Sign in
Sign in
Sign in
Select Language
078

An-Naba 78:31 ان للمتقين مفازا ٣١

78:31
إِنَّ
لِلۡمُتَّقِينَ
مَفَازًا
٣١
(31) ހަމަކަށަވަރުން تَقوَى ވެރިންނަށް އެދެވޭ ނަސީބާއި ކާމިޔާބު ވެއެވެ.
Continue Reading

Read Tafsir

Ibn Kathir (Abridged)

The Great Success will be for Those Who have Taqwa

Allah informs about the happy people and what He has prepared for them of esteem, and eternal pleasure. Allah says,

إِنَّ لِلْمُتَّقِينَ مَفَازاً

(Verily, for those who have Taqwa, there will be a success;) Ibn `Abbas and Ad-Dahhak both said, "A place

…

The Great Success will be for Those Who have Taqwa

Allah informs about the happy people and what He has prepared for them of esteem, and eternal pleasu

…
More Tafsirs

Read in Context

Chapter 78, Page 583, Juz 30

31. (31) ހަމަކަށަވަރުން تَقوَى ވެރިންނަށް އެދެވޭ ނަސީބާއި ކާމިޔާބު ވެއެވެ. 32. (32) އެއީ ބަގީޗާ ތަކާއި އަދި މޭބިސް ކަދުރެވެ. (ސުވަރުގެ ތަކާއި އެތަންތާގެ ޢަދަދު ނުކުރެވޭ ނިޢްމަތެވެ.) 33. (33) އަދި ރީތި ވަރަށް އުރަމަތި އުފުލިފައިވާ އެއް ޢުމުރެއްގެ ރީތި އަންހެން ކުދިންނެވެ. 34. (34) އަދި ފުރިފައިވާ ރަލުގެ ތަށިތަކެވެ. (ނުވަތަ ވިދިވިދިގެން އަންނަ ރާތަށިތަކެވެ.) 35. (35) އެމީހުން އެސުވަރުގޭގައި ތިބޭއިރު އެވެސް بَاطِل ވާހަކައެއް ނާހާނެއެވެ. އަދިއެއްވެސް ދޮގެއްވިޔަސް ނުއަހާނެއެވެ. 36. (36) (އޭ رَسُول الله އެވެ!) އެއީ ކަލޭގެފާނުންގެ رَبُّ ގެ حَضْرَةُ ން އެމީހުންނަށް ދެއްވާ ދަރުމައެއްގެ ގޮތުން ދެއްވާ ދެއްވުމެކެވެ. ފުދޭވަރު ހަދިޔާއެއްގެ ގޮތުން ދެއްވާ ޢިނާމެކެވެ. 37. (37) އެކަލާނގެއީ އުޑުތަކާއި ބިމާއި އަދި އެދެމެދުގައި ވާހާތަކެތީގެ رَبُّ އެވެ. އެއީ އެންމެހައި ޚަލްޤު ތަކުންނަށް އެކަލާނގެ ރަޙްމަތް ޢާއްމުވެގެންވާ رَحْمَن ވަންތަ ކަލާނގެއެވެ. (އެކަލާނގެ އިޒުނަފުޅު ނެތިސް) އެކަލާނގެއަށް ބަސްފުޅެއް ދަންނަވައި ވާހަކައެއް ދެއްކެވުމުގެ ހުއްދައެއް ހަމަ އެކަކަށްވެސް އެދުވަހުން މިލްކުވެގެން ނުވެއެވެ. 38. (38) އެދުވަހަކީ -އެބަހީ قياَمة ދުވަހަކީ- رُوح އާއި މަލާއިކަތް ބޭކަލުން ސަފަކަށް ތެދުވެވަޑައިގަންނަވާނެ ދުވަހެވެ. އެދުވަހުން އެމީހަކު ވާހަކަދެއްކުމަށް، ބަހެއްދެންނެވުމަށް، (އެބަހީ شَفَاعَة ތެރިވެވަޑައިގަތުމަށް) رَحمن ވަންތަ ކަލާނގެ އިޒުނަ ދެއްވި މީހަކު މެނުވީ އެކަކުވެސް ބަހެއް ބުނެ ވާހަކަދައްކާ ނުހަދާނެއެވެ. އަދި އެ އިޒުނަ ދެއްވޭމީހަކީ އެމީހާ ދުނިޔޭގައި އުޅުނުއިރު ސީދާ ބަސްބުނިމީހަކުކަމުގައިވާނެއެވެ. އެބަހީ تَوحيد އަށް ހެކިވިމީހަކު ކަމުގައި ވާނެއެވެ. (އެނޫން މީހަކަށް شَفَاعَة ތެރިވެވަޑައިގަތުމުގެ އިޒުނަ އެދުވަހުންނޯންނާނެއެވެ.) • ދަންނައެވެ. މިއާޔަތުގައި ބަޔާންވެގެންމިވާ رُوح އަކާއިމެދު مُفَسِّر ންގެ ބަސް ތަފާތުވެގެންވެއެވެ. އެއީ ހައިބަބޮޑު މަލާއިކަތް ބޭކަލަކުކަމުގައި ބުނެވެއެވެ. އަދި އެއީ جِبريل ކަމުގައި ބުނެވެއެވެ. އަދި އެއީ آدم ގެ ދަރިންގެ ފުރާނަތަށް ކަމުގައި ބުނެވެއެވެ. ވީމާ މިވާހަކަ ހަނދާންކޮށްދިނީއެވެ. 39. (39) އެދުވަހަކީ ޙައްޤު ވެގެންވާ ދުވަހެވެ. ދެންފަހެ އެމީހާގެ رَبُّ ގެ حَضْرَة އަށް ދިއުމަށް އަދި އެކަލާނގެ حَضْرَة ން ރަނގަޅު ޖާގައެއް ހޯދަންއެދޭމީހާ (صالح عمل ކޮށްގެން) އެ މަޤާމު ހޯދާ ހުށިކަމެވެ. 40. (40) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް اِنذار ކޮށް މިބިރުގަންނަވަނީ ދާދިގާތުގައިވާ عذاب އެއްގެ ވާހަކައިންނެވެ. (އެ عذاب ގައި ނުޖެހުމަށްޓަކައެވެ. ކޮންމެ މީހަކުވެސް މަރުވުމުން އެކަން ފެށުނީއެވެ. އެހެންޏާ عذاب އެވެ. އެހެންޏާ އަރާމެވެ.) ފަހެ އެ قياَمة ދުވަހަކީ ކޮންމެ އިންސާނަކަށްވެސް އެމީހާ ދެއަތް އިސްކުރިކަމެއް (އެބަހީ އެމީހާ ކޮށްފައިވާ عملއެއް ހެވަސް ނުބަޔަސް) އެމީހާގެ ކުރިމަށްޗަށް އަންނާނޭދުވަހެވެ. އެ عمل ތަކަށް އޭނާ ބަލާނެއެވެ. އަދި ކާފަރުމީހާ އޭނާއަށް ހުރި عذاب އާއި ނުރައްކާ ބޮޑުކަމުން އޭނާ ބުނާނެއެވެ. އަހުރެން ވެއްޔަށް ވީނަމަ ކިހާރަނގަޅު ހެއްޔެވެ. އަހުރެން ވެއްޔަށް ވާނެނަމައެވެ. • ދަންނައެވެ. قياَمة ދުވަހުން ﷲ تَعالى އެންމެހާ ޖަނަވާރު ތަކެއްގެ މެދުގައިވެސް عدل އަށް ނިޔާކުރައްވައި އެސޮރުމެން ވެއްޔަށް ހައްދަވާނެކަމުގައި ވެއެވެ. އެތަންދެކެފައި ކާފަރު މީހާވެސް ވެއްޔަށް ވާން އެދޭނެކަމުގައި ވެއެވެ. وَاللهُ أعْلَم.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute