Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Al-Insán 76:15 ويطاف عليهم بانية من فضة واكواب كانت قواريرا ١٥

Página 579 · Juz 29

وَيُطَافُ
عَلَيۡهِم
بِـَٔانِيَةٖ
مِّن
فِضَّةٖ
وَأَكۡوَابٖ
كَانَتۡ
قَوَارِيرَا۠
١٥
(15) އަދި އެމީހުންގެ ގާތުގައި އެމީހުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ބޮވޭގޮތަށް ބިއްލޫރިފަދަ ސާފު ރިހީގެ ކަންވާރުތަށް ހިފައިގެން ޚާދިމުން ދައުރުކުރާނެއެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The raised Couches and the lack of Heat and Cold

Allah tells us about the people of Paradise and the eternal delights they will experience, as well as the comprehensive favors that they will be given. Allah says,

مُّتَّكِئِينَ فِيهَا عَلَى الاٌّرَائِكِ

(Reclining therein on raised couches.) This has

…

The raised Couches and the lack of Heat and Cold

Allah tells us about the people of Paradise and the eternal delights they will experience, as well as

…
Ver Tafsires

Leer en contexto

13. (13) އެމީހުން ސުވަރުގޭގައިވާ ސޯފާތަކުގައި ލެނގިލައިގެން މަޖަލުގައި ތިބޭނެއެވެ. އަދި އެސުވަރުގޭގައި ތިބޭއިރު އަވީގެ ހޫނުކަމެއް އަދި ގަދަފިނިކަމެއްވިޔަސް އެމީހުންނުދެކޭނެއެވެ. 14. (14) އަދި އެމީހުންގެ މައްޗަށް އެސުވަރުގޭގެ ގަސްގަހުގެ ހިޔާއެޅިގެންވެއެވެ. އަދި އެތާނގެ މޭވާތައް އެމީހުންނަށް ބިންނަންފަސޭހަވާނޭގޮތުން ގާތްވެ ކިޔަމަންވެގެންވެއެވެ. (ކޮޅަށް ތިބެގެންވެސް އިށީނދެ އިނދެގެންވެސް އަދި އޮށޯވެ އޮވެގެންވެސް ބިނދެވޭގޮތަށް ހަމަޖެހިގެންވެއެވެ.) 15. (15) އަދި އެމީހުންގެ ގާތުގައި އެމީހުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ބޮވޭގޮތަށް ބިއްލޫރިފަދަ ސާފު ރިހީގެ ކަންވާރުތަށް ހިފައިގެން ޚާދިމުން ދައުރުކުރާނެއެވެ. 16. (16) އެބިއްލޫރި ރިހި ފަދައެވެ. (އެބަހީ އެކަންވާރުގައި ރިހީގެހުދުކަމާއި ބިއްލޫރީގެ ސާފުކަން އެކުލެވިގެންވެއެވެ.) އަދި އެކަންވާރުން ބޯމީހާ ބޭނުންވާވަރަކައް ގިނަނުކޮށް މަދުވެސް ނުކޮށް ހުންނަންވާ މިންވަރައް ޚާދިމުން އެމިންވަރު ކުރައްވައެވެ. 17. (17) އަދި ސުވަރުގޭގައި އެމީހުންނަށް ޒަންޖަބީލުގެ ތާސީރު އެކުލެވިގެންވާ ރާތަށި ބޯންދެވޭނެއެވެ. 18. (18) އެއީ ސުވަރުގޭގައިވާ سَلْسَبِيْل އެވެ ކިޔާ އާރެކެވެ. އެއީ އޭގެ މީރުކަން ނިހާޔަތަށް ގޮސްފައިވާ ދިރުވައިލަން އެހާ ފަސޭހަ އަދި ބޯމީހާ އެހާ ބޯހިތްވާ ބުއިމެކެވެ. 19. (19) އަދި ނުހަނު ރީތި މުސްކުޅިނުވާ ތަރޯ ތާޒާ ކުޑަކުދިން ސުވަރުގޭގެ އަހުލުވެރިންގެ ޚިދުމަތުގައި އެމީހުންގެ ވަށައިގެން ދައުރުކުރާނެއެވެ. އެކުދިން ކަލެއަށް ފެނިއްޖެއްޔާ އެކުދިންނާމެދު ކަލެޔަށް ހީވާނީ ފެތުރިފައިވާ ރީތި ރަން މުތްތަކެއް ހެންނެވެ. • ދަންނައެވެ. ސުވަރުގޭގައިވާކަމައް ނަންކިޔިގެންވާ ކޮންމެ މޭވާއެއް އަދި ކޮންމެ ކާއެއްޗެއް އެއީ ހަމަ އިންސާނާގެ ވިސްނުމަށް ގެނައުމަށް ފަސޭހަވުމައްޓަކައިވާނަމައެވެ. އޭގެ ރަހަޔާއި ތާސީރު އަދި ކުލަޔާވަސް ބުނަންނޭނގޭހާ ތަފާތުވާނެއެވެ. މީރުކަން ބަޔާން ނުކުރެވޭނެއެވެ. ދުލަކުން ބަޔާންނުކުރެވޭނެއެވެ. ލޮލަކުން ދެކިފައި ނުވާހާ ރީތިވާނެއެވެ. ކަންފަތަކުން އެފަދައެއްޗެއްގެ އަޑު އަހައިފައިނުވާނެއެވެ. ހިތުގައި އޭގެ ޙިޔާލުވެސް ހިނގާފައިނުވާނެއެވެ. 20. (20) އަދި ކަލޭ ސުވަރުގެއަށް ލޯހިންގައި ބަލާލީމާ ސިފަނުކުރެވޭފަދަ ނިޢުމަތް ކަލޭ ދެކޭނެއެވެ. އަދި މިންވަރު ނުކުރެވޭފަދަ ބޮޑު ވެރިކަމާއި ޝަރަފު ދެކޭނެއެވެ. 21. (21) ސުވަރުގެވަންތަވެރިންގެ ފޭރާމުގެ މަތިންފެންނަ ފޭރާމަކީ ސުންދުސިފޭރާމަކާއި އިސްތަބުރަޤު ކިޔާ ވައްތަރެއްގެފޭރާމެކެވެ. އެއީ ފަށުވިފޮތީގެ ތުނިފޮއްޗާއި އޭގެބޯފޮއްޗެވެ. އަދި އެބައިމީހުންގައި ރިހީގެ އުޅާއެޅުވޭނެއެވެ. އަދި އެމީހުންނަށް شَرَابًا طَهُورًا އެވެ ކިޔާބުއިމެއް ބޯންދެވޭނެއެވެ. • ދަންނައެވެ. މިސޫރަތުގައިމިވަނީ ރިހީގެ އުޅާއެޅުވޭނެވާހަކައެވެ. فَاطِرُ ސޫރަތުގައިވަނީ ރަނުގެ އުޅާއެޅުވޭނެވާހަކައެވެ. ވީމާދެއާޔަތް ޖަމާކުރާއިރު ނަތީޖާއަކީ އެދެބާވަތުގެ އުޅާވެސް އެޅުވޭނެކަމެވެ. އަދި ދަންނައެވެ. شَرَابًا طَهُورًا އެވެ އޮތްބަސްފުޅުން އެނގެނީ ވަރަށް طَاهِرُ ބުއިމެއްދެއްވާނެކަމެވެ. އެއީ ﷲ ދެއްވާނެ خَاصَّ ބުއިމެކެވެ. أبُو قِلابَة އާއި إبْرَاهِيْمُ النَّخَعِيْ އާއި ދެބޭކަލުންވިދާޅުވިއެވެ. ސުވަރުގޭގެ އަހުލުވެރިންނަށް ކާތަކެތި ގެނެވޭނެއެވެ. އެތަކެތިކެއުމަށްފަހު ވަރަށްމީރު ވަރަށް طَاهِرُ ބުއިމެއްދެއްވާނެއެވެ. އެއީ ﷲގެ خَاصَّ ކަރާމަތެކެވެ. އެބުއިންބޮއިލީމާ ބަނޑުހިނދި ގައިން ގޮމަކަސްތޫރިވަސްދުވާ ދަލެއްހިއްލާނެއެވެ. އެބުއިމަކީ شَرَابًا طَهُورًا އެވެ. = فَتْحُ القَدِيْر =. 22. (22) (އަދި ސުވަރުގޭގެ އަހުލުވެރިންނަށް الله حَضْرة ން ނިދާއިއްވެވޭނެއެވެ.) މިހުރިހާ نِعْمَةُ އަކީ ކަލޭމެންކުރި ރަނގަޅު ޢަމަލުތަކުގެ ޖަޒާއެއްގެގޮތުން الله ދެއްވާދަރުމަކުރެއްވި فَضْلُ ވަންތަކަމެވެ. ހަމަކަށަވަރުން ކަލޭމެންގެ ޢަމަލުތައްވަނީ ޤަބޫލުވެވި ޝުކުރުވެރި ވެވިގެންނެވެ.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir