Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma
026

Ash-Shuará 26:107 اني لكم رسول امين ١٠٧

26:107
إِنِّي
لَكُمۡ
رَسُولٌ
أَمِينٞ
١٠٧
(107) ތިމަންކަލޭގެފާނީ ހަމަކަށަވަރުން ކަލޭމެންނަށްވާ أمانة ތެރި رسول އަކީމެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

Nuh's preaching to His People, and Their Response

Here Allah tells us about His servant and Messenger Nuh, peace be upon him, who was the first Messenger sent by Allah to the people of earth after they started to worship idols. Allah sent him to forbid that and to warn people of the consequences of i

…

Nuh's preaching to His People, and Their Response

Here Allah tells us about His servant and Messenger Nuh, peace be upon him, who was the first Messeng

…
Más Tafsires

Leer en contexto

Capítulo 26, Página 371, Juz 19

105. (105) އަދި نوح عليه السّلام ގެ قوم ގެ މީހުން ފޮނުވުނު رسول ބޭކަލުން ދޮގުކުރިއެވެ. 106. (106) އެއީ އެމީހުންގެ أخ نوح عليه السّلام އެމީހުންނަށް ވިދާޅުވިހިނދުގައެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ކަލޭމެން تقوى ވެރިނުވާނޭހެއްޔެވެ؟ ބިރުވެތިނުވާނޭހެއްޔެވެ. 107. (107) ތިމަންކަލޭގެފާނީ ހަމަކަށަވަރުން ކަލޭމެންނަށްވާ أمانة ތެރި رسول އަކީމެވެ. 108. (108) ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ. އަދި ތިމަންކަލޭގެފާނަށް ކަލޭމެން ކިޔަމަންތެރިވާށެވެ. 109. (109) އަދި އެކަންތަކުގެމައްޗަށް (އެބަހީ: އަހުރެން رسول ކަން ކަލޭމެންނަށް އިއްވަވާ تَبْلِيْغُ ކުރެއްވުމުގެ މައްޗަށް) އަހުރެން ކަލޭމެންގެ ފަރާތުން އެއްވެސް އުޖޫރައަކަށް ނޭދެމެވެ. ޓެކްހަކަށް ނޭދެމެވެ. އަހުރެންގެ ދަރުމަ ހަމައެކަނި عَالم ތަކުގެ ވެރި ربّ ގެ حضرة ން މެނުވީ ނުވެއެވެ. (އެބަހީ: އަހުރެންނަށް ދަރުމަދެއްވާނީ އެކަލާނގެއެވެ.) 110. (110) ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި ކަލޭމެން އަހުރެންނަށް ކިޔަމަންތެރިވާށެވެ! 111. (111) އެމީހުން ދެންނެވިއެވެ. (އެބަހީ: قوم ގެ ބޮޑެތި ކަމުވޮށިވެގެންވާ މީހުން ދެންނެވިއެވެ.) އަހުރެމެން ކަލޭގެފާނަށް تبع ވާންވީހެއްޔެވެ؟ ކަލޭގެފާނަށް تبع ވަމުންތިޔަ ދަނީ ރަށުގައިތިބި ދެރަނިކަމެތިންނެވެ. (އެބަހީ: ދެރަނިކަމެތިންނާ އަހުރެމެންނާ އެއްވަރު ނުވެވޭނެއެވެ.) 112. (112) އެކަލޭގެފާނު يعني: نُوح عليه السّلام ވިދާޅުވިއެވެ. އެމީހުން ކުރަމުންދާކަމެއް އަހުރެންނަކަށް އެނގިގެން ނުވެއެވެ. އެމީހުން ކުރަނީ ﷲ قبول ކުރައްވާ عمل އެއްކަމެއް ނުވަތަ ނޫންކަމެއް އަހުރެންނަކަށް ނޭނގެއެވެ. 113. (113) އެމީހުންގެ حِسَاب އަހުރެންގެ ربّ ގެ حضرة ގައި މެނުވީ ނުވެއެވެ. (އެބަހީ: އެމީހުން ކުރާ عمل ތަކަށް حساب ކުރައްވައި އޭގެ ޖަޒާދެއްވާނީ ހަމަ އެކަލާނގެއެވެ.) ކަލޭމެންނަށް އެކަން އެނގޭނެ ނަމައެވެ. 114. (114) އަދި إيمان ވެގެންވާމީހުން ފައްސާލައި ދުރަށްލާނެ މީހަކުކަމުގައި އަހުރެން ނުވެއެވެ. 115. (115) ބަޔާންވެގެންވާ نَذِيْر އަކު ކަމުގައި މެނުވީ އަހުރެން ނުވެއެވެ. (އެބަހީ: އަހުރެންނަކީ އަތުވެދާނޭ عذاب އަކަށް ބިރުގަންނަވާ إنْذَار ކުރައްވާ ބޭކަލެކެވެ.) 116. (116) އެމީހުން يعني: ކާފަރުންގެމީހުން ދެންނެވިއެވެ. އޭ نوح އެވެ. ކަލޭގެފާނު ތިޔަވިދާޅުވާ ވާހަކަ ހުއްޓަވައިނުލިއްޔާ ހަމަކަށަވަރުން ކަލޭގެފާނަކީ رَجم ވެވިގެންވާ މީހުންގެ ތެރެއިންވާ މީހަކުކަމުގައި ލާހުށީމެވެ. އެބަހީ: ކަލޭގެފާނު رَجَم ކޮށް މަރައިފާނަމެވެ. 117. (117) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާގެ قوم ގެ މީހުން މިއަޅާ ދޮގުކޮށްފިއެވެ. 118. (118) ފަހެ މިއަޅާއާއި އެމީހުންނާދެމެދު حكم އެއްކުރައްވައި ނިޔާއެއްކުރައްވާނދޭވެ! އަދި މިއަޅާއާއި މިއަޅާއާއިއެކުގައިވާ مؤمن ން ސަލާމަތްކުރައްވާނދޭވެ! 119. (119) ދެންފަހެ އެކަލޭގެފާނާއި އަދި އެކަލޭގެފާނާއި އެކުގައިވާ މީހުން ފުރިބާރުވެފައިވާ ނަވުގައި ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. 120. (120) ދެން އޭގެފަހުގައި ބާކީތިބި މީހުން ތިމަންރަސްކަލާނގެ غَرَق ކުރެއްވީމެވެ. ހަލާކު ކުރެއްވީމެވެ. 121. (121) ހަމަކަށަވަރުން އެކަންކަމުގައި (އެބަހީ: نوح عليه السّلام އާ އެކަލޭގެފާނާއި އެކުގައިވާ مؤمن ން ނަވުގައި ސަލާމަތްކުރެއްވުމާއި ކާފަރުން غرق ކުރައްވައި އެހިންގެވި ކަންކަމުގައި) بيان ވެގެންވާ دليل އާއި عبرة ވެއެވެ. އަދި އޭގެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. 122. (122) އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir