登入
登入
登入
选择语言
053

An-Najm 53:35 اعنده علم الغيب فهو يرى ٣٥

53:35
أَعِندَهُۥ
عِلۡمُ
ٱلۡغَيۡبِ
فَهُوَ
يَرَىٰٓ
٣٥
(35) ނުވަތަ އޭނާގެ އަތުގައި غيب ގެ علم ވަނީ ހެއްޔެވެ؟ އޭނާ އޭގައިވާ ގޮތެއް ބަލާ ހަދާނީ އެހެންނަމަ ތާއެވެ. (އެކަހަލަ އެއްވެސް ކަމެއްވެސް އޮތީއެއް ނޫނެވެ.)
继续阅读

阅读《古兰经注》

Ibn Kathir (Abridged)

Chastising Those Who disobey Allah and stop giving Charity

Allah the Exalted chastises those who turn away from His obedience,

فَلاَ صَدَّقَ وَلاَ صَلَّى - وَلَـكِن كَذَّبَ وَتَوَلَّى

(So he (the disbeliever) neither believed nor prayed! But on the contrary, he belied and turned away!) (75:31-32),

و

…

Chastising Those Who disobey Allah and stop giving Charity

Allah the Exalted chastises those who turn away from His obedience,

فَلاَ صَدَّقَ وَلاَ صَل

…
更多经注

结合上下文阅读

章 53, 页 527, Juz 27

33. (33)،(34) (އޭ رسول الله އާއެވެ!) إسلام دين ން މޫނު އަނބުރާލައިފުރަގަސްދިންމީހާއަށްކަލޭގެފާނުނުބައްލަވަމުތޯއެވެ؟ • ދަންނައެވެ. މި އާޔަތާއި، އަދި މީގެ ފަހަތަށް މިވާ ދެތިން އާޔަތުން މި ސިފަވެގެން ދަނީ قريش ވަންހައިގެ الوليد بن المغيرة ގެ ވާހަކައެވެ. ފަހެ އޭނާ قرآن އަހައި إسلام ވާން ކައިރި ވިއެވެ. ނުވަތަ إسلام ވިއެވެ. އެ ވާހަކަ قريش ގެ مشرك ންކުރެ މީހަކަށް އިވިގެން އައިސް އޭނާއަށް ވަރަށް عيب ކިޔައި މަލާމާތް ކުރީމާ وليد ބުނިކަމަށް ވަނީ ﷲ ގެ عذاب އަށް ބިރުގަންނަ ކަމުގައެވެ. ދެންފަހެ އެމީހާ ބުންޏެވެ. ކަލޭ ތިޔަ ބިރުގަންނަ عذاب އަހުރެން އުފުލައިފާނަމެވެ. އަހުރެންނަށް ކޮންމެ މަހަކު ކަލޭގެ މުދަލުން ކޮންމެވެސް ވަރެއް ދޭށެވެ. އަދި ކަލޭގެ ތިޔަ ދީން ދޫކޮށް ކާބަފައިންގެ دين އަށް އަލުންވެސް رجوع ވާށެވެ. ދެން މި وليد އޭނާއަށް އެބުނި ގޮތުގެ މަތިން ކޮންމެ މަހަކު ނުވަތަ ކޮންމެ ހަފުތާއަކު ނުވަތަ ކޮންމެ އަހަރަކު ކުޑަކޮށް ދީދީފައި ދެން ނުދީ އެކަން ހުއްޓައިލިއެވެ. 34. (33)،(34) (އޭ رسول الله އާއެވެ!) إسلام دين ން މޫނު އަނބުރާލައިފުރަގަސްދިންމީހާއަށްކަލޭގެފާނުނުބައްލަވަމުތޯއެވެ؟ • ދަންނައެވެ. މި އާޔަތާއި، އަދި މީގެ ފަހަތަށް މިވާ ދެތިން އާޔަތުން މި ސިފަވެގެން ދަނީ قريش ވަންހައިގެ الوليد بن المغيرة ގެ ވާހަކައެވެ. ފަހެ އޭނާ قرآن އަހައި إسلام ވާން ކައިރި ވިއެވެ. ނުވަތަ إسلام ވިއެވެ. އެ ވާހަކަ قريش ގެ مشرك ންކުރެ މީހަކަށް އިވިގެން އައިސް އޭނާއަށް ވަރަށް عيب ކިޔައި މަލާމާތް ކުރީމާ وليد ބުނިކަމަށް ވަނީ ﷲ ގެ عذاب އަށް ބިރުގަންނަ ކަމުގައެވެ. ދެންފަހެ އެމީހާ ބުންޏެވެ. ކަލޭ ތިޔަ ބިރުގަންނަ عذاب އަހުރެން އުފުލައިފާނަމެވެ. އަހުރެންނަށް ކޮންމެ މަހަކު ކަލޭގެ މުދަލުން ކޮންމެވެސް ވަރެއް ދޭށެވެ. އަދި ކަލޭގެ ތިޔަ ދީން ދޫކޮށް ކާބަފައިންގެ دين އަށް އަލުންވެސް رجوع ވާށެވެ. ދެން މި وليد އޭނާއަށް އެބުނި ގޮތުގެ މަތިން ކޮންމެ މަހަކު ނުވަތަ ކޮންމެ ހަފުތާއަކު ނުވަތަ ކޮންމެ އަހަރަކު ކުޑަކޮށް ދީދީފައި ދެން ނުދީ އެކަން ހުއްޓައިލިއެވެ. 35. (35) ނުވަތަ އޭނާގެ އަތުގައި غيب ގެ علم ވަނީ ހެއްޔެވެ؟ އޭނާ އޭގައިވާ ގޮތެއް ބަލާ ހަދާނީ އެހެންނަމަ ތާއެވެ. (އެކަހަލަ އެއްވެސް ކަމެއްވެސް އޮތީއެއް ނޫނެވެ.) 36. (36) ނުވަތަ އޭނާއަށް ފަހެ موسٰى عَلَيْه السلام ނަށް ބާވައިލެއްވި صحف ތަކުގައިވާ خبر ތަކާއި، معلومات ތަކުގެ خبر ނެތީ ބާވައެވެ؟ 37. (37) އަދި އެކަލޭގެފާނަށް އެންގެވުނު އެންމެހައި ކަންތައްތައް ބަރާބަރުކުރެއްވި إبراهيم عَلَيْه السلام ގެ صحف ގައިވާ ތަކެތީގެ خبر ވެސް އޭނާއަށް ނޭނގެނީ ބާވައެވެ؟ 38. (38) (އެ صحف ތަކުގައި އަންނަނިވި خبر ތައް ވެއެވެ.) ފާފަވެރި އެއްވެސް نفس އެއްގެ ފާފަޔާއި، ބުރަކަން (قيامة ދުވަހުން) އަނެއް نفس އެއް ނުއުފުލާނެއެވެ. އެބަހީ އެމީހަކު ކުރި ފާފައެއްގެ جزاءއަކާއި، ބުރަކަމެއްއުފުލަން ޖެހޭނީ ހަމަ އެ نفس އެކެވެ. 39. (39) އަދި ހަމަކަށަވަރުން، އިންސާނާއަށް އޭނާ ކުރި عمل އެއްގެ جزاء މެނުވީ ނުވެއެވެ. 40. (40) އަދި ހަމަކަށަވަރުން އޭނާ ކުރި ކަމެއް އޭނާ (قيامة ދުވަހުން) ދެކޭނެއެވެ. 41. (41) ދެން އެ عمل އަށް އޭނާއަށް ހަމަ ބަރާބަރު ފުރިހަމަ ޖަޒާ ދެއްވޭނެއެވެ. (ހެޔޮ عمل އަކަށް ވިއްޔާ ހެޔޮ جزاء އެވެ. ނުބައި عمل އަކަށް ވިއްޔާ ނުބައި ޖަޒާއެވެ. އަދި ﷲ އޭނާއަށް عفوء ކުރައްވަން އެދިވޮޑިގަތް އެއްޗެއް عفوء ވެސް ކުރައްވާނެއެވެ.) 42. (42) (އަދި އޭ رسول الله އެވެ!) މަރުވުމަށްފަހު ވެސް ﷲ ގެ އަޅުތަކުންގެ އެންމެހައި ކަމެއް رجوع ވާނީ ﷲ ގެ حضرة އަށެވެ. ކަލޭގެފާނުންގެ ربّ ގެ حضرة އަށެވެ. 43. (43) (އަދި ހަމަކަށަވަރުން އެކަލާނގެ އެދިވޮޑިގެންނެވި އަޅަކު އުފާވާނޭ ގޮތް މެދުވެރި ކުރައްވައި ހައްދަވައެވެ.) އަދި އެކަލާނގެ އެދިވޮޑިގަތް އަޅަކު ރޮއްވައެވެ. ދެރަވެ ހިތާމަވާނޭ ގޮތް ހައްދަވައެވެ. ނުވަތަ قيامة ދުވަހުން ސުވަރުގޭގެ އަހުލުވެރީން އުފާކުރައްވާ ހެއްވައެވެ. އަދި ނަރަކައިގެ أهل ވެރީން ހިތާމަވެރިކުރައްވާ ރޮއްވައެވެ. 44. (44) އަދި ތަކެތި މަރުއްވާ އަދި ދިރުއްވަނީވެސް ހަމަ އެކަލާނގެއެވެ. 45. (45) އަދި ހަމަކަށަވަރުން ކޮންމެ އެއްޗެއްވެސް ކޮންމެ ބާވަތެއްވެސް އަންހެން ފިރިހެން ޖޯޑު ހަމަވާ ގޮތަށް ހެއްދެވީވެސް ހަމަ އެކަލާނގެއެވެ. 46. (46) އެކަލާނގެ އެތަކެތި ހައްދަވަނީ އަންހެން އެތީގެ رحِم ގެ ތެރެއަށް އޮހިގެންދާ މަނި ފޮދުވަރަކުންނެވެ. (އެއީ عامّ ކޮށް ހައްދަވާ ގޮތެވެ. އަދި އެނޫން ގޮތްގޮތަށް ހެއްދެވި ބައެއް ތަކެތިވެސް ވެއެވެ. والله أعلم.) 47. (47) އަދި ހަމަކަށަވަރުން (قيامة ދުވަހަށް) އަނެއްފަހަރުވެސް އެންމެހާ ތަކެތި އުފައްދަވާނީ ހަމަ އެކަލާނގެއެވެ. 48. (48) އަދި ހަމަކަށަވަރުން މުއްސަނދި ކުރައްވާ، އަދި فقير ކުރައްވަނީވެސް ހަމަ އެކަލާނގެއެވެ. 49. (49) އަދި ހަމަކަށާވަރުން شِعْرٰى އެވެ ކިޔޭ ތަރީގެ ربّ އަކީވެސް ހަމަ އެކަލާނގެއެވެ. (އެއީ خُزَاعَةُ ވަހައިގެމީހުން އަޅުކަންކުރާ ތަރިއެކެވެ.) 50. (50) އަދި ހަމަކަށަވަރުން ފުރަތަމަ عاد (އެބަހީ عاد ބާގައިގެ މީހުން) ހަލާކު ކުރެއްވީވެސް ހަމަ އެކަލާނގެއެވެ. 51. (51) އަދި ثمود ބާގައިގެ މީހުން ހަލާކު ކުރެއްވީވެސް ހަމަ އެކަލާނގެއެވެ. އޭގެ އެކަކުވެސް ބާކީވެ ނުހުރެ ހަމަ އެންމެން މަރުވެ ދިޔައީއެވެ. 52. (52) އަދި އޭގެ ކުރީން نوح قوم ވެސް ހަލާކު ކުރެއްވީ ހަމަ އެކަލާނގެއެވެ. އެމީހުން ވީ އަނިޔާވެރިކަން މާބޮޑު އަދި މާ ނުކިޔަމަންތެރި ބަޔަކު ކަމުގައެވެ. 53. (53) އަދި مؤتفكة މީހުން - އެބަހީ لوط قوم ގެ މީހުން ވެސް ހަމަ ހަލާކު ކުރެއްވީ އެކަލާނގެ އެވެ. އެ قوم މަތީން ތިރިޔަށް ވައްޓަވާލެއްވީއެވެ. 54. (54) ދެން އެ قوم އެ ނިވައިކުރި އެއްޗެއް ނިވައިކުރީއެވެ. (އެބަހީ އެ قوم ގެ މައްޗަށް އައި عذاب އާއި، ހަލާކުގެ ހިލަ ވާރޭއިން އެތަން ވަނީ މުޅީން ނިވައިވެގެންނެވެ.) 55. (55) ފަހެ ކަލޭގެފާނުގެ ربّ ގެ نعمة އާއި، عذاب ގެ ތެރެއިންކަލޭގެފާނު ޝައްކުކުރައްވައި ދޮގުކުރަނީ އަދި ދޮގުކުރެވޭނީ ކޮން އެއްޗެއް ހެއްޔެވެ؟ (ޝައްކުކޮށް ދޮގުކުރެވޭނޭ އެއްވެސްކަމެއް ނެތެވެ.) 56. (56) މި محمّد ގެފާނަކީ الله ފޮނުއްވި رسول އާއެވެ. އެއީ ހަމަ އިސްވެދިޔަ رسول ބޭކަލުންފަދަ رسول ބޭކަލެކެވެ. އިސްވެދިޔަ ބޭކަލުންވެސް އެބޭކަލުންގެ قوم އަށް إنذار ކުރެއްވިއެވެ. މިކަލޭގެފާނުވެސް މިއީ ހަމަ إنذار ކުރައްވާ نذير އެކެވެ. އެރޮނގުން ތަފާތެއް ނެތެވެ. 57. (57) قيامة ވުން ގާތް ވެއްޖެއެވެ. 58. (58) އަދި الله سبحانه وتعالى މެނުވީ އެ قيامة ވާނޭ وقت އެއް އެނގޭނޭ ހަމަ އެކަކުވެސް ނުވެއެވެ. އެދުވަހާ ބެހޭ އެއްވެސް ކަމެއް ހާމަކޮށްލެވޭނޭ އަދި كشف ކޮށްލެވޭނޭ އެކަކުވެސް ނުވެއެވެ. 59. (59) އަދި (އޭ مشرك ންނޭވެ!) ކަލޭމެން عجائب ވޭވެފައި މަލާމާތުގެ ގޮތުން ހީހީފައި ތިޔަ އުޅެނީ މި قر آن އާ މެދުގައި ހެއްޔެވެ؟ 60. (60) އަދި އެ ފޮތުގައި ހުރި ބިރުވެރި خبر ތަކަށް އެއްވެސް ބިރެއްނެތި ރުއިމެއް ނެތި ތިޔަ އުޅެނީ ހެއްޔެވެ؟ އެއީ އެއްގޮތަކަށްވެސް މަލާމާތްކޮށް ހަދާ عجائب ވާންވީ ވާހަކައެއް ނޫނެވެ. 61. (61) އެއީ ހަމަ ތެދު حقيقي ވާހަކަތަކެވެ. އަދި ކަލޭމެން ތިޔަ ތިބީ އެ ފޮތާމެދު غافل ވެގެންނެވެ. ނުވަތަ ކަލޭމެންގެ ބޮޑާކަމާއި، كبر ވެރިކަމުން ނުބަލާށެވެ. 62. (62) (އޭ مؤمن ންނޭވެ! ކާފަރުންނާއި، مشرك ން އެހެން އުޅުނަސް) ކަލޭމެން ﷲ އަށް سجدة ކުރާށެވެ! އަދި އެކަލާނގެއަށް އަޅުކަން ކުރާށެވެ!

- Abu Bakr Ibrahim Ali (Bakurube)

笔记与反思

你对这节经文没有任何笔记或感想。

Notes placeholders

与《古兰经》保持联系❤️

简短而有意义的提醒,帮助你重新调整、反思并与《古兰经》保持联系。

阅读、聆听、探索并思考《古兰经》

Quran.com 是一个值得信赖的平台,全球数百万人使用它来阅读、搜索、聆听和思考多种语言的《古兰经》。它提供翻译、注释、诵读、逐字翻译以及深入研究的工具,让每个人都能接触到《古兰经》。

作为一家名为“施舍之家”(Sadaqah Jariyah)的机构,Quran.com 致力于帮助人们与《古兰经》建立更深层次的联系。在 501(c)(3) 非营利组织 Quran.Foundation 的支持下,Quran.com 不断发展壮大,成为所有人的免费宝贵资源。Alhamdulillah(真主安拉)

导航
首页
在线听古兰经
朗诵者
关于我们
开发者
产品更新
反馈问题
帮助
捐
我们的项目
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation 拥有、管理或赞助的非营利项目
热门链接
古兰经中的祈祷词
每日古兰经经文
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
网站地图隐私条款和条件
© 2026年 Quran.com. 版权所有
贡献