سائن ان کریں۔
سائن ان کریں۔
سائن ان کریں۔
زبان منتخب کریں۔

الشعراء 26:104 وان ربك لهو العزيز الرحيم ١٠٤

صفحہ 371 · پارہ 19

وَاِنَّ
رَبَّكَ
لَهُوَ
الْعَزِیْزُ
الرَّحِیْمُ
۟۠
(104) އަދި ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
پڑھنا جاری رکھیں

تفسیر پڑھیں

تفسیر ابنِ کثیر

نیک لوگ اور جنت ٭٭

جن لوگوں نے نیکیاں کی تھیں برائیوں سے بچے تھے جنت اس دن ان کے پاس ہی ان کے سامنے ہی زیب و زینت کے ساتھ موجود ہو گی۔

اور سرکشوں کے لیے اسی طرح جہنم ظاہر ہوگی اس میں سے ایک گردن نکل کھڑی ہوگی جو گنہگاروں کی طرف غضبناک تیوروں سے نظر ڈالے گی اور اس طرح شور مچائے گی کہ دل اڑ جائیں گے ا

…
نیک لوگ اور جنت ٭٭

جن لوگوں نے نیکیاں کی تھیں برائیوں سے بچے تھے جنت اس دن ان کے پاس ہی ان کے سامنے ہی زیب و زینت کے ساتھ موجود ہو گی۔

اور سرکشوں کے ل

…
دیکھیں تفاسیر

سیاق و سباق میں پڑھیں

69. (69) (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް إبراهيم عليه السّلام ގެ خبر ތައް ވިދާޅުވެދެވާށެވެ! 70. (70) އެއީ އެކަލޭގެފާނުންގެ ބައްޕައަށާއި އަދި އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިހިނދުގައެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ކަލޭމެން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށްހެއްޔެވެ؟ 71. (71) އެމީހުން ދެންނެވިއެވެ. އަހުރެމެން މިއަޅުކަންކުރަނީ ބުދުތަކަށެވެ. އަދި އަހުރެމެން އެއަށް އަޅުކަންކުރުމުގައި ނުވަތަ އެއަށް خدمة ކުރުމުގައި قائم ވެތިބެނީއެވެ. 72. (72) އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން އެތަކެއްޗަށް ގޮވާއިރު އެތަކެތި ކަލޭމެންގެ އަޑުއަހައިހެއްޔެވެ؟ 73. (73) ނުވަތަ އެތަކެތި ކަލޭމެނަށް منفع އެއްކޮށްދޭހެއްޔެވެ؟ ނުވަތަ ގެއްލުމެއްދޭހެއްޔެވެ؟ 74. (74) އެމީހުން ދެންނެވިއެވެ. އެހެންނަކުން ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އަހުރެމެން ދުށީ އަހުރެމެންގެ ކާބަފައިން އެފަދައިން ކަންތައް ކުރާތަނެވެ. (އަހަރެމެންވެސް އެގޮތަށް ކަންތައް ކުރަނީއެވެ.) 75. (75) އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ތިޔައަޅުކަންކުރާތަކެތި ކަލޭމެން ނިކަން ދެކިބަލާށެވެ. 76. (76) ކަލޭމެންނާއި ކަލޭމެންގެ އިސްވެދިޔަ އިހުގެ ކާބަފައިން އަޅުކަން އެކުރި ތަކެތި ނިކަން ދެކެބަލާށެވެ. 77. (77) ފަހެ ހަމަކަށަވަރުން عَالم ތައް ހައްދަވާބޮޑުކުރައްވާ އެތަކެތި ބަލަހައްޓަވާ އެތަކެތީގެ رَبُّ ފިޔަވައި ދެން އެއީ ހައްތާވެސް އަހުރެންގެ عَدُوّ ންނެވެ. 78. (78) އެކަލާނގެއީ އަހުރެން ހެއްދެވި ކަލާނގެއެވެ. ފަހެ އަހުރެންނަށް ތެދުމަގު ދައްކަވާނީ ހަމަ އެކަލާނގެއެވެ. 79. (79) އަދި އަހުރެންނަށް ކާންދެއްވައި އަހުރެންނަށް ބޯންދެއްވަނީވެސް ހަމަ އެކަލާނގެއެވެ. 80. (80) އަދި އަހުރެން ބަލިވެއްޖެއްޔާ އަހުރެންނަށް شِفَاء ދެއްވާނީވެސް ހަމަ އެކަލާނގެއެވެ. 81. (81) އަދި އަހުރެން މަރުއްވާނީ އެކަލާނގެއެވެ. ދެން އަހުރެން ދިރުއްވާނީވެސް ހަމަ އެކަލާނގެއެވެ. 82. (82) އަދި قيامة ދުވަހުން އަހުރެންގެ ކުށްފާފަތައް ފުއްސަވައިދެއްވުން އެދި އެކަމަށް ދަހިވެތިވަނީވެސް ހަމަ އެކަލާނގެ حضرة ގައެވެ. 83. (83) އޭއަޅުގެ ربّ އެވެ. މިއަޅާއަށް حكم އެއްދެއްވައި - (އެބަހީ: نبي ކަންދެއްވައި) މާތްވެގެންވާ صالح ންނާއި މިއަޅާ ގުޅުއްވާނދޭވެ! (އެބަހީ: رسول ބޭކަލުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!) 84. (84) އަދި އެހެނިހެން މީސްތަކުންގެ ތެރޭގައި ރިވެތިވެގެންވާ ثناء އާއި تعريف މިއަޅާއަށް ލައްވާނދޭވެ! 85. (85) އަދި جَنَّةُ النَّعِيم އެވެ ކިޔާ ސުވަރުގޭގެ ވާރުތަވެރިންގެތެރެއިން މިއަޅާ ލައްވާނދޭވެ! 86. (86) އަދި މިއަޅާގެ ބައްޕައަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން އޭނާ ވަނީ ތެދުމަގުގެއްލި މަގުފުރެދިގެންވާ މީހުންގެތެރެއިންނެވެ. 87. (87) އަދި މީސްތަކުން محشر އަށް ފޮނުއްވާދުވަހު މިއަޅާ ގެއްލެނި ނުކުރައްވާނދޭވެ! ދެރަނުކުރައްވާނދޭވެ! 88. (88) އެދުވަހަކީ މުދަލަކުންވިޔަސް އަދި ދަރިއަކުގެ ފަރާތަކުންވިޔަސް منفع އެއް ނުކުރާނޭދުވަހެވެ. 89. (89) ހަމައެކަނި ސަލާމަތްވެގެންވާ ހިތަކާއިގެން ﷲ ގެ حضرة އަށްދެވުނު މީހަކު މެނުވީއެވެ. (އެބަހީ: ﷲ ގެ އެއްކައުވަންތަކަމާމެދު އެއްވެސް ޝައްކެއްނެތި ޝައްކުތަކުން ސަލާމަތްވެގެންވާ ހިތަކާއިގެން ދެވުނު މީހެކެވެ.) 90. (90) އަދި (قيامة ދުވަހުން) تقوى ވެރިންނަށް ސުވަރުގެ ގާތް ކުރެވޭނެއެވެ. 91. (91) އަދި ތެދުމަގު ގެއްލި މަގުފުރެދުނު މީހުންނަށް ނުވަތަ شيطان ންނަށް ނަރަކަ ފައުޅުކުރެވޭނެއެވެ. 92. (92) އަދި އެމީހުންނަށް ބުނެވޭނެއެވެ. ކަލޭމެން އަޅުކަންކުރާކަމުގައިވީ ތަކެތި ކޮބައިހެއްޔެވެ؟ 93. (93) އެއީ ﷲ ފިޔަވައި ކަލޭމެން އަޅުކަންކުރި ތަކެއްޗެވެ. އެތަކެތި ކަލޭމެނަށް نصر ދޭހެއްޔެވެ؟ (ﷲ ގެ عذاب ން ކަލޭމެން ސަލާމަތްކޮށްދޭހެއްޔެވެ؟) ނުވަތަ އެތަކެތީގެ އަމިއްލަ نفس އަށް نصر ލިބޭހެއްޔެވެ؟ 94. (94) އެތަކެތި އެތަނަށް (އެބަހީ: ﷲ ފިޔަވައި އަޅުކަން ވެވުނުތަކެތި ނުވަތަ مشرك ން އެނަރަކައަށް) މޫނުވަތަށް އަޅާލެވޭނެއެވެ. އަދި شيطان ން ވެސް އެތަނަށް އަޅައިލެވޭނެއެވެ. 95. (95) އަދި إبْليس ގެ އެންމެހައި ސިފައިންނާއި މިއެންމެންވެސް އެތަނަށް އަޅައިލެވޭނެއެވެ. 96. (96) އަދި އެމީހުން (އެބަހީ: شيطان ންނާއި ބުދުތަކާއި އަދި إبليس ގެ ސިފައިންނާއި) މިހުރިހާ މީހުން ނަރަކައިގައިތިބެ އަރައިރުންވާ حال ބުނާނެއެވެ. 97. (97) ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އަހުރެމެން މިވީ ކަނޑައެޅި بيان ވެގެންވާ މަގުފުރެއްދުމެއްގައެވެ. 98. (98) އެއީ عَالم ތަކުގެ ވެރި ربّ އާއި އަހުރެމެން ކަލޭމެން ހަމަކުރިހިނދުންނެވެ. 99. (99) އަދި مجرم ން މެނުވީ އަހުރެމެން މަގުނުފުރައްދައެވެ. (އެބަހީ: އަހުރެމެން މަގުފުރެއްދި ބަޔަކީ ނުބައި ނުލަފާ ބައެކެވެ.) 100. (100) ފަހެ އަހުރެމެންނަކަށް އެއްވެސް شَفَاعة ތެރިއަކު ނުވެއެވެ. 101. (101) އަދި އެއްވެސް ގާތް އެކުވެރިއަކުވެސް ނުވެއެވެ. 102. (102) ފަހެ އަހުރެމެންނަށް އެނބުރި ދުނިޔެއަށް رجوع ވުމެއް ވާނެނަމަ އަހުރެމެން مؤمن ންކަމުގައިވާހުށީމެވެ. 103. (103) ހަމަކަށަވަރުން އެކަންތަކުގައި ކަނޑައެޅި بيان ވެގެންވާ دليل ވެއެވެ. (އެބަހީ: إبراهيم عليه السّلام އެކަލޭގެފާނުންގެ قوم ގެ މައްޗަށް އެ قائم ކުރެއްވި حجّة ތަކާއި قوم ގެމީހުންގެ ފަރާތުން ލިބުނު جواب އާއި މިކަންކަމުގައި ވިސްނާ ބަޔަކަށް ހުރި عبرة އާއި ރަނގަޅު دليل ވެއެވެ.) އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރި މީހުންކަމުގައި ނުވިއެވެ. 104. (104) އަދި ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

پڑھنا جاری رکھیں

نوٹس اور تدبرات

آپ کے پاس اس آیت پر کوئی نوٹ یا تدبر نہیں ہے

Notes placeholders

قرآن سے جڑے رہیں ❤️

قرآن سے ربط تازہ کرنے، غور کرنے اور اس سے جڑے رہنے کے لیے مختصر معنی خیز یاددہانی۔

قرآن کو پڑھیں، سنیں، تلاش کریں، اور اس پر تدبر کریں۔

Quran.com ایک قابلِ اعتماد پلیٹ فارم ہے جسے دنیا بھر کے لاکھوں لوگ قرآن کو متعدد زبانوں میں پڑھنے، سرچ کرنے، سننے اور اس پر تدبر کرنے کے لیے استعمال کرتے ہیں۔ یہ ترجمے، تفسیر، تلاوت، لفظ بہ لفظ ترجمہ اور گہرے مطالعے کے ٹولز فراہم کرتا ہے، جس سے قرآن سب کے لیے قابلِ رسائی بنتا ہے۔

صدقۂ جاریہ کے طور پر، Quran.com لوگوں کو قرآن کے ساتھ گہرا تعلق قائم کرنے میں مدد کے لیے وقف ہے۔ Quran.Foundation کے تعاون سے، جو ایک 501(c)(3) غیر منافع بخش تنظیم ہے، Quran.com سب کے لیے ایک مفت اور قیمتی وسیلہ کے طور پر بڑھتا جا رہا ہے، الحمد للہ۔

نیویگیٹ کریں۔
ہوم
قرآن ریڈیو
قراء
ہمارے بارے میں
ڈویلپرز
پروڈکٹ اپڈیٹس
رائے
مدد
عطیہ کریں۔
ہمارے پروجیکٹس
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
غیر منافع بخش منصوبے جو Quran.Foundation کی ملکیت، زیرِ انتظام یا زیرِ سرپرستی ہیں۔
مشہور لنکس
قرآن سے دعائیں
دن کی قرآنی آیت
آیت الکرسی
سورہ یسین
سورہ الملک
سورہ الرحمان
سورہ الواقعة
سورہ الكهف
سورہ المزمل
سائٹ کا نقشہرازداریشرائط و ضوابط
© 2026 Quran.com. جملہ حقوق محفوظ ہیں
تعاون کریں۔