(72) ދެން، ހޫނުކަން ނިހާޔަތަށް ގޮސްފައިވާ "حميم" އެވެ. ކިޔާ ހޫނު ފެނުގައި ދެމެވޭ ދުވަހުންނެވެ. ދެން ނަރަކައިގެ ގަދަ އަލިފާނުގައި އެންދޭ ދުވަހުންނެވެ. (އެދުވަހުން އެމީހުންނަށް އެ ހަދާ ދޮގު ނުބައިކަން އެނގޭނެއެވެ.)
(އަދި އެ ވަގުތު އެމީހުން ދެރަކޮށް، ނިކަމެތިކޮށްލުމުގެ ގޮތުން ملائكة ބޭކަލުން ވިދާޅުވާނެއެވެ.) "ކަލޭމެން ދުނިޔޭގައި شريك ކުރި ތަކެތި ކޮބައިހެއްޔެވެ؟"