(53) އަދި ހަމަކަށަވަރުން موسى عليه السلام އަށް ތިމަން ރަސްކަލާނގެ ތެދުމަގު ދެއްވީމެވެ. (އެއީ نبي ކަމާއި، توراة އެވެ.) އަދި بني إسرائيل ންނަށް ތިމަން ރަސްކަލާނގެ ފޮތް ވާރުތަކޮށްދެއްވީމެވެ. (موسى عليه السلام އަވަހާރަވުމަށްފަހުވެސް بني إسرائيل ންގެ ތެރޭގައި توراة އަށް عمل ކުރެވެމުން ދިޔައެވެ.)