(21) މާތްވެގެންވާ މަލާއިކަތްބޭކަލުން حَاضِرُ ވެވަޑައިގެން އެފަތަށް ހެކިދެއްވާނެއެވެ.
• ދަންނައެވެ. عِلِّيُّونُ އަކީ ސުވަރުގެއެވެ. ނުވަތަ ސުވަރުގޭގައިވާ ވަކިތަނެކެވެ. ނުވަތައެއީ ހަތްވަނައުޑުގައިވާ خَاصَّ ތަނެކެވެ. ނުވަތައެއީ سِدْرَةُ المُنْتَهَى އެވެ. އެއީ ހެޔޮ عَمَلُ ތައްލިޔެވޭ ދީވާނެވެ. އަދި މިނޫން ގޮތް ގޮތަށްވެސް ކިޔައިފާ ވެއެވެ. والله أعلم.