Sign in
Sign in
Sign in
Select Language
012

Yusuf 12:42 وقال للذي ظن انه ناج منهما اذكرني عند ربك فانساه الشيطان ذكر ربه فلبث في السجن بضع سنين ٤٢

12:42
وَقَالَ
لِلَّذِي
ظَنَّ
أَنَّهُۥ
نَاجٖ
مِّنۡهُمَا
ٱذۡكُرۡنِي
عِندَ
رَبِّكَ
فَأَنسَىٰهُ
ٱلشَّيۡطَٰنُ
ذِكۡرَ
رَبِّهِۦ
فَلَبِثَ
فِي
ٱلسِّجۡنِ
بِضۡعَ
سِنِينَ
٤٢
(42) އަދި އެދެމީހުންކުރެ އެކަލޭގެފާނަށް އެމީހާ ސަލާމަތްވާނެކަމަށް ހީފުޅުވީމީހާއަށް އެކަލޭގެފާނު يعني: يوسف عليه السّلام ވިދާޅުވިއެވެ. ކަލޭ ސަލާމަތްވެގެންގޮސް ރަސްގެފާނުގާތު އަހުރެންގެ ވާހަކަ ހަނދާންކޮށްދޭށެވެ! (އަހުރެންވެސް މިޖަލުން ނެރެދޭތޯ ދަންނަވާށެވެ!) ދެންފަހެ އެމީހާ ސަލާމަތްވެގެންގޮސް އެވާހަކަ އޭނާގެ ސާހިބުމީހާގާތު ދަންނަވާ ހަނދާންކޮށްދިނުން ސައިތާނާ އޭނާއަށް ހަނދާންނެތިކޮށްދީފިއެވެ. ދެންފަހެ ތިނަކާ ދިހަޔަކާ ދެމެދުގެ އަހުރުތަކުގެތެރެއިން އަހަރުތަކެއްގައި އެކަލޭގެފާނު ޖަލުގައި ހުންނަވައިފިއެވެ. يوسف عليه السّلام ޖަލުގައި ހުންނެވިކަމަށްވަނީ ހަތްއަހަރުގައެވެ. والله أعلم.
Continue Reading

Read Tafsir

Ibn Kathir (Abridged)

Yusuf asks the King's Distiller to mention Him to the King

Yusuf knew that the distiller would be saved. So discretely, so that the other man's suspicion that he would be crucified would not intensify, he said,

اذْكُرْنِى عِندَ رَبِّكَ

(Mention me to your King.) asking him to mention his story to the

…

Yusuf asks the King's Distiller to mention Him to the King

Yusuf knew that the distiller would be saved. So discretely, so that the other man's suspici

…
More Tafsirs

Read in Context

Chapter 12, Page 240, Juz 12

36. (36) (ދެން يوسف عليه السّلام ޖަލަށްލެވުނީއެވެ.) އަދި އެކަލޭގެފާނާއެކު އެހެން ދެޒުވާނުންވެސް ޖަލަށްވަނެވެ. (އެއީ އެދެމީހުންކޮށްފައިވާ ކޮންމެވެސް ކުށެއްގެ ސަބަބުންނެވެ.) އެތަނުން އެކަކަށް ޖަލުގައިތިބިދުވަސްވަރު ހުވަފެނެއް ފެނުނެވެ. އެމީހާ ދެންނެވިއެވެ. އޭ يوسف އެވެ. ތިމަންނައަށް ހުވަފެނުން ފެނުނީ މޭބިސްކަދުރު ފެލާތީއެވެ. އަދި އަނެއްމީހާވެސް ހުވަފެނެއް ފެނިގެން ދެންނެވިއެވެ. ތިމަންނައަށް ހުވަފެނުން ފެންނަނީ ތިމަންގެ ބޯމަތީގައި ބަހައްޓައިގެން ރޮށިއުފުލާތީއެވެ. އަދި އެއިން ކާޅުތައް ކައެވެ. (އޭ يوسف އެވެ.) ތިމަންމެންނަށް ތިމަންމެންގެ މިހުވަފެނުގެ تعبير ކޮށްދެއްވާ ބައްލަވާށެވެ! ހަމަކަށަވަރުން ތިމަންމެން ދެކޭގޮތުގައި ކަލޭގެފާނުވަނީ إحسان ތެރިންގެތެރެއިންނެވެ. 37. (37) އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން ދެމީހުންނަށް ކާނާގެނައުމުގެ ކުރިން ތިމަންކަލޭގެފާނުން ތިޔަ ދެހުވަފެނުގެ تفسير ކަލޭމެންނަށް ކިޔައިދޭހުށީމެވެ. މިތިބަ ދެމީހުންނޭވެ. އެކަމަކީ އެބަހީ: ހުވަފެހުގެ تفسير ކުރާ علم އަކީ ތިމަންކަލޭގެފާނުންގެ ربّ ތިމަންކަލޭގެފާނަށް އުގަންނަވައިދެއްވިތަކެތީގެތެރެއިންވާ علم އެކެވެ. ހަމަކަށަވަރުން ﷲ އަށާއި آخرة ދުވަހަށް އީމާންނުވާ ބަޔަކުގެ دين ތިމަންކަލޭގެފާނު ދޫކޮށްލީއެވެ. އަދި ކަނޑައެޅިގެން އެމީހުންވަނީ آخرة ދުވަހަށް ކާފަރުވެގެންނެވެ. 38. (38) އަދި ތިމަންކަލޭގެފާނު تبع ވީ ތިމަންކަލޭގެފާނުންގެ ކާބަފައިންކަލުންކަމުގައިވާ إبراهيم އާއި إسحاقُ އާއި އަދި يعقوب (عليهم السّلام) މި ބޭބޭކަލުންގެ مِلَّة އާއިއެވެ. އެބޭކަލުންގެ دين އާއެވެ. އަދި އެއްވެސް ގޮތަކުން އެއްވެސް އެއްޗަކާއި ﷲ އާއި شريك ކުރުމީ ތިމަންބޭކަލުންގެ މައްޗަށް ހުއްދަކަމެއްނޫނެވެ. އެއީ ތިމަންބޭކަލުންގެ މައްޗަށާއި އަދި މީސްތަކުންގެމައްޗަށްވާ ﷲ ގެ فضل ވަންތަކަމެވެ. އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުން (ﷲ އަށް) شكر ނުކުރެއެވެ. 39. (39) އޭ އަހުރެންގެ ޖަލުގެ ދެއެކުވެރިންނޭވެ! ހެޔޮވެގެންވަނީ ވަކިވަކިވެ ބައިބައިވެގެންވާ رَبُّ ންތަކެއް ހެއްޔެވެ؟ ނުވަތަ އެއްކައުވަންތަ އަދި ހުރިހާއެއްޗެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ގަދަފަދަވަންތަ ﷲ ހެއްޔެވެ؟ • ދަންނައެވެ! މިއީ يوسف عليه السّلامގެ ފުރަތަމަ ދީނަށްގޮވާލެއްވުން ކަމުގައި ފެނެއެވެ. 40. (40) އެކަލާނގެ ފިޔަވައި ހަމަ ހުސްނަންތަކަކަށްމެނުވީ ކަލޭމެން އަޅުކަންކުރާކަމުގައި ނުވެއެވެ. އެނަންތަކަކީ ކަލޭމެންނާއި ކަލޭމެންގެ ކާބަފައިން ކިޔާފައިވާ ހުސް ނަންތަކެވެ. އެތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނެކަމުގެ އެއްވެސް دليل އެއް حجّة އެއް ﷲ ބާވައިނުލައްވައެވެ. އަދި (އަޅުތަކުންގެމެދުގައި) حكم ކުރެއްވުން ﷲ އަށްމެނުވީ ނުވެއެވެ. އެކަލާނގެ أمر ކުރައްވާފައިވަނީ އެކަލާނގެ ނޫން ފަރާތަކަށް އަޅުކަން ނުކުރުމަށެވެ. ސީދާވެގެންވާ ތެދުގޮތަކީ އެއީއެވެ. އަދި އެހެނެއްކަމަކު މީސްތަކުންކުރެ ގިނަމީހުންނަކަށް އެގޮތެއް ނޭނގެއެވެ. 41. (41) އޭ ޖަލުގެ އަހުރެންގެ ދެއެކުވެރިންނޭވެ! ކަލޭމެން ދެމީހުންކުރެން ފުރަތަމަމީހާގެ ހުވަފެނުގެ تفسير އަކީ ފަހެ އެމީހާ އެމީހާގެ ސާހިބުމީހާއަށް އެބަހީ: ރަސްގެފާނަށް ރާބޯންދޭނެއެވެ. (އެބަހީ: ރަސްގެފާނަށް ރާތަށިކޮޅު އެރުވުމުގެ مقام އަށް عَيَّن ކުރެވޭނެއެވެ. އެއީ އޭނާގެ ހުވަފެނުގެ تفسير އެވެ.) އަދި އަނެއްމީހާ ދަންނައެވެ! އެމީހާގެ ކުށުގެ އަދަބަށް ދަންޖައްސައި صليب އަށް ލެވޭނެއެވެ. އަދި އޭނާގެ ގައިގެ މަސް ދޫނިތައް އައިސް ކައިހަދާނެއެވެ. އެއީ އޭނާގެ ހުވަފެނުގެ تفسير އެވެ. އެއީ ހުވަފެނުގައި ބޯމަތީބަހައްޓައިގެން ރޮށި އުފުލިމީހާއެވެ. ފަހެ ކަލޭމެން ދެމީހުން فتوى ހޯދަންއުޅުނު ދެކަންތަކުގެ މައްސަލަ އެގޮތަށް ވެނިމޭނެއެވެ. އެދެހުވަފެނުގެ تفسير އަކީ އެއީއެވެ. 42. (42) އަދި އެދެމީހުންކުރެ އެކަލޭގެފާނަށް އެމީހާ ސަލާމަތްވާނެކަމަށް ހީފުޅުވީމީހާއަށް އެކަލޭގެފާނު يعني: يوسف عليه السّلام ވިދާޅުވިއެވެ. ކަލޭ ސަލާމަތްވެގެންގޮސް ރަސްގެފާނުގާތު އަހުރެންގެ ވާހަކަ ހަނދާންކޮށްދޭށެވެ! (އަހުރެންވެސް މިޖަލުން ނެރެދޭތޯ ދަންނަވާށެވެ!) ދެންފަހެ އެމީހާ ސަލާމަތްވެގެންގޮސް އެވާހަކަ އޭނާގެ ސާހިބުމީހާގާތު ދަންނަވާ ހަނދާންކޮށްދިނުން ސައިތާނާ އޭނާއަށް ހަނދާންނެތިކޮށްދީފިއެވެ. ދެންފަހެ ތިނަކާ ދިހަޔަކާ ދެމެދުގެ އަހުރުތަކުގެތެރެއިން އަހަރުތަކެއްގައި އެކަލޭގެފާނު ޖަލުގައި ހުންނަވައިފިއެވެ. يوسف عليه السّلام ޖަލުގައި ހުންނެވިކަމަށްވަނީ ހަތްއަހަރުގައެވެ. والله أعلم.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute