Registrazione
Registrazione
Registrazione
Seleziona la lingua
028

Al-Qasas 28:35 قال سنشد عضدك باخيك ونجعل لكما سلطانا فلا يصلون اليكما باياتنا انتما ومن اتبعكما الغالبون ٣٥

28:35
قَالَ
سَنَشُدُّ
عَضُدَكَ
بِأَخِيكَ
وَنَجۡعَلُ
لَكُمَا
سُلۡطَٰنٗا
فَلَا
يَصِلُونَ
إِلَيۡكُمَا
بِـَٔايَٰتِنَآۚ
أَنتُمَا
وَمَنِ
ٱتَّبَعَكُمَا
ٱلۡغَٰلِبُونَ
٣٥
(35) ﷲ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ނިކަންހުރެ ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ أخ ގެސަބަބުން ކަލޭގެފާނުންގެ މުލައްދަނޑިފުޅު ގަދަކޮށްދެއްވާހުށީމެވެ. (އެބަހީ: ކަލޭގެފާނަށް ބާރުދެއްވައި ގަދަކަން ދެއްވާހުށީމެވެ.) އަދި ތިޔައިގެ ދެކަލުންނަށް ތިމަންރަސްކަލާނގެ حجّة އެއް (دليل އެއް) ލައްވާހުށީމެވެ. ފަހެ އެހެންވެ އެމީހުންނަށް ތިމަންރަސްކަލާނގެ އާޔަތްތަކުގެ ސަބަބުން ތިޔައިގެ ދެކަލުންނާ ހަމައަށް (ނުބައެއް ހެދުމުގެގޮތުން) واصل ނުވެވޭހުއްޓެވެ. ތިޔައިގެ ދެކަލުންނާއި އަދި ތިޔައިގެ ދެކަލުންނަށް تبع ވާ ބަޔަކުވާނީ ގަދަވާމީހުންކަމުގައެވެ.
Continua a leggere

Leggi il Tafsir

Ibn Kathir (Abridged)

How Musa asked for the Support of His Brother and was granted that by Allah

When Allah commanded him to go to Fir`awn, the one who he had run away from and whose vengeance he feared,

قَالَ رَبِّ إِنِّى قَتَلْتُ مِنْهُمْ نَفْساً

( Musa said: My Lord! I have killed a man among them,) meaning, that Coptic

…

How Musa asked for the Support of His Brother and was granted that by Allah

When Allah commanded him to go to Fir`awn, the one who he had run away from

…
Altri Tafsir

Leggere nel contesto

Capitolo 28, Pagina 389, Juz 20

29. (29) ދެންފަހެ موسى عليه السّلام އެމުއްދަތު ހަމަކުރައްވާ ނިންމެވުމަށްފަހު އެހިނދުން (مصر އަށް ވަޑައިގަތުމަށްޓަކައި) އެކަލޭގެފާނުންގެ أهل ވެރިންނާއިއެކު (ރޭގަނޑު) ހިންގަވާފައި ވަޑައިގެންނެވިއެވެ. އަދި طور ފަރުބަދައިގެ ގާތުން އެއްފަރާތުން އެކަލޭގެފާނު އަލިފާނެއް ދެކެވަޑައިގެންނެވިއެވެ. އަދި أهل ވެރިންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން މިތާ ލަސްވެލައިތިބޭށެވެ. އަހުރެންނަށް އަލިފާނެއް ފެނިއްޖެއެވެ. އެތަނުން خبر އަކާއިގެން ނުވަތަ ތިޔަބައިމީހުން ހީފިލުވުމަށްޓަކައި އަލިފާންބުރިއަކާއިގެން ނުވަތަ އަލިފާން ދަރުބުރިއަކާއިގެން އައުމަށް أمّيد ކުރެވެއެވެ. 30. (30) ދެންފަހެ އެކަލޭގެފާނު އެތަނަށް (އެއަލިފާނުގެ ގާތަށް) ވަޑައިގެންނެވިހިނދުން (موسى عليه السّلام ގެ) ކަނާތްޕުޅުފަރާތުގެ ވާދީއިން އެބަރަކާތްތެރި ތާނގައިވާ ގަހުން އެކަލޭގެފާނަށް ނިދާއިއްވެވުނެވެ. ގޮވައިލެއްވެވުނެވެ. (ނިދާއިއްވެވުނީ) އޭ موسى އެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ މިއީ ﷲ އެވެ. عَالم ތައް ހައްދަވާބޮޑުކުރައްވާ ބަލަހައްޓަވާ رَبّ އެވެ. 31. (31) އަދި ކަލޭގެފާނުންގެ އަސާކޮޅު އެއްލަވާށެވެ. (ދެން އެކަލޭގެފާނު އެއަސާކޮޅު އެއްލެވީއެވެ. އެހައިރުން އޭތި ހަރުފަޔަކަށް ބަދަލުވެ ދުވަންފެށީއެވެ.) ދެންފަހެ އޭތި ދުވެ حركاة ކުރާތަން ފެނުމުން - އޭރު އޭތި ހީވަނީ جَانُّ އެއް ހެންނެވެ. (އެއީ ބޮޑެތިބައިގެ ހަރުފައިގެ ވައްތަރެކެވެ.) އެހިނދު އެކަލޭގެފާނު ފުރަގަސްދެއްވާ އެނބުރިވަޑައިގެންފިއެވެ. އަދި ހުންނެވިތަނަށް އެނބުރި ވަޑައިނުގެންނެވިއެވެ. (އެހިނދު ﷲ وحي ކުރެއްވިއެވެ.) އޭ موسى އެވެ! ކަލޭގެފާނު (ތިމަންރަސްކަލާނގެއާއި) ކުރިމަތިފުޅުލައްވައި ވަޑައިގަންނަވާށެވެ! އަދި ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން ކަލޭގެފާނުވަނީ އަމާންވެގެންވާ ބޭކަލުންގެތެރެއިންނެވެ. 32. (32) އަދި ކަލޭގެފާނުންގެ އަތްޕުޅު (ކަލޭގެފާނުންގެ قميص ކޮޅުގެ) ޖީބުކޮޅަށް ވައްދަވާށެވެ! (ދެން އޭތި ނެރުއްވާއިރު) ނުކުންނާނީ ހުދުކުލައިގައެވެ. އެއީ އެއްވެސް ބަލިކަމެއް އަދި ނުބައެއްގެ ސަބަބަކުންނޫނެވެ. އަދި ކަލޭގެފާނުންގެ އަތްޕުޅު ކަލޭގެފާނުންގެ އަރިކަށިފުޅާއި - ނުވަތަ މޭފުޅާއި ލަފާލައްވާ ގާތްކުރައްވާށެވެ! އޭރުން ބިރުފުޅު ފިލައިގެން ހިނގައިދާނެއެވެ. ފަހެ އެއީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ ދެދަލީލެވެ. ދެ حجّة އެވެ. (ދެ معجزة އެވެ.) فرعون އާއި އޭނާގެ ބޮޑުންގެ ގާތަށް (رسول ކަމާއިގެން) ވަޑައިގަތުމަށްޓަކައެވެ. ހަމަކަށަވަރުން އެމީހުންވީ فاسِق ބަޔަކު ކަމުގައެވެ. (ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބަޔަކުކަމުގައެވެ.) 33. (33) އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ! މިއަޅާވާނީ އެމީހުންގެތެރެއިން މީހަކު މަރާފައެވެ. އެހެންވެ އެމީހުން މިއަޅާ މަރައިފާނެކަމަށް ބިރުގަންނަމެވެ. 34. (34) އަދި މިއަޅާގެ أخ هارون މިއަޅާއަށްވުރެން މާ ދޫފަސޭހަވާނެއެވެ. ބަޔާންކުރެއްވުން މާފުރިހަމައެވެ. ފަހެ މިއަޅާއާއިއެކު އެހީއަކަށް ވާގިވެރިއަކަށް އޭނާވެސް (رسول ކަމާއިގެން) ފޮނުއްވައި ދެއްވާނދޭވެ! އެއީ މިއަޅާ ތެދުކުރުމަށްޓަކައެވެ. (އެކަކުގެބަހަށްވުރެ ދެމީހުންގެބަސް قبول ކުރުން أوليى ވެގެންވެއެވެ.) ހަމަކަށަވަރުން އެމީހުން މިއަޅާ ދޮގުކޮށްފާނެކަމަށް ބިރުގަންނަމެވެ. 35. (35) ﷲ وحي ކުރެއްވިއެވެ. ހަމަކަށަވަރުން ނިކަންހުރެ ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ أخ ގެސަބަބުން ކަލޭގެފާނުންގެ މުލައްދަނޑިފުޅު ގަދަކޮށްދެއްވާހުށީމެވެ. (އެބަހީ: ކަލޭގެފާނަށް ބާރުދެއްވައި ގަދަކަން ދެއްވާހުށީމެވެ.) އަދި ތިޔައިގެ ދެކަލުންނަށް ތިމަންރަސްކަލާނގެ حجّة އެއް (دليل އެއް) ލައްވާހުށީމެވެ. ފަހެ އެހެންވެ އެމީހުންނަށް ތިމަންރަސްކަލާނގެ އާޔަތްތަކުގެ ސަބަބުން ތިޔައިގެ ދެކަލުންނާ ހަމައަށް (ނުބައެއް ހެދުމުގެގޮތުން) واصل ނުވެވޭހުއްޓެވެ. ތިޔައިގެ ދެކަލުންނާއި އަދި ތިޔައިގެ ދެކަލުންނަށް تبع ވާ ބަޔަކުވާނީ ގަދަވާމީހުންކަމުގައެވެ.

- Abu Bakr Ibrahim Ali (Bakurube)

Appunti e riflessioni

Non hai appunti o riflessioni su questo verso.

Notes placeholders

Rimani connesso al Corano ❤️

Brevi e significativi promemoria per ritrovare la serenità, riflettere e restare connessi al Corano.

Leggi, ascolta, cerca e rifletti sul Corano

Quran.com è una piattaforma affidabile utilizzata da milioni di persone in tutto il mondo per leggere, cercare, ascoltare e riflettere sul Corano in diverse lingue. Offre traduzioni, tafsir, recitazioni, traduzioni parola per parola e strumenti per uno studio più approfondito, rendendo il Corano accessibile a tutti.

In qualità di Sadaqah Jariyah, Quran.com si impegna ad aiutare le persone a entrare in contatto profondo con il Corano. Supportato da Quran.Foundation , un'organizzazione no-profit 501(c)(3), Quran.com continua a crescere come risorsa gratuita e preziosa per tutti, Alhamdulillah.

Navigare
Casa
Radio del Corano
Recitatori
Chi siamo
Sviluppatori
Aggiornamenti del prodotto
Feedback
Aiuto
Donare
I nostri progetti
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Progetti senza scopo di lucro posseduti, gestiti o sponsorizzati da Quran.Foundation
Link popolari
Suppliche del Corano
Versetto del giorno del Corano
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Mappa del sitoPrivacyTermini e Condizioni
© 2026 Quran.com. Tutti i diritti riservati
Contribuire