وارد شوید
وارد شوید
وارد شوید
انتخاب زبان
021

Al-Anbiya 21:8 وما جعلناهم جسدا لا ياكلون الطعام وما كانوا خالدين ٨

۸:۲۱
وَمَا
جَعَلۡنَٰهُمۡ
جَسَدٗا
لَّا
يَأۡكُلُونَ
ٱلطَّعَامَ
وَمَا
كَانُواْ
خَٰلِدِينَ
٨
(8) އަދި އެބޭބޭކަލުންނަކީ ކާއެއްޗެއް ފަރީނުކުޅުއްވާ ހަމަ ހުސްހަށިގަނޑުތަކެއްކަމުގައި ތިމަންރަސްކަލާނގެ ނުލައްވަމެވެ. (އެބަހީ: އެބޭކަލުންނަކީ ހަމަ ކައިބޮއިހައްދަވާ ފިރިހެނުންނެވެ.) އަދި އެބޭކަލުންނަކީ އަވަހާރަނުވެ ދެމިތިއްބަވާ ބޭކަލުންކަމުގައިވެސް ތިމަންރަސްކަލާނގެ އެބޭކަލުން ނުލައްވަމެވެ. (އެބަހީ: އެބޭކަލުންނަކީ ހަމަ އަވަހާރަވެސްވާ ބޭކަލުންނެވެ.)
ادامه مطلب

تفسیر بخوانید

Ibn Kathir (Abridged)

The Messengers are no more than Human Beings

Here Allah refutes those who denied that human Messengers could be sent:

وَمَآ أَرْسَلْنَا قَبْلَكَ إِلاَّ رِجَالاً نُّوحِى إِلَيْهِمْ

(And We sent not before you but men to whom We revealed.) meaning, all the Messengers who came before you were men, human b

…

The Messengers are no more than Human Beings

Here Allah refutes those who denied that human Messengers could be sent:

وَمَآ أَرْسَلْنَا قَبْلَكَ إِلاَّ
…
تفاسیر بیشتر

در متن بخوانید

فصل ۲۱, صفحه ۳۲۲, جوز ۱۷

1. (1) މީސްތަކުންނަށް އެމީހުންގެ ހިސާބުބެއްލެވުން ގާތްވެއްޖެއެވެ. (އެބަހީ: ހިސާބުބައްލަވާ قيامة ދުވަސް ގާތްވެއްޖެއެވެ.) އެއީ މީސްތަކުން (އެދުވަހާއިމެދު) غافل ވެގެންވާ حال ގައެވެ. އެމީހުންވަނީ ފުރަގަސްދީގެންނެވެ. 2. (2) (އަދި މީސްތަކުންގެގާތަށް) އެމީހުންގެ ربّ ގެ حضرة ން އެއްވެސް ذِكر އެއް އައިސް (އެބަހީ: قرآن ގެ އެއްވެސް އާޔަތެއް އައިސް) އެމީހުން އެއަހައިފިއްޔާ އެޔާމެދު ކުޅޭކުޅޭ ގޮތެއްގައި މެނުވީ އެމީހުން عمل ނުކުރެއެވެ. (އެބަހީ: އާޔަތެއް ބާވައިލެއްވި ކޮންމެހިނދެއްގައި އެމީހުން އެއާޔަތަކާމެދު ކުޅިވަރުގޮތެއްގައި ހަދައިލައެވެ.) 3. (3) އެމީހުންގެ ހިތްތައްވަނީ މުޅިން غافل ވެގެންނެވެ. އަދި (އެއާޔަތެއް ދޮގުކުރުމަށް) އެމީހުން ސިއްރު ޖަލްސާކޮށްހަދައެވެ. އެބަހީ: އެ مشرك ން ނުބައިގޮތްތައް ރާވާ ސިއްރު ޖަލްސާ ކުރިއެވެ. އަދި އެމީހުން ބުނެއެވެ. މި رسول އަކީ މިއީ ހަމަ ކަލޭމެންފަދަ آدم ގެ ދަރިއެއްކަމުގައިމެނުވީ ނުވެއެވެ. އެހެންކަމަށްވާއިރު އެކަލޭގެފާނު ގެނަސްގެން އެއުޅޭ އެއްޗަކީ سحر އެކެވެ. ކަލޭމެން ތަންދޮރު އެނގޭ حال އެ سحر އާ ދިމާއަށް ދަނީހެއްޔެވެ؟ އެޔާ تبع ވަނީހެއްޔެވެ؟ (މިއީ މިމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުނާބުނުމެވެ. އެމީހުން އެބުނަނީ قرآن އަކީ سحر އެއްކަމުގައެވެ.) 4. (4) އެކަލޭގެފާނު يعني: محمّد ﷺ ވިދާޅުވިއެވެ. ތިމަންކަލޭގެފާނުންގެ ربّ އުޑާއި ބިމުގައިވެސް (ކޮންމެތާކު ކޮންމެބަހަކުން ކޮންމެމީހަކު) ބުނާ ކޮންމެބަހެއްވެސް ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ. 5. (5) އަދި ކިޔެއްހެއްޔެވެ؟ އެ مشرك ންގެ މީހުން ބުންޏެވެ. محمّد ގެފާނު އެދައްކަވާ ވާހަކައަކީ އެބަހީ: ކީރިތި قرآن އަކީ - އެއްވެސް އަސްލެއްވަސްލެއްނެތް - تفسير ނުކުރެވޭޒާތުގެ ބޭކާރު ހުވަފެނުގެ ވާހަކަތަކެކެވެ. އަދި ކިއެއްހެއްޔެވެ؟ އޭގެތެރެއިން އަނެއްބަޔަކު ބުނީ އެ قرآن އަކީ އެކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން އުޅުއްވާ ދޮގުވާހަކަތަކެކެވެ. އަދި އަނެއްބަޔަކު ބުނީ އަދި ކިއެއްހެއްޔެވެ؟ އެއީ ޅެމެކެވެ. އެކަލޭގެފާނަކީ ޅެންވެރިއެކެވެ. (އަދި މިނޫންވެސް ގޮތްގޮތަށް އެމީހުން ކިޔެވެ...) އަދި އެމީހުން ބުންޏެވެ. އިހުޒަމާނުގެ رَسُول ން ގެންނެވިކަހަލަ معجزة އެއް އެކަލޭގެފާނު އަހުރެމެންނަށް ގެނަސްނުދެއްވީ ކީއްވެގެންބާވައެވެ؟ އެފަދަ معجزة އެއް ގެނެސްދެއްވި ނަމައެވެ. (އެއީ موسى ގެފާނުންގެ އަސާކޮޅު - صالح ގެފާނުންގެ جمل ކޮޅު - އަދި عيسى ގެފާނުން މަރުވިމީހުން ދިރުއްވުންކަހަލަ معجزة އެވެ. ދެންފަހެ މިބައިމީހުންގެ މިބަހުގެ جواب ގައި ﷲ އެ އަންގަވަނީ...) 6. (6) (އެފަދަ معجزة އަށް އެދި އެ معجزة ގެންނަވައި) އީމާންނުވެގެން ތިމަންރަސްކަލާނގެ ހަލާކުކުރެއްވި އިހުގެ އެއްވެސް أمّة އެއްގެމީހުން، އެ معجزة ގެންނެވުމަކުން ވަކި إيمان އެއްނުވިއެވެ. މި أمّة ގެ މީހުން ފަހެ إيمان ވާނޭހެއްޔެވެ؟ 7. (7) (އަދި އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ކުރީގައިވެސް ހަމަ ފިރިހެނުން މެނުވީ ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވާފައި ނުވާނެއެވެ. ތިމަންރަސްކަލާނގެ އެބޭކަލުންނަށް ބަސްފުޅު وحي ކުރެއްވީއެވެ. އޭމިތިބަ مشرك ންނޭވެ. ތިޔަބައިމީހުންނަށް ނޭނގެންޏާ ذِكْرُ ގެ أهل ވެރިންކުރެން ނިކަން އަހައިބަލާށެވެ. (އެބަހީ: އިހުގެ ފޮތްފޮތްކަމުގައިވާ توراة އާއި إنْجِيل ގެ أهل ވެރިންކުރެން އަހައިބަލާށެވެ. އެމީހުންގެ ފޮތްތަކުގައިވެސް އެވާހަކަ ވާނެއެވެ.) 8. (8) އަދި އެބޭބޭކަލުންނަކީ ކާއެއްޗެއް ފަރީނުކުޅުއްވާ ހަމަ ހުސްހަށިގަނޑުތަކެއްކަމުގައި ތިމަންރަސްކަލާނގެ ނުލައްވަމެވެ. (އެބަހީ: އެބޭކަލުންނަކީ ހަމަ ކައިބޮއިހައްދަވާ ފިރިހެނުންނެވެ.) އަދި އެބޭކަލުންނަކީ އަވަހާރަނުވެ ދެމިތިއްބަވާ ބޭކަލުންކަމުގައިވެސް ތިމަންރަސްކަލާނގެ އެބޭކަލުން ނުލައްވަމެވެ. (އެބަހީ: އެބޭކަލުންނަކީ ހަމަ އަވަހާރަވެސްވާ ބޭކަލުންނެވެ.) 9. (9) ދެން ތިމަންރަސްކަލާނގެ އެބޭކަލުންނަށް ކުރެއްވި وَعْدُ ފުޅު އެބޭކަލުންނަށް ތެދުކޮށް ދެއްވީމެވެ. (އެއީ إيمان ނުވި މީހުން ހަލާކުކުރައްވައި އެބޭކަލުންނަށް نصر ދެއްވުމުގެ وعد ފުޅެވެ.) ފަހެ ތިމަންރަސްކަލާނގެ އެބޭކަލުން ސަލާމަތްކުރެއްވީމެވެ. އަދިވެސް ތިމަންރަސްކަލާނގެ އެދިވޮޑިގެންނެވިބަޔަކު ސަލާމަތްކުރެއްވީމެވެ. އެއަށްފަހު (ކާފަރުކަމާ އުރެދުމުގައި) ހައްދުފަހަނައަޅާފައިވާ މީހުން ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ. (ކޮންމެ أمّة އަކަށްވެސް ވީ ހަމަ އެހެންނެވެ.) 10. (10) އަދި ހަމަކަށަވަރުން (އޭ قريش ންނޭވެ.) ތިޔަބައިމީހުންގެ ذِكْرُ ބަޔާންވެގެންވާ ފޮތެއް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބާވައިލެއްވީމެވެ. (މިއާޔަތުގައި މިވާ ذكر އަކީ މާތްކަމާއި شرف ވެރިކަމާއި أخلاق ގެ މާތްކަމާއި مَحَاسِنُ އެވެ. ބާވައިލެއްވިފޮތަކީ އެއީ ކީރިތި قرآن އެވެ.) މިކަންކަމާއިމެދު ތިޔަބައިމީހުން ފަހެ ވިސްނާ فكر ނުކުރާނޭހެއްޔެވެ؟ ވިސްނާ فكر ކުރަންވާނެއެވެ.

- Abu Bakr Ibrahim Ali (Bakurube)

یادداشت‌ها و تأملات

شما هیچ یادداشت و تأملی در مورد این آیه ندارید.

Notes placeholders

با قرآن در ارتباط باشید❤️

یادآوری‌های کوتاه و معنادار برای شروع مجدد، تأمل و ارتباط با قرآن.

قرآن بخوانید، گوش دهید، جستجو کنید و در قرآن فکر کنید

Quran.com یک پلتفرم قابل اعتماد است که میلیون‌ها نفر در سراسر جهان برای خواندن، جستجو، گوش دادن و تأمل در مورد قرآن به زبان‌های مختلف از آن استفاده می‌کنند. این پلتفرم ترجمه، تفسیر، تلاوت، ترجمه کلمه به کلمه و ابزارهایی برای مطالعه عمیق‌تر ارائه می‌دهد و قرآن را برای همه قابل دسترسی می‌کند.

به عنوان یک صدقه جاریه، Quran.com به کمک به مردم برای ارتباط عمیق با قرآن اختصاص دارد. Quran.com با حمایت Quran.Foundation ، یک سازمان غیرانتفاعی 501(c)(3)، به عنوان یک منبع رایگان و ارزشمند برای همه، به لطف خدا، به رشد خود ادامه می‌دهد.

پیمایش کنید
صفحه اصلی
رادیو قرآن
قاریان
درباره ما
توسعه دهندگان
به روز رسانی محصول
بازخورد
کمک
اهدا کنید
پروژه های ما
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
پروژه های غیرانتفاعی تحت مالکیت، مدیریت یا حمایت شده توسط Quran.Foundation
لینک های محبوب
دعاهایی از قرآن
آیه روز قرآن
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
نقشه سایتحریم خصوصیشرایط و ضوابط
© ۲۰۲۶ Quran.com. تمامی حقوق محفوظ است
مشارکت