ลงชื่อเข้าใช้
ลงชื่อเข้าใช้
ลงชื่อเข้าใช้
เลือกภาษา
019

Maryam 19:38 اسمع بهم وابصر يوم ياتوننا لاكن الظالمون اليوم في ضلال مبين ٣٨

19:38
أَسۡمِعۡ
بِهِمۡ
وَأَبۡصِرۡ
يَوۡمَ
يَأۡتُونَنَا
لَٰكِنِ
ٱلظَّٰلِمُونَ
ٱلۡيَوۡمَ
فِي
ضَلَٰلٖ
مُّبِينٖ
٣٨
(38) އެ ކާފަރުވީ މީސްތަކުން ތިމަންރަސްކަލާނގެ حضرة އަށް އަންނަދުވަހު އެމީހުންގެ އަޑު އިވުމުގެ ގަދަކަމާއެވެ! އަދި އެމީހުންގެ ފެނުމުގެ ބޮޑުކަމާއެވެ! ނަމަވެސް އަނިޔާވެރިވީ މީސްތަކުން މިއަދު މިދުނިޔޭގައި އެވަނީ (حقّ ފެނުމާމެދު މުޅިން ކަނުވެ އަދި حقّ އިވުމާމެދު) މުޅިން ބީރުވެ بيان ވެގެންވާ މަގުފުރެއްދުމެއްގައެވެ. • ދަންނައެވެ. عيسى عليه السّلام ﷲ އުޑަށް އުފުއްލެވުމުން އެކަލޭގެފާނުންގެ قوم ގެ މީހުން ހަތަރުބަޔަކަށް ބެހިގެން ދިޔައެވެ. އެ أمّة ގެމީހުން ހަތަރު فقه ވެރިން إختيار ކޮށް عيسى عليه السّلام އާއިމެދު މިހަތަރު މީހުން ބުނަނީ ކީކޭތޯ؟ ބެލީއެވެ. • އެތަނުން ފުރަތަމަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭހެއްޔެވެ. ޖަވާބުގައި އެމީހާ يعني: فقه ވެރިޔާ ވިދާޅުވިއެވެ. "އެއީ ﷲ އެވެ. ބިމަށް ވޮޑިގަތީއެވެ. ދެން ހައްދަވަންވީ އެއްޗެއް ހައްދަވައި ދިރުއްވާންވީ އެއްޗެއް ދިރުއްވާ ދެން އުޑަށް ވޮޑިގެންނެވީއެވެ." މިއީ އެ فقه ވެރިޔާގެ ބަހެވެ. އޭނާގެ އެބަހާއި މިސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ اَلْيَعْقُوْبِيَّة ކިޔާ فِرْقَة ކަމުގައެވެ. - ދެން އަނެއް ތިން فقه ވެރިން އޭނާޔާ ދިމާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކު ކަމުގައި އަހުރެމެން ހެކިވަމެވެ. • ދެން ދެވަނަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭތޯއެވެ؟ އެމީހާ ޖަވާބުގައި ވިދާޅުވިއެވެ. އެއީ ﷲ ގެ ދަރިކަލުންނެވެ. އަދި މީނާގެ މިބަހާވެސް މީސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ النَّسْطُورِيَّة އެވެ ކިޔާ فِرْقَة ކަމުގައެވެ. ދެންތިބި އަނެއް ދެ فقه ވެރިން އޭނާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކު ކަމުގައި އަހުރެމެން ހެކިވަމެވެ. • ދެން ތިންވަނަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭތޯއެވެ. އެމީހާ ޖަވާބުގައި ވިދާޅުވިއެވެ. އެއީ إله އެކެވެ. އަދި އޭނާގެ މަންމައަކީ إله އެކެވެ. އަދި ﷲ އެއީ إله އެކެވެ. މީނާގެ މިބަހާވެސް މީސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ إسْرَائِيْلِيَّة އެވެ ކިޔާ فرقة ކަމުގައެވެ. ދެން ހަތަރުވަނައަށް އިންމީހާ އޭނާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކުކަމުގައި އަހުރެން ހެކިވަމެވެ. • އަދި ހަތަރުވަނަމީހާ ބުންޏެވެ. އެހެންނަކުން ނޫނެވެ. عيسى (عليه السّلام) އެއީ ﷲ ގެ އަޅާއެވެ. އަދި އެކަލާނގެ رسول އާއެވެ. އެއީ ﷲ ގެ كلمة ފުޅެވެ. އަދި އެކަލާނގެ روح އެވެ. = تفسير الطبري =. ދެންފަހެ މިއެންމެފަހުން އެބުނިމީހާ އެބުނީ حقّ ބަހެވެ. قرآن بيان ކޮށްދޭގޮތެވެ. އެނޫން އެހެންގޮތެއް ކަމުނުދާނެ حقّ ތެދުގޮތެވެ.
อ่านต่อ

อ่านตัฟซีร์

Ibn Kathir (Abridged)

The Disbeliever's warning of the Day of Distress

Allah, the Exalted, says informing about the disbelievers on the Day of Resurrection that they will be made to have the clearest hearing and sight. This is as Allah says,

وَلَوْ تَرَى إِذِ الْمُجْرِمُونَ نَاكِسُواْ رُءُوسِهِمْ عِندَ رَبِّهِمْ رَبَّنَآ أ

…

The Disbeliever's warning of the Day of Distress

Allah, the Exalted, says informing about the disbelievers on the Day of Resurrection that they will be

…
ตัฟซีร์เพิ่มเติม

อ่านในบริบท

บท 19, หน้าหนังสือ 307, จุซ 16

35. (35) އެއްވެސްދަރިކަލަކު ހިއްޕަވައި ދަރިކަލަކު إختيار ކުރުމަކީ އެއްގޮތަކަށްވެސް ﷲ އަށް އޮތް ކަމެއްނޫނެވެ. އެކަށީގެންވާކަމެއްނޫނެވެ. އެކަލާނގެ އެފަދަ އެ އެންމެހައި ކަންތަކުން ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. އެކަލާނގެ ކަމަކަށް އިރާދަކުރައްވައި ނިޔާކުރައްވަންޏާ ހަމަކަށަވަރުން އެކަމަކަށް އެކަލާނގެ "ވާށޭ" وحي ކުރައްވައެވެ. ދެން އެހައިރުން އެކަމެއް އެވަނީއެވެ. (عيسى ގެފާނު ހެއްދެވުންވެސް ހަމައެފަދައެވެ.) عيسى عليه السّلام އެއީ ﷲ ގެ ދަރިކަލެއްނޫނެވެ. އެއީ ހަމަ آدم ގެ ދަރިއެކެވެ. 36. (36) އަދި ހަމަކަށަވަރުން ﷲ އީ އަހުރެންނާއި ކަލޭމެންގެވެސް ربّ އެވެ. ފަހެ އެހެންވެ ކަލޭމެން އެކަލާނގެއަށް އެކަނި އަޅުކަންކުރާށެވެ. ސީދާވެގެންވާ ތެދުމަގަކީ އެއީއެވެ. (حقّ ސީދާ دين އަކީ އެއީއެވެ.) 37. (37) ދެންފަހެ (عيسى عليه السّلام އާއިމެދު) އެމީހުންގެމެދުގައި އެކިއެކި جماعة ތައް إختلاف ވެ ދެބަސްވެއްޖެއެވެ. ފަހެ އެންމެހައި މީސްތަކުން އެއްވާ ބޮޑު جماعة އަށް އެމީހުން حاضر ވާދުވަހު ކާފަރުވީ މީސްތަކުންނަށް ނަރަކައިގެ ގަދަ عذاب ހުއްޓެވެ. 38. (38) އެ ކާފަރުވީ މީސްތަކުން ތިމަންރަސްކަލާނގެ حضرة އަށް އަންނަދުވަހު އެމީހުންގެ އަޑު އިވުމުގެ ގަދަކަމާއެވެ! އަދި އެމީހުންގެ ފެނުމުގެ ބޮޑުކަމާއެވެ! ނަމަވެސް އަނިޔާވެރިވީ މީސްތަކުން މިއަދު މިދުނިޔޭގައި އެވަނީ (حقّ ފެނުމާމެދު މުޅިން ކަނުވެ އަދި حقّ އިވުމާމެދު) މުޅިން ބީރުވެ بيان ވެގެންވާ މަގުފުރެއްދުމެއްގައެވެ. • ދަންނައެވެ. عيسى عليه السّلام ﷲ އުޑަށް އުފުއްލެވުމުން އެކަލޭގެފާނުންގެ قوم ގެ މީހުން ހަތަރުބަޔަކަށް ބެހިގެން ދިޔައެވެ. އެ أمّة ގެމީހުން ހަތަރު فقه ވެރިން إختيار ކޮށް عيسى عليه السّلام އާއިމެދު މިހަތަރު މީހުން ބުނަނީ ކީކޭތޯ؟ ބެލީއެވެ. • އެތަނުން ފުރަތަމަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭހެއްޔެވެ. ޖަވާބުގައި އެމީހާ يعني: فقه ވެރިޔާ ވިދާޅުވިއެވެ. "އެއީ ﷲ އެވެ. ބިމަށް ވޮޑިގަތީއެވެ. ދެން ހައްދަވަންވީ އެއްޗެއް ހައްދަވައި ދިރުއްވާންވީ އެއްޗެއް ދިރުއްވާ ދެން އުޑަށް ވޮޑިގެންނެވީއެވެ." މިއީ އެ فقه ވެރިޔާގެ ބަހެވެ. އޭނާގެ އެބަހާއި މިސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ اَلْيَعْقُوْبِيَّة ކިޔާ فِرْقَة ކަމުގައެވެ. - ދެން އަނެއް ތިން فقه ވެރިން އޭނާޔާ ދިމާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކު ކަމުގައި އަހުރެމެން ހެކިވަމެވެ. • ދެން ދެވަނަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭތޯއެވެ؟ އެމީހާ ޖަވާބުގައި ވިދާޅުވިއެވެ. އެއީ ﷲ ގެ ދަރިކަލުންނެވެ. އަދި މީނާގެ މިބަހާވެސް މީސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ النَّسْطُورِيَّة އެވެ ކިޔާ فِرْقَة ކަމުގައެވެ. ދެންތިބި އަނެއް ދެ فقه ވެރިން އޭނާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކު ކަމުގައި އަހުރެމެން ހެކިވަމެވެ. • ދެން ތިންވަނަ މީހާއަށް އެމީހުން ދެންނެވިއެވެ. عيسى (عليه السّلام) އާއިމެދު ކަލޭ ބުނަނީ ކީކޭތޯއެވެ. އެމީހާ ޖަވާބުގައި ވިދާޅުވިއެވެ. އެއީ إله އެކެވެ. އަދި އޭނާގެ މަންމައަކީ إله އެކެވެ. އަދި ﷲ އެއީ إله އެކެވެ. މީނާގެ މިބަހާވެސް މީސްތަކުންކުރެ ބަޔަކު تبع ވިއެވެ. އެމީހުންވީ نصارى އިންގެ إسْرَائِيْلِيَّة އެވެ ކިޔާ فرقة ކަމުގައެވެ. ދެން ހަތަރުވަނައަށް އިންމީހާ އޭނާއަށް ބުންޏެވެ. ހަމަކަށަވަރުން ކަލެއަކީ ދޮގުވެރިއަކުކަމުގައި އަހުރެން ހެކިވަމެވެ. • އަދި ހަތަރުވަނަމީހާ ބުންޏެވެ. އެހެންނަކުން ނޫނެވެ. عيسى (عليه السّلام) އެއީ ﷲ ގެ އަޅާއެވެ. އަދި އެކަލާނގެ رسول އާއެވެ. އެއީ ﷲ ގެ كلمة ފުޅެވެ. އަދި އެކަލާނގެ روح އެވެ. = تفسير الطبري =. ދެންފަހެ މިއެންމެފަހުން އެބުނިމީހާ އެބުނީ حقّ ބަހެވެ. قرآن بيان ކޮށްދޭގޮތެވެ. އެނޫން އެހެންގޮތެއް ކަމުނުދާނެ حقّ ތެދުގޮތެވެ. 39. (39) (ﷲ تعالى وحي ކުރެއްވިއެވެ. އޭ رسول ﷲ އެވެ.) ހިތާމައިގެ ދުވަހުގެ ވާހަކައިން ކަލޭގެފާނު އެމީހުންނަށް إنذار ކުރައްވާށެވެ! ބިރުވެރިކަމުގެ خبر ދެއްވާށެވެ! އެއީ (ހިސާބުބެއްލެވުމުގެ) އެންމެހައި ކަންތައް ނިމެވިގެންދާހިނދުންނެވެ. އެމީހުން އެވަނީ މިދުނިޔޭގައި غافل ވެގެންވާ حال ގައެވެ. (ކަށްވަޅުތަކުން ނުކުމެގެން ﷲ ގެ حضرة އަށް ދިއުމާއި ހިސާބު ބެއްލެވުމާ ޖަޒާދެއްވުމާއި މި މިކަންކަމަށް غافل ވެގެންނެވެ.) އެމީހުން إيمان އެއް ނުވެއެވެ. އެއިން އެއްވެސް ކަމެއް ތެދުނުކުރެއެވެ. 40. (40) އަދި ހަމަކަށަވަރުން ބިމާއި އަދި ބިމުގެ މަތީގައިވާހާބަޔަކު (ބިމުގައި ވާހާބަޔަކު) ވާރުތަކުރާހުށީ ހަމަ ތިމަންރަސްކަލާނގެއެވެ. އަދި އެ އެންމެން އެނބުރި رجوع ވުންވަނީ ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.

- Abu Bakr Ibrahim Ali (Bakurube)

บันทึกและข้อคิด

คุณไม่มีบันทึกหรือข้อคิดเห็นใดๆ เกี่ยวกับข้อความนี้

Notes placeholders

จงเชื่อมโยงกับอัลกุรอานเสมอ ❤️

ข้อเตือนใจสั้นๆ ที่มีความหมาย เพื่อให้เราได้เริ่มต้นใหม่ ไตร่ตรอง และเชื่อมโยงกับอัลกุรอานอยู่เสมอ

อ่าน ฟัง ค้นหา และไตร่ตรองคัมภีร์อัลกุรอาน

Quran.com คือแพลตฟอร์มที่ผู้คนหลายล้านคนทั่วโลกไว้วางใจให้ใช้เพื่ออ่าน ค้นหา ฟัง และใคร่ครวญอัลกุรอานในหลากหลายภาษา Quran.com มีทั้งคำแปล ตัฟซีร บทอ่าน คำแปลทีละคำ และเครื่องมือสำหรับการศึกษาอย่างลึกซึ้ง ทำให้ทุกคนสามารถเข้าถึงอัลกุรอานได้

ในฐานะซอดาเกาะฮ์ ญาริยาห์ Quran.com มุ่งมั่นที่จะช่วยให้ผู้คนเชื่อมโยงกับอัลกุรอานอย่างลึกซึ้ง Quran.com ได้รับการสนับสนุนจาก Quran.Foundation ซึ่งเป็นองค์กรไม่แสวงหาผลกำไร 501(c)(3) และยังคงเติบโตอย่างต่อเนื่องในฐานะแหล่งข้อมูลฟรีที่มีคุณค่าสำหรับทุกคน อัลฮัมดุลิลลาฮ์

นำทาง
หน้าหลัก
วิทยุอัลกุรอาน
ผู้อ่าน
เกี่ยวกับเรา
นักพัฒนา
อัพเดทผลิตภัณฑ์
แนะนำติชม
ช่วยเหลือ
บริจาค
โครงการของเรา
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
โครงการไม่แสวงหากำไรที่เป็นเจ้าของ บริหารจัดการ หรือได้รับการสนับสนุนโดย Quran.Foundation
ลิงค์ยอดนิยม
ดุอาจากอัลกุรอาน
โองการอัลกุรอานประจำวัน
อายะห์กุรซี
ยาซีน
อัลมุลก์
อัรเราะห์มาน
อัลวากิอะฮ์
อัลกะห์ฟ
อัลมุซซัมมิล
แผนผังเว็บไซต์ความเป็นส่วนตัวข้อกำหนดและเงื่อนไข
© 2026 Quran.com. สงวนลิขสิทธิ์
มีส่วนช่วย