Войти
Войти
Войти
Выберите язык

An-Najm 53:3 وما ينطق عن الهوى ٣

Страница 526 · Джуз 27

وَمَا
يَنطِقُ
عَنِ
ٱلۡهَوَىٰٓ
٣
(3) އަދި އެކަލޭގެފާނު هوٰى نفس އެދޭ ގޮތަށް ބޭނުންހާ ވާހަކައެއް ނުދައްކަވައެވެ.
Продолжить чтение

Прочитайте тафсир.

Russian Tafseer Al Saddi

Всевышний поклялся звездой во время ее исчезновения с небосвода в самом начале рассвета. Это явление является одним из великих знамений Аллаха и заслуживает того, чтобы Господь поклялся им. Согласно наиболее достоверному мнению богословов, упомянутая в аяте клятва относится ко всем звездам. Всевышни…
Всевышний поклялся звездой во время ее исчезновения с небосвода в самом начале рассвета. Это явление является одним из великих знамений Аллаха и заслу…
Вид Тафсиры

Читать в контексте

1. (1) ތަރި އުދަރެހުގައި غائب ވެއްޖެއްޔާ އެ ތަރި ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ. • ދަންނައެވެ. النجم މި لفظ ގެ ތަރުޖަމާއަކާމެދު مفسّر ންގެ ބަސް ތަފާތެވެ. އަދި خاصّ ކޮށް قرآن ގައި މި لفظ ގެންނަވާފައިވާ مراد އަކާމެދު إختلاف ތައް އައިސްފައި އެބަ ހުއްޓެވެ. އެތަނުން ބައެއް މާނަ މިތާ ނަކަލުކޮށްލަމެވެ. النجم އަކީ ތަރިއެވެ. އެއިން މުރާދުކުރެވެނީ ކެތި، މި ނަކަތެވެ. ނުވަތަ އެއިން މުރާދުކުރެވެނީ زُهرة ކިޔާ ތަރިއެކެވެ. النجم ގެ އަނެއް މާނައަކީ ގަސްގަނޑު ނުހުންނަ ފަތްޕިލާވެއްޔެވެ. (ވެލުގެ މާނައިގައެވެ.) النجم ގެ މުރާދަކީ މި ސޫރަތުގައި قرآن އެވެ. النجم ގެ މުރާދަކީ މި ސޫރަތުގައި محمّد އެވެ. ދެންފަހެ هوٰى މި لفظ ގެ މާނައަކީ ވެއްޓުމެވެ. ނުވަތަ غائب ވުމެވެ. ނުވަތަ ނިވައިވުމެވެ. ނުވަތަ އޮއްސުމެވެ. މި ހުރިހާ މާނައެއްގައި މި لفظ ތައް ބޭނުންކުރެވިފައި އެބަ ހުއްޓެވެ. ވީމާ އަޅުގަނޑު މިތާ މި ލިޔަނީ އެންމެ ފުރަތަމަ މާނައެވެ. އެއީ: ތަރި ނުވަތަ ކެތި އޮއްސިއްޖެއްޔާ ނުވަތަ غائب ވެއްޖެއްޔާ އެ ކެތި ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ. މިއެވެ. 2. (2) (މި ހުވައިގެ جواب އަކީ) ކަލޭމެންގެ އެކުވެރިޔާ (އެބަހީ محمّد ﷺ) މަގުފުރެދިވަޑައިގެން ނުވެއެވެ. އަދި އެކަލޭގެފާނު ގެއްލި ހަލާކުވެގެން ނުދެއެވެ. • ނޯޓު: މިތާ محمّد ﷺ އާމެދު قريش ންގެ އެކުވެރިޔާއެވެ. وحِي ކުރެއްވީ އެކަލޭގެފާނު އެންމެ ޅައިރުއްސުރެ ފަށައިގެން نبي ކަމާ ހަމައަށް ދާނދެންވެސް އެމީހުންގެ ތެރޭ މެދުނުކެނޑި އުޅުއްވި ކަމުގައި ވީތީއެވެ. އަދި އެކަލޭގެފާނު މަގުނުފުރެދޭ ކަމާއި، އެކަލޭގެފާނު ގެއްލި ހަލާކުވެގެން ނުވާކަން އެންމެ ބޮޑަށް ދަންނަން ވާނީ އެމީހުންނެވެ. އެއީ އެމީހުންގެ އެކުވެރިޔާއެވެ. އެމީހުންގެ އަމީނެވެ. 3. (3) އަދި އެކަލޭގެފާނު هوٰى نفس އެދޭ ގޮތަށް ބޭނުންހާ ވާހަކައެއް ނުދައްކަވައެވެ. 4. (4) އެކަލޭގެފާނުންގެ ބަސްފުޅު އެއީ ހަމަ ބާވައިލެއްވޭ وحِي ކަމުގައި މެނުވީ ނުވެއެވެ. 5. (5) އެކަލޭގެފާނަށް އެ وحِي އުނގަންނަވައިދެއްވީ ބާރުގަދަވެގެންވާ ކަލޭގެފާނެވެ. އެބަހީ جبريل الأمين އެވެ. 6. (6) އެކަލޭގެފާނަކީ ބާރުފުޅު ގަދަ ނުވަތަ ވިސްނުންފުޅާއި، ބުއްދިފުޅު ގަދަ އަދި ރިވެތިވެގެންވާ ކަލޭގެފާނެވެ. އުޑުގައި އެކަލޭގެފާނު إستوٰى ވެވަޑައިގެންނެވިއެވެ. އެބަހީ މަތިވެރި ވެވަޑައިގެންނެވިއެވެ. 7. (7) އޭރު އެކަލޭގެފާނު (އެބަހީ جبريل عَلَيه السلام) ހުންނެވީ މަތިވެރިވެގެންވާ އުދަރެހުގައެވެ. (އެބަހީ އެކަލޭގެފާނުންގެ أصل صورة ފުޅުގައި އިރުމަތީ ފަރާތު އުދަރެހުގައި އެކަލޭގެފާނު ފައުޅުވެވަޑައިގެންނެވިއެވެ. رسول الله ﷺ އެކަލޭގެފާނުންގެ أصل ސޫރަފުޅުގައި ދެކެވަޑައިގެންނެވިއެވެ. އިރުމަތީ ފަރާތު އުދަރެހުން مغرب ފަރާތާ ހަމައަށް މުޅިން ބައްދާލާފައި ވެއެވެ. އެހާވެސް އެކަލޭގެފާނު ބޮޑެވެ.) 8. (8) ދެން އެކަލޭގެފާނު (އެބަހީ جبريل عَلَيه السلام) محمّد ﷺ އާ ވަރަށް ބޮޑަށް ގާތްވެވަޑައިގެންނެވިއެވެ. 9. (9) އެ ދެބޭކަލުންގެ ދެމެދު ދުންޏެއްގެ މިންވަރަށް ނުވަތަ ދެމުށުގެ މިންވަރަށް ގާތްވެވަޑައިގެންނެވި ކަމުގައި ވެއެވެ. (ނުވަތަ معراج ގެ ރޭގައި محمّد ﷺ އާއި އެކަލޭގެފާނުންގެ ربّ އާ ދެމެދު އެވަރަށް ގާތްވިއެވެ.) ނުވަތަ އެއަށްވުރެވެސް ބޮޑަށް ގާތްވި ކަމުގައި ވިއެވެ. والله أعلم. 10. (10) ދެންފަހެ الله تعالى އެކަލާނގެ އަޅާ محمّد ﷺ އަށް އެ وحِي ކުރެއްވި އެއްޗެއް جبريل عَلَيه السلام މެދުވެރި ކުރައްވައި وحِي ކުރެއްވިއެވެ. (ނުވަތަ މާތް الله އެކަލާނގެ އަޅާ محمّد ﷺ އަށް އެ وحِي ކުރެއްވި އެއްޗެއް وحِي ކުރައްވައިފިއެވެ. މިމައްސަލައިގާ ވަރަށް إخْتِلآفُ ވެއެވެ.) 11. (11) އަދި އެކަލޭގެފާނުންގެ (އެބަހީ محمّد ﷺ ގެ) ހިތްޕުޅު އެކަލޭގެފާނަށް އެ ފެނިވަޑައިގެންނެވިއެއްޗެއް ދޮގެއް ނުކުރައްވައެވެ. (އެބަހީ معراج ގެ ރޭގައި އެކަލޭގެފާނު އެ ދެކެވަޑައިގަތް އެއްވެސް އެއްޗެއް އެކަލޭގެފާނުންގެ ހިތްޕުޅު ދޮގު ނުކުރައްވައެވެ.) 12. (12) ކަލޭމެން ފަހެ އެކަލޭގެފާނުން އެ ދެކެވަޑައިގެންނެވި އެއްޗަކާމެދު އެކަލޭގެފާނާ جدل ކުރަނީ ހެއްޔެވެ؟ 13. (13) އަދި ހަމަކަށަވަރުން رسول الله ﷺ އަދިއެހެންފަހަރަކުވެސް جِبْرِيْلُ عَلَيه السلام ދެކެވަޑައިގެންނެވިއެވެ. (އެބަހީ އެކަލޭގެފާނު ހެއްދެވުނު أصل صورة ފުޅުގައި އެހެން ފަހަރަކުވެސް ދެކެވަޑައިގަތެވެ.) 14. (14) އެއީ سدرةالمنتهى ގެ ކައިރިން معراج ގެ ރޭގައެވެ. 15. (15) جنّة المأوٰى އެވެ ކިއުނު ސުވަރުގެ ވަނީ އެތާނގައެވެ. (އެބަހީ އެ ސުވަރުގެ ވަނީ سدرةالمنتهى ގެ ކައިރީގައި عرشي ގެ ކަނާތް ފަރާތުގައެވެ. والله أعلم.) 16. (16) އެ ގަސް (އެބަހީ سدرةالمنتهى އެވެ ކިޔުނު ގަސް) ނިވައިކޮށްލާ އެއްޗެއް ނިވައިކޮށްލައެވެ. (ރަނުގެ ގޮއްފުޅަނގިތައް އެ ގަސް ނިވައިކޮށްލައެވެ.) • ދަންނައެވެ. سدرة އަކީ ކުންނާރު ގަހަށް ކިޔާ ނަމެކެވެ. منتهى އަކީ ގޮސް ހަމަވާ ތަނެވެ. سدرةالمنتهى އަކީ ހަވަނަ އުޑުގައި ނުވަތަ ހަތްވަނަ އުޑުގައިވާ ގަހަކަށް (ކުންނާރު) ގަހަކަށް ކިޔާ ނަމެކެވެ. އެއީ ކުންނާރު ގަހެކޭ لُغَوِى ގޮތުން ކިޔާފައި އޮތަސް އޭގެ خاصّيّة އާއި، ތާސީރު ހަމައެކަނި الله އަށް މެނުވީ އެނގިގެން ނުވެއެވެ. جنّةالمأوٰى އެވެ ކިޔުނު ސުވަރުގެ ވަނީ އެތާނގައެވެ. އެ ގަހަށް އެކި އިރަށް އެކި ކުލަ އަރާ ކަމުގައި ވެއެވެ. ރީތިކަމުން بيان ކުރަން ނޭނގޭހާ ރީތި ގޮތްތައް އެ ގަހަށް ވާކަމުގައި ވެއެވެ. ރަނުގެ ގޮއްފުޅަނގިތަކުން އެ ގަސްނިވާކޮށްލާ ކަމުގައި ވެއެވެ. އެގަހުގެ ފަތް އެހާ ބޮޑެތިވެފައި، މޭވާވެސް އެހާ ބޮޑު ކަމުގައި ވެއެވެ. އެ ގަހަށް سدرةالمنتهى އެވެ ކިއުނީ އެންމެހައި خلق ތަކުންގެ علم އެ ހިސާބަށް ނިމޭތީ ކަމުގައި ބުނެވުނެވެ. އޭގެ އެކޮޅު އެއްވެސް مخلوق އަކަށް އެނގިގެން ނުވެއެވެ. އަދި ބުނެވުނެވެ. ބިމުގެ އެންމެހާ ކަމެއް އަރައިގެން ގޮސް ނިމެނީ އެ ހިސާބަށެވެ. އަދި ބުނެވުނެވެ. އެންމެހައި شهيد ންގެ ފުރާނަތައް ގޮސް ނިމެނީ އެ ހިސާބަށެވެ. ملائكة ބޭކަލަކުވެސް އޭގެ އެކޮޅަކަށް ވަޑައި ނުގަންނަވައެވެ. އަދި މިނޫން ގޮތްގޮތަށްވެސް ކިޔައިފައި ވެއެވެ. والله أعلم بالصّواب. 17. (17) އަދި އެކަލޭގެފާނުންގެ (އެބަހީ محمّد ގެފާނުންގެ) ލޯފުޅު އެހެން ފަރާތަކަށް ލެނބިނުލައެވެ. (އެބަހީ އެކަލޭގެފާނުންގެ ލޯފުޅު ކަނާތް ފަރާތަށް، އަދި ވާތް ފަރާތަށް، އަދި މައްޗަށް ތިރިއަށް އަނބުރުއްވައި، ފަރާތްފަރާތަށް ބައްލަވާ ނަހައްދަވައެވެ.) ކަނޑައެޅުއްވިފައިވާ حدّ ފަހަނަޅައި ނުދެއެވެ. 18. (18) ހަމަކަށަވަރުން އެރޭ (އެބަހީ معراج ގެ ރޭގައި) އެކަލޭގެފާނުންގެ ربّ ގެ ބޮޑެތިބޮޑެތިވެގެންވާ عجائب ތަކާއި، އެކަލާނގެ قدرة ތެރިކަމާއި، އެއްކައުވަންތަކަމުގެ ގިނަގުނަ ވެގެންވާ دليل ތައް އެކަލޭގެފާނު އެތަނުން ދެކެވަޑައިގެންނެވިއެވެ.

- Abu Bakr Ibrahim Ali (Bakurube)

Продолжить чтение

Заметки и размышления

У вас нет никаких заметок или размышлений по этому стиху.

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать