Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Tá-Há 20:94 قال يا ابن ام لا تاخذ بلحيتي ولا براسي اني خشيت ان تقول فرقت بين بني اسراييل ولم ترقب قولي ٩٤

Página 318 · Juz 16

قَالَ
يَبۡنَؤُمَّ
لَا
تَأۡخُذۡ
بِلِحۡيَتِي
وَلَا
بِرَأۡسِيٓۖ
إِنِّي
خَشِيتُ
أَن
تَقُولَ
فَرَّقۡتَ
بَيۡنَ
بَنِيٓ
إِسۡرَٰٓءِيلَ
وَلَمۡ
تَرۡقُبۡ
قَوۡلِي
٩٤
(94) އެކަލޭގެފާނު يعني: هارون - عليه السّلام - ވިދާޅުވިއެވެ. އޭ އަހުރެންގެ މަންމަގެ ދަރިކަލުންނޭވެ. އަހުރެންގެ ތުނބުޅީގައި ނުހިއްޕަވާށެވެ! އަދި އަހުރެންގެ ބޮލުގައިވެސް ނުހިއްޕަވާށެވެ. ހަމަކަށަވަރުން بني إسرائيل ން ވަކިވަކިކޮށް އަދި އަހުރެންގެ ބަހަށް ރައްކާތެރިނުވިއޭ އަހުރެންނާ ދިމާލަށް ކަލޭގެފާނު ވިދާޅުވެދާނެކަމަށް އަހުރެން ބިރުގަތީއެވެ. (އެހެންނޫނަމަ އަހުރެންވެސް އެމީހުންނާ ވަކިވެ ދުރުވީހެވެ.)
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

What happened between Musa and Harun after Musa returned

Allah informs of what happened when Musa returned to his people and saw the great matter that had taken place among them. With this he became filled with anger and he threw down the Divine Tablets that he had in his hand. Then, he grabbed his b

…

What happened between Musa and Harun after Musa returned

Allah informs of what happened when Musa returned to his people and saw the great matter that

…
Ver Tafsires

Leer en contexto

90. (90) އަދި ހަމަކަށަވަރުން އޭގެކުރިން އެބަހީ: موسى عليه السّلام ވަޑައިގެންނެވުމުގެ ކުރިން - هارون عليه السّلام އެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ. ހަމަކަށަވަރުން އެޅަގެރީގެ ސަބަބުން - އެއަށް އަޅުކަންކުރުމުގެ ސަބަބުން ކަލޭމެންނަށް إمتحان ޖެހުނީއެވެ. އެބަހީ: ﷲ ކަލޭމެން إمتحان ކުރެއްވީއެވެ. އަދި ހަމަކަށަވަރުން ކަލޭމެންގެ ربّ އަކީ رحمن ވަންތަ ﷲ އެވެ. އަދި ކަލޭމެން ތިމަންކަލޭގެފާނާއި تبع ވާށެވެ. އަދި ތިމަންކަލޭގެފާނުންގެ أمر އަށް ކަލޭމެން ކިޔަމަންތެރިވާށެވެ. 91. (91) އެމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. އަހުރެމެންގެ ގާތަށް موسى عليه السّلام ވަޑައިގަންނަވަންދެން އަހުރެމެން އެއަށް يعني: އެގެރިއަށް އަޅުކަންކުރުމުން ފިލާނުދާހުށީމެވެ. އެބަހީ: އެގެރިއަށް އަޅުކަންކުރާހުށީމެވެ. (ދެންފަހެ هارون عليه السّلام އެމީހުންގެ ކަންތަކާއި އަޅުއްވައި ނުލެއްވިކަމަށް ހީފުޅު ކުރައްވައި...) 92. (92) موسى عليه السّلام ވިދާޅުވިއެވެ. އޭ هارون عليه السّلام އެވެ. އެމީހުން މަގުފުރެދޭތަން ފެނިވަޑައިގަތުމުން އެކަމުން އެމީހުން މަނާނުކުރެއްވީ ކީއްވެގެންތޯއެވެ؟ 93. (93) ކަލޭގެފާނު ތިމަންކަލޭގެފާނަށް تبع ވެވަޑައިނުގަންނަވަނީތޯއެވެ؟ ނުވަތަ ތިމަންކަލޭގެފާނުންގެ أمر ފުޅަށް ކަލޭގެފާނު އުރެދިވަޑައިގެންނެވީތޯއެވެ؟ 94. (94) އެކަލޭގެފާނު يعني: هارون - عليه السّلام - ވިދާޅުވިއެވެ. އޭ އަހުރެންގެ މަންމަގެ ދަރިކަލުންނޭވެ. އަހުރެންގެ ތުނބުޅީގައި ނުހިއްޕަވާށެވެ! އަދި އަހުރެންގެ ބޮލުގައިވެސް ނުހިއްޕަވާށެވެ. ހަމަކަށަވަރުން بني إسرائيل ން ވަކިވަކިކޮށް އަދި އަހުރެންގެ ބަހަށް ރައްކާތެރިނުވިއޭ އަހުރެންނާ ދިމާލަށް ކަލޭގެފާނު ވިދާޅުވެދާނެކަމަށް އަހުރެން ބިރުގަތީއެވެ. (އެހެންނޫނަމަ އަހުރެންވެސް އެމީހުންނާ ވަކިވެ ދުރުވީހެވެ.) 95. (95) އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. އޭ سَامِرِى އެވެ. ކަލޭ އެކަން ކުރީ ކޮން مقصد އެއްގައިހެއްޔެވެ؟ (ކީކޭ ހީކޮށްގެންހެއްޔެވެ؟) 96. (96) އޭނާ يعني: سَامِرِى ދެންނެވިއެވެ. އެމީހުން ނުދެކޭ އެއްޗެއް އަހުރެން ދުށީއެވެ. (އެއީ جبريل عليه السّلام އަރާވަޑައިގެން އިންނެވި އަހުގެ މޮއްގަނޑު އަޅާތާގައިވާ ތަކެތީގައި ދިރުމެއްވާތަނެވެ.) ދެން رسول ގެ އަސަރުން - އެބަހީ: جبريل عليه السّلام އަރާވަޑައިގެން އިންނެވި އަހުގެ މޮއްގަނޑު ދަށުން އަހުރެން މުއްވަރެއް ނެގީމެވެ. ދެން އެމުއްވަރު އެގެރީގެމައްޗަށް އަހުރެން އުކައިލީމެވެ. އަހުރެންގެ نفس އަހުރެންގެ މައްޗަށް އެކަން ޒީނަތްތެރިކޮށްދިނީ އެފަދައިންނެވެ. (ދެން އެގެރި ދިރުނީއެވެ.) 97. (97) އެކަލޭގެފާނު (يعني: موسى عليه السّلام) ވިދާޅުވިއެވެ. އޭ ސާމިރީއެވެ. ކަލޭދާށެވެ. ހަމަކަށަވަރުން ދުނިޔޭގެ حياة ގައި ކަލެއަށް އޮތީ "لاَ مِسَاس" މިހެން ބުނުމެވެ. ބީހުމެއް ނުވެއެވެ. (އެބަހީ: ކަލޭ މީހަކުގައިގައި ނުބީހޭށެވެ. އަދި އެހެންމީހުންވެސް ކަލޭގެ ގައިގާ ބީހުމެއްނުވެއެވެ.) އަދި ހަމަކަށަވަރުން ކަނޑައެޅިގެންވާ ވަކިވަގުތެއް ކަލެއަށް ވެއެވެ. އެކަލާނގެ އެވަގުތުން ކަލޭ ފަސްނުކުރައްވާ ހުއްޓެވެ. އެއީ ކަލެއަށް عذاب ދެއްވުމުގެ ވަގުތެވެ. އެއީ قيامة ދުވަހެވެ. އަދި ކަލޭ އެއަށް އަޅުކަންކުރުންމަތީ قائم ވެގެންހުރި إله އަށް (އެގެރިއަށް) ކަލޭ ނިކަން ބަލައިބަލާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު އޭތި އަންދާލާހުށީމެވެ. ދެން ހަމަކަށަވަރުން ދެން ކަނޑަށް ގިރުވައިލާހުށީމެވެ. 98. (98) އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ إله އަކީ ﷲ އެވެ. އެކަލާނގެ މެނުވީحقّ އެހެން އެއްވެސް إله އަކު ނުވެއެވެ. އަދި އެކަލާނގެ ދެނެވޮޑިގަތުން ކޮންމެ އެއްޗެއްގެމައްޗަށް ތަނަވަސްވެގެންވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir