Ingia
Ingia
Ingia
Chagua Lugha
019

Maryam 19:40 انا نحن نرث الارض ومن عليها والينا يرجعون ٤٠

19:40
إِنَّا
نَحۡنُ
نَرِثُ
ٱلۡأَرۡضَ
وَمَنۡ
عَلَيۡهَا
وَإِلَيۡنَا
يُرۡجَعُونَ
٤٠
(40) އަދި ހަމަކަށަވަރުން ބިމާއި އަދި ބިމުގެ މަތީގައިވާހާބަޔަކު (ބިމުގައި ވާހާބަޔަކު) ވާރުތަކުރާހުށީ ހަމަ ތިމަންރަސްކަލާނގެއެވެ. އަދި އެ އެންމެން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.
Endelea Kusoma

Soma Tafsir

Ibn Kathir (Abridged)

The Disbeliever's warning of the Day of Distress

Allah, the Exalted, says informing about the disbelievers on the Day of Resurrection that they will be made to have the clearest hearing and sight. This is as Allah says,

وَلَوْ تَرَى إِذِ الْمُجْرِمُونَ نَاكِسُواْ رُءُوسِهِمْ عِندَ رَبِّهِمْ رَبَّنَآ أ

…

The Disbeliever's warning of the Day of Distress

Allah, the Exalted, says informing about the disbelievers on the Day of Resurrection that they will be

…
Zaidi Tafsir

Soma Maudhui Yanayohusiana

Sura 19, Ukurasa 308, Juzuu 16

35. (35) އެއްވެސްދަރިކަލަކު ހިއްޕަވައި ދަރިކަލަކު إختيار ކުރުމަކީ އެއްގޮތަކަށްވެސް ﷲ އަށް އޮތް ކަމެއްނޫނެވެ. އެކަށީގެންވާކަމެއްނޫނެވެ. އެކަލާނގެ އެފަދަ އެ އެންމެހައި ކަންތަކުން ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. އެކަލާނގެ ކަމަކަށް އިރާދަކުރައްވައި ނިޔާކުރައްވަންޏާ ހަމަކަށަވަރުން އެކަމަކަށް އެކަލާނގެ "ވާށޭ" وحي ކުރައްވައެވެ. ދެން އެހައިރުން އެކަމެއް އެވަނީއެވެ. (عيسى ގެފާނު ހެއްދެވުންވެސް ހަމައެފަދައެވެ.) عيسى عليه السّلام އެއީ ﷲ ގެ ދަރިކަލެއްނޫނެވެ. އެއީ ހަމަ آدم ގެ ދަރިއެކެވެ. 36. (36) އަދި ހަމަކަށަވަރުން ﷲ އީ އަހުރެންނާއި ކަލޭމެންގެވެސް ربّ އެވެ. ފަހެ އެހެންވެ ކަލޭމެން އެކަލާނގެއަށް އެކަނި އަޅުކަންކުރާށެވެ. ސީދާވެގެންވާ ތެދުމަގަކީ އެއީއެވެ. (حقّ ސީދާ دين އަކީ އެއީއެވެ.) 37. (37) ދެންފަހެ (عيسى عليه السّلام އާއިމެދު) އެމީހުންގެމެދުގައި އެކިއެކި جماعة ތައް إختلاف ވެ ދެބަސްވެއްޖެއެވެ. ފަހެ އެންމެހައި މީސްތަކުން އެއްވާ ބޮޑު جماعة އަށް އެމީހުން حاضر ވާދުވަހު ކާފަރުވީ މީސްތަކުންނަށް ނަރަކައިގެ ގަދަ عذاب ހުއްޓެވެ. 38. (38) އެ ކާފަރުވީ މީސްތަކުން ތިމަންރަސްކަލާނގެ حضرة އަށް އަންނަދުވަހު އެމީހުންގެ އަޑު އިވުމުގެ ގަދަކަމާއެވެ! އަދި އެމީހުންގެ ފެނުމުގެ ބޮޑުކަމާއެވެ! ނަމަވެސް އަނިޔާވެރިވީ މީސްތަކުން މިއަދު މިދުނިޔޭގައި އެވަނީ (حقّ ފެނުމާމެދު މުޅިން ކަނުވެ އަދި حقّ އިވުމާމެދު) މުޅިން ބީރުވެ بيان ވެގެންވާ މަގުފުރެއްދުމެއްގައެވެ. • ދަންނައެވެ. عيسى عليه السّلام ﷲ އުޑަށް އުފުއްލެވުމުން އެކަލޭގެފާނުންގެ قوم ގެ މީހުން ހަތަރުބަޔަކަށް ބެހިގެން ދިޔައެވެ. އެ أمّة ގެމީހުން ހަތަރު فقه ވެރިން إختيار ކޮށް عيسى عليه السّلام އާއިމެދު މިހަތަރު މީހުން ބުނަނީ ކީކޭތޯ؟ ބެލީއެވެ. • އެތަނުން ފުރަތަމަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭހެއްޔެވެ. ޖަވާބުގައި އެމީހާ يعني: فقه ވެރިޔާ ވިދާޅުވިއެވެ. "އެއީ ﷲ އެވެ. ބިމަށް ވޮޑިގަތީއެވެ. ދެން ހައްދަވަންވީ އެއްޗެއް ހައްދަވައި ދިރުއްވާންވީ އެއްޗެއް ދިރުއްވާ ދެން އުޑަށް ވޮޑިގެންނެވީއެވެ." މިއީ އެ فقه ވެރިޔާގެ ބަހެވެ. އޭނާގެ އެބަހާއި މިސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ اَلْيَعْقُوْبِيَّة ކިޔާ فِرْقَة ކަމުގައެވެ. - ދެން އަނެއް ތިން فقه ވެރިން އޭނާޔާ ދިމާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކު ކަމުގައި އަހުރެމެން ހެކިވަމެވެ. • ދެން ދެވަނަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭތޯއެވެ؟ އެމީހާ ޖަވާބުގައި ވިދާޅުވިއެވެ. އެއީ ﷲ ގެ ދަރިކަލުންނެވެ. އަދި މީނާގެ މިބަހާވެސް މީސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ النَّسْطُورِيَّة އެވެ ކިޔާ فِرْقَة ކަމުގައެވެ. ދެންތިބި އަނެއް ދެ فقه ވެރިން އޭނާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކު ކަމުގައި އަހުރެމެން ހެކިވަމެވެ. • ދެން ތިންވަނަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭތޯއެވެ. އެމީހާ ޖަވާބުގައި ވިދާޅުވިއެވެ. އެއީ إله އެކެވެ. އަދި އޭނާގެ މަންމައަކީ إله އެކެވެ. އަދި ﷲ އެއީ إله އެކެވެ. މީނާގެ މިބަހާވެސް މީސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ إسْرَائِيْلِيَّة އެވެ ކިޔާ فرقة ކަމުގައެވެ. ދެން ހަތަރުވަނައަށް އިންމީހާ އޭނާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކުކަމުގައި އަހުރެން ހެކިވަމެވެ. • އަދި ހަތަރުވަނަމީހާ ބުންޏެވެ. އެހެންނަކުން ނޫނެވެ. عيسى (عليه السّلام) އެއީ ﷲ ގެ އަޅާއެވެ. އަދި އެކަލާނގެ رسول އާއެވެ. އެއީ ﷲ ގެ كلمة ފުޅެވެ. އަދި އެކަލާނގެ روح އެވެ. = تفسير الطبري =. ދެންފަހެ މިއެންމެފަހުން އެބުނިމީހާ އެބުނީ حقّ ބަހެވެ. قرآن بيان ކޮށްދޭގޮތެވެ. އެނޫން އެހެންގޮތެއް ކަމުނުދާނެ حقّ ތެދުގޮތެވެ. 39. (39) (ﷲ تعالى وحي ކުރެއްވިއެވެ. އޭ رسول ﷲ އެވެ.) ހިތާމައިގެ ދުވަހުގެ ވާހަކައިން ކަލޭގެފާނު އެމީހުންނަށް إنذار ކުރައްވާށެވެ! ބިރުވެރިކަމުގެ خبر ދެއްވާށެވެ! އެއީ (ހިސާބުބެއްލެވުމުގެ) އެންމެހައި ކަންތައް ނިމެވިގެންދާހިނދުންނެވެ. އެމީހުން އެވަނީ މިދުނިޔޭގައި غافل ވެގެންވާ حال ގައެވެ. (ކަށްވަޅުތަކުން ނުކުމެގެން ﷲ ގެ حضرة އަށް ދިއުމާއި ހިސާބު ބެއްލެވުމާ ޖަޒާދެއްވުމާއި މި މިކަންކަމަށް غافل ވެގެންނެވެ.) އެމީހުން إيمان އެއް ނުވެއެވެ. އެއިން އެއްވެސް ކަމެއް ތެދުނުކުރެއެވެ. 40. (40) އަދި ހަމަކަށަވަރުން ބިމާއި އަދި ބިމުގެ މަތީގައިވާހާބަޔަކު (ބިމުގައި ވާހާބަޔަކު) ވާރުތަކުރާހުށީ ހަމަ ތިމަންރަސްކަލާނގެއެވެ. އަދި އެ އެންމެން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.

- Abu Bakr Ibrahim Ali (Bakurube)

Maelezo na Tafakari

Hakuna tafakari zilizokaguliwa kwa aya hii

Notes placeholders

Endelea Kuungana na Qur'ani ❤️

Vikumbusho vifupi vyenye maana vinavyoweka upya maisha yako, kukusaidia kutafakari na kuendelea kushikamana na Qur'ani.

Soma, Sikiliza, Tafuta, na Tafakari Qur'ani

Quran.com ni jukwaa linaloaminika na linalotumiwa na mamilioni duniani kote kusoma, kutafuta, kusikiliza na kutafakari kuhusu Qur'ani katika lugha tofauti. Inatoa huduma za tarjuma, tafsiri, vikariri, tarjuma ya neno kwa neno, na zana za ufahamu wa kina, kuifanya Qur'ani ipatikane na kila mtu.

Kama mbinu ya Sadaqah Jariyah, Quran.com imejitolea kusaidia watu kuunganishwa kwa kina na Qur'ani. Ikiungwa mkono na Quran.Foundation , shirika lisilo la faida la 501(c)(3), Quran.com inaendelea kukua kama rasilimali ya bila malipo na yenye thamani kwa wote, Alhamdulillah.

Chunguza
Nyumbani
Redio ya Qur'ani
Wasomaji
Kutuhusu
Watengenezaji
Sasisho za Bidhaa
Maoni
Msaada
Changia
Miradi Yetu
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Miradi isiyo ya faida inayomilikiwa, kusimamiwa, au kufadhiliwa na Quran.Foundation
Viungo Maarufu
Dua kutoka Quran
Aya ya Quran ya Siku
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Ramani ya tovutiFaraghaSheria na Masharti
© 2026 Quran.com. Haki Zote Zimehifadhiwa
Changia