުމުގައްޔާއި، އަދި އެކި ދިމަދިމާއިން ޖެހޭގޮތަށް ވައި ބަދަލުކުރެއްވުމުގައްޔާއި، މި މި ކަންކަމުގައި (ﷲ ގެ قدرة ތެރިކަމާއި، އެއްކައުވަންތަކަމާއި، حكمة ވަންތަކަމާއި، ދެނެވޮޑިގަތުމުގެ މައްޗަށް دليل ކުރާ) އެތަކެއް ދަލީލު ބުއްދިކޮށް ވިސްނާ ބަޔަކަށް ވެއެވެ. 6. (6) (އޭ رسول الله އެވެ.) އެއީ ހައްތާވެސް (ﷲ ވޮޑިގެންވާ ކަމާއި، އެކަލާނގެ އެއްކައުވަންތަކަމާއި، قدرة ތެރިކަމާއި، ދެނެވޮޑިގަތުމާއި، حكمة ވަންތަކަމާއި) މި ކަންކަމަށް دليل ކުރާ ﷲ ގެ دليل ތަކެވެ. ތިމަން ރަސްކަލާނގެ ކަލޭގެފާނަށް އެ دليل ތަކާއި، حجّة ތައް މި بيان ކޮށްދެނީ ހަމަ حقّ ތެދު ގޮތުގައެވެ. ފަހެ އެ مشرك ންގެ މީހުން ﷲ އާއި، އެކަލާނގެ އަންގަވާ دليل ތައް ތެދުނުކޮށް، ދެން ތެދުކޮށް قبول ކުރާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެމީހުން ދެން إيمان ވާނީ ކޮން އެއްޗަކަށް ހެއްޔެވެ؟ 7. (7) ގިނަގިނައިން ދޮގުހަދާ، ފާފަކުރުމުގައި ހައްދުފަހަނަޅައިގެންފައިވާ ކޮންމެ މީހަކަށް قيامة ދުވަހުން ويل ހުއްޓެވެ. (ويل އަކީ ނަރަކައިގެ ވާދީއެކެވެ. އެތާނގެ ހޫނު ގަދަކަމާއި، ނުރައްކައު ބޮޑުކަމުން ނަރަކަވެސް އެތަނުން ސަލާމަތްވުމަށް دعاء ކުރާކަމުގައި ވިއެވެ.) 8. (8) (އަދި މިބުނާ ދޮގުވެރި، ފާފަވެރީން) ﷲ ގެ އާޔަތްތައް (ކީރިތި قرآن ގެ އާޔަތްތައް) އޭނާގެ މައްޗަށް ކިޔެވޭއަޑު އަހައެވެ. ދެންވެސް އޭނާ (إيمان ނުވެ) كبر ވެރިކަމާއި، ބޮޑާކަން މަތީ ދެމިހުންނަނީއެވެ. އޭނާ އެ آية ތައް ނުވެސް އަހާ ކަހަލައެވެ. ފަހެ އެފަދަ މީހުންނަށް ވޭންދެނިވި عذاب قيامة ދުވަހުން ހުންނާނޭ ކަމުގެ خبر ކަލޭގެފާނު ދެއްވާށެވެ. 9. (9) އަދި ތިމަން ރަސްކަލާނގެ އާޔަތްތަކުން ކޮންމެވެސް މިންވަރެއް (އެބަހީ: قرآن ން ކޮންމެވެސް މިންވަރެއް) އެފަދަ މީހާއަށް އެނގިއްޖެއްޔާ އޭނާ އެއަށް މަލާމާތްކޮށް، ފުރައްސާރަކުރާން ފަށައެވެ. އެފަދަ ކޮންމެ މީހަކަށް ހުރީ ހަމަ ކަނޑައެޅިގެން އިހާނާތްތެރި عذاب އެވެ. (قرآن ގެ އާޔަތަކަށް ނުވަތަ ސޫރަތަކަށް މަލާމާތްކޮށްލި ކޮންމެ މީހަކު މި حكم ތެރެއަށް ވަންނާނޭކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ.) 10. (10) (ދެން އެފަދަ މީހާ) އޭނާގެ ކުރިމަތީގައި (قيامة ދުވަހުން) އޮތީ ހަމަ ނަރަކައެވެ. އެދުވަހުން އޭނާ ހޯދި މުދަލަކުންވެސް، އަދި ދަރީންގެ ކިބައިން ވިޔަސް އަދި ﷲ ފިޔަވައި އޭނާ ސަހަރޯވެރީން ކަމުގައި ބަލައިގެން އޭނާ އަޅުކަންކުރި ފަރާތްތަކުންވެސް، އަދި އޭނާ ކުރި އެހެން عمل އަކުންވެސް އޭނާއަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެއެވެ. އޭނާއަށް ހުރީ ބޮޑުވެގެންވާ عذاب އެވެ. 11. (11) މިއީ ހަމަ ތެދުމަގެކެވެ. (އެބަހީ: މި قرآن އަކީ މުޅީންވެސް ހަމަ ތެދުމަގެވެ.) އަދި އެބަޔަކު އެބަޔަކުގެ ربّ ގެ އާޔަތްތަކަށް (އެބަހީ: قرآن އަށް) ކާފަރުވެއްޖެ ބަޔަކު (ދަންނައެވެ.) އެމީހުންނަށް ހުރީ رِجْز އެވެ ކިޔާ ވޭންދެނިވި عذاب އެވެ. رِجْز އަކީ އެންމެގަދަ عذاب އެވެ.

- Abu Bakr Ibrahim Ali (Bakurube)

笔记与反思

你对这节经文没有任何笔记或感想。

Notes placeholders

与《古兰经》保持联系❤️

简短而有意义的提醒,帮助你重新调整、反思并与《古兰经》保持联系。

阅读、聆听、探索并思考《古兰经》

Quran.com 是一个值得信赖的平台,全球数百万人使用它来阅读、搜索、聆听和思考多种语言的《古兰经》。它提供翻译、注释、诵读、逐字翻译以及深入研究的工具,让每个人都能接触到《古兰经》。

作为一家名为“施舍之家”(Sadaqah Jariyah)的机构,Quran.com 致力于帮助人们与《古兰经》建立更深层次的联系。在 501(c)(3) 非营利组织 Quran.Foundation 的支持下,Quran.com 不断发展壮大,成为所有人的免费宝贵资源。Alhamdulillah(真主安拉)

导航
首页
在线听古兰经
朗诵者
关于我们
开发者
产品更新
反馈问题
帮助
捐
我们的项目
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation 拥有、管理或赞助的非营利项目
热门链接
古兰经中的祈祷词
每日古兰经经文
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
网站地图隐私条款和条件
© 2026年 Quran.com. 版权所有
贡献