Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Yúsuf 12:33 قال رب السجن احب الي مما يدعونني اليه والا تصرف عني كيدهن اصب اليهن واكن من الجاهلين ٣٣

Página 239 · Juz 12

قَالَ
رَبِّ
ٱلسِّجۡنُ
أَحَبُّ
إِلَيَّ
مِمَّا
يَدۡعُونَنِيٓ
إِلَيۡهِۖ
وَإِلَّا
تَصۡرِفۡ
عَنِّي
كَيۡدَهُنَّ
أَصۡبُ
إِلَيۡهِنَّ
وَأَكُن
مِّنَ
ٱلۡجَٰهِلِينَ
٣٣
(33) އެކަލޭގެފާނު ދެންނެވިއެވެ. "އޭއަޅުގެ ربّ އެވެ! އެމީހުން އެކަމަކަށް މިއަޅާގެ ކިބައިން އެއެދިގޮވާ ކަންތަކަށްވުރެ ޖަލު މިއަޅާއަށް މާލޯބިވެތިކަންބޮޑެވެ. އަދި އިބަރަސްކަލާނގެ އެކަނބަލުންގެ މަކަރާއި ރޭވުން މިއަޅާގެ ކިބައިން ދުރުނުކުރެއްވިއްޔާ މިއަޅާ އެކަނބަލުންގެ ފަރާތަށް ލެބޭނެއެވެ. އަދި މިއަޅާވާހުށީ ޖާހިލުންގެތެރެއިންނެވެ."
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The News reaches Women in the City, Who also plot against Yusuf

Allah states that the news of what happened between the wife of the `Aziz and Yusuf spread in the city, that is, Egypt, and people talked about it,

وَقَالَ نِسْوَةٌ فِى الْمَدِينَةِ

(And women in the city said...), such as women of chiefs

…

The News reaches Women in the City, Who also plot against Yusuf

Allah states that the news of what happened between the wife of the `Aziz and Yusuf spr

…
Ver Tafsires

Leer en contexto

30. (30) އަދި އެރަށުގެ އަންހެނުންތަކެއް ބުންޏެވެ. عزيز ގެ އަނބިކަނބަލުން އޭނާ ގެންގުޅޭ އަޅުކުއްޖަކުގެ نفس އެކަނބުލޭގެ شَهْوَة އަށް ގެނައުމަށް ލަންބަނީއެވެ. އެކުއްޖާގެ ލޯބި އެކަމަނާގެ ހިތުގެ އެންމެއަޑީގައިވާ ދުލިފަށުގައިވެއެވެ. (އެކުއްޖާދެކެ ހިތައިވެއްޖެއެވެ.) ހަމަކަށަވަރުން އަހުރެމެން ދެކެނީ އެކަމަނާ ބަޔާންވެގެންވާ މަގުފުރެދުމެއްގައިވާކަމަށެވެ. 31. (31) ދެންފަހެ އެކަނބަލުންގެ މަލާމާތުގެ އަޑު، عزيز ގެ އަނބިކަނބަލުން އެއްސެވިހިނދުން އެކަމަނާ އެކަނބަލުންނަށް دعوة އެއް ދެއްވައިފިއެވެ. (ޕާޓީއެއް ހަދައިފިއެވެ. އެއީ ކެއުމުގެ ޕާޓީއެކެވެ.) އަދި އެކަނބަލުން ރަނގަޅަށް ލެނގިލައިގެން ތިބެވޭފަދަ ތަނެއް ތައްޔާރުކުރެއްވިއެވެ. ވަޅިން ކަނޑައިގެން ކެވޭކަހަލަ އެއްޗެއް ވަޅިން ކަނޑައިގެން ކެއުމަށް ތައްޔާރުކުރެއްވިއެވެ. އަދި އެއިން ކޮންމެ ބޭކަނބަލަކަށް ތުނިފިޔޮއްސެއް ނުވަތަ ވަޅިއެއް ދެއްވައިފިއެވެ. (އަދި އެކަނބަލުން އޭތި ވަޅިން ކަނޑައިގެން ކާންފެށުމުން، އެކަމަނާ يوسف ގެފާނަށް ދެންނެވިއެވެ.) ކަލޭގެފާނު އެކަނބަލުންގެތެރެއަށް ނުކުމެވަޑައިގަންނަވާށެވެ! (ދެން އެކަލޭގެފާނު އެކަނބަލުންގެތެރެއަށް ނުކުމެވަޑައިގެންފިއެވެ.) އަދި އެކަނބަލުންނަށް އެކަލޭގެފާނު ފެނުނުހިނދުން އެކަލޭގެފާނުންގެ ހުރި ފުރިހަމަކަމާ ރީތިކަމާއި މާތްކަން އެކަނބަލުންނަށް ބޮޑުވެއްޖެއެވެ. (އަތުގައި އޮތްވަޅިން ކޮށެމުން ފޮތިވަމުން ދަނީ ކިހާވަރަކަށް ކަމެއް ނޭނގެއެވެ.) އެކަނބަލުންގެ އަތްތައްވެސް ކޮށީއެވެ. އަދި އެކަނބަލުން (عجائب ވެ އަންތަރީސްވެގެން) ބުނީ حاش لله އެވެ. (އެބަހީ: ﷲ ގެހުސް طَاهِرُ ވަންތަކަމާއިއެވެ! މިފަދައިންނެވެ.) މިއީ آدم ގެ ދަރިއެއްނޫނެވެ. މާތްވެގެންވާ މަލާއިކަތްބޭކަލަކު ކަމުގައި މެނުވީ މިކަލޭގެފާނު ނުވެއެވެ. 32. (32) އެކަމަނާ يعني: عزيز ގެ އަނބިކަނބަލުން ބުންޏެވެ. އެމީހަކާއިމެދު ކަލޭމެން އަހުރެންނަށް މަލާމާތްކުރާ މީހަކީ އެއީއެވެ. (ކަލޭމެނަށްވީވަރު ތިޔަހުރީއެވެ.) އަދި ހަމަކަށަވަރުން އެކަލޭގެފާނުގެ ގައިކޮޅަށް ވިޔާނުދާގޮތަށް އަރަންއުޅުނީ އަހުރެންނެވެ. ފަހެ އެކަމުން އޭނާ މަނާވެ ރައްކާތެރިވެގެންނެވީއެވެ. އަދި އޭނާ އަހުރެން އޭނާއަށް އަމުރުކުރާކަމެއް ނުކުރިއްޔާ ހަމަކަށަވަރުން އޭނާ ޖަލަށް ލެވޭނެއެވެ. ނުވަތަ ހަމަކަށަވަރުން އޭނާވާހުށީ ނިކަމެތި ދެރަމީހުންގެތެރެއިންނެވެ. 33. (33) އެކަލޭގެފާނު ދެންނެވިއެވެ. "އޭއަޅުގެ ربّ އެވެ! އެމީހުން އެކަމަކަށް މިއަޅާގެ ކިބައިން އެއެދިގޮވާ ކަންތަކަށްވުރެ ޖަލު މިއަޅާއަށް މާލޯބިވެތިކަންބޮޑެވެ. އަދި އިބަރަސްކަލާނގެ އެކަނބަލުންގެ މަކަރާއި ރޭވުން މިއަޅާގެ ކިބައިން ދުރުނުކުރެއްވިއްޔާ މިއަޅާ އެކަނބަލުންގެ ފަރާތަށް ލެބޭނެއެވެ. އަދި މިއަޅާވާހުށީ ޖާހިލުންގެތެރެއިންނެވެ." 34. (34) ފަހެ އެކަލޭގެފާނަށް يعني: يوسف (عليه السّلام) އަށް އެކަލޭގެފާނުންގެ ربّ އިޖާބަކުރައްވައިފިއެވެ. އަދި އެކަލޭގެފާނުންގެ ފަރާތުން އެކަނބަލުންގެ މަކަރާއި ރޭވުން އެކަލާނގެ ދުރުކޮށްދެއްވައިފިއެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ. 35. (35) ދެން އެމީހުންނަށް އެބަހީ عزيز އަށް އެފެނުނު دليل ތައް ފެނުމަށްފަހު ދެން ފެނުނީ މުއްދަތަކަށް އެކަލޭގެފާނު ޖަލަށްލުމަށެވެ.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir