Aanmelden
Aanmelden
Aanmelden
Taal selecteren

005Al-Ma'idah 5:24 قالوا يا موسى انا لن ندخلها ابدا ما داموا فيها فاذهب انت وربك فقاتلا انا هاهنا قاعدون ٢٤

5:24
قَالُواْ
يَٰمُوسَىٰٓ
إِنَّا
لَن
نَّدۡخُلَهَآ
أَبَدٗا
مَّا
دَامُواْ
فِيهَا
فَٱذۡهَبۡ
أَنتَ
وَرَبُّكَ
فَقَٰتِلَآ
إِنَّا
هَٰهُنَا
قَٰعِدُونَ
٢٤
(24) އެމީހުން (އެބަހީ بني إسْرَائيل ގެމީހުން) ދެންނެވިއެވެ. އޭ موسى (عليه السّلام) އެވެ! ހަމަކަށަވަރުން އެމީހުން އެތާ ދެމިތިބިހާހިނދަކު އަހުރެމެން އެރަށަށް ނުވަންނާނަމެވެ. ފަހެ ކަލޭގެފާނާއި ކަލޭގެފާނުންގެ رَبّ އާއި ވަޑައިގެން އެމީހުންނާ ހަނގުރާމަކުރައްވާށެވެ! އަހުރެމެން މިތާ އިށީނދެލައިގެން ތިބޭނޫއެވެ.
Lees verder

Lees Tafsir

Ibn Kathir (Abridged)

Musa Reminds His People of Allah's Favors on Them; The Jews Refuse to Enter the Holy Land

Allah states that His servant, Messenger, to whom He spoke directly, Musa, the son of `Imran, reminded his people that among the favors Allah granted them, is that He will give them all of the good of this life

…

Musa Reminds His People of Allah's Favors on Them; The Jews Refuse to Enter the Holy Land

Allah states that His servant, Messenger, to whom He spoke di

…
Meer Tafsirs

Lees in context

Hoofdstuk 5, Pagina 112, Juz 6

20. (20) އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލޭގެފާނު ވިދާޅުވިއެވެ.) އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ނިކަން ކަލޭމެންގެ މައްޗަށް ﷲ ލެއްވި نعمة ހަނދާންކޮށްބަލާށެވެ! އެއީ ކަލޭމެންގެތެރެއިން އެކަލާނގެ نبي ބޭކަލުންލައްވައި އަދި ކަލޭމެންނީ ރަސްރަސްކަލުންކަމުގައި އެކަލާނގެ ލެއްވިހިނދުންނެވެ. އަދި عالم ތަކުގެ މީސްތަކުންކުރެ އެކަކަށްވެސް ނުދެއްވާ ތަކެތި އެކަލާނގެ ކަލޭމެނަށް ދެއްވިއެވެ. (އެއީ مَنُّ އާއި سَلْوَى އާއި ހިލަގަނޑުން ފެންލިބުމާއި ވިލާގަނޑުން ހިޔާއަޅުއްވައިދެއްވުމާއި އަދިވެސް އެތައްކަމެއް ކަމުގައިވިއެވެ.) • މިއާޔަތުގައިމިވާ "ކަލޭމެން ރަސްރަސްކަލުންކަމުގައި ލެއްވި" ވާހަކައިގެ މުރާދުގައި مفسّر ންގެ މެދުގައި ބަސް ތަފާތެވެ. ނަމަވެސް ގިނަބޭކަލުންގެ ބަހުގައި އެއީ: (1) فِرعون ގެ އަޅުވެތިކަމުންނުކުމެވި ތިމާމެންގެ نفس ތަކުގެވެރިންކަމުގައި ތިމާމެން ވީ ވާހަކައެވެ. (2) އެމީހަކަށް އަނތްބަކާއި ނޯކަރަކާއި ގެއެއްވާ ކޮންމެމީހަކީ އެއީ ރަސްކަލެއްގެ މާނައިގާ އެމީހުންކިޔައި އުޅެއެވެ. އަދި މިނޫންގޮތްގޮތަށްވެސް ބުނެވިފައިވެއެވެ. والله أعلم. 21. (21) موسى (عليه السّلام) ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން طاهر ވެގެންވާ ބިމަށް ނުވަތަ بركاة ތެރިބިމަށް ވަންނާށެވެ! އެރަށަށް ދާށެވެ! (އެއީ دمشق އާއި فَلَسْطِيْن ކަމުގައި - ނުވަތަ شَام ކަރަކަމުގައި - ނުވަތަ أرِيْحَا އެވެ ކިޔޭތަނެއްކަމުގައި ނުވަތަ طور ފަރުބަދަޔާއި އެތާނގެ ވަށައިގެންވާ ތަންތަންކަމުގައި ބުނެވުނެވެ. މިހުރިހާގޮތަކަށްވެސް تفسير علم ވެރިންގެ ބަސްފުޅުވެއެވެ.) - والله أعلم - أبو جعفر الطبري ގެ تفسير ގައި ވިދާޅުވެފައި އެވަނީ އެއީ فُرَات ކޯރުންފެށިގެން مِصْرُ عَرِيش ކިޔާ ހިސާބަށްކަމުގައެވެ. موسى (عليه السّلام) ވިދާޅުވިއެވެ. (އޭ قوم ގެމީހުންނޭވެ!) އެތަނަކީ ކަލޭމެނަށް ﷲ ކަނޑައަޅުއްވާ ލިއުއްވާފައިވާ ތަނެކެވެ. އެތަނަށް ކަލޭމެން ދާށެވެ! އަދި ފުރަގަސްދީ ފަހަތަށް އެނބުރި رجوع ނުވާށެވެ! އެހެންވެއްޖެއްޔާ ކަލޭމެންނީ ގެއްލި ހަލާކުވެގެންވާ ބަޔަކުކަމުގައި ވެގެންހިނގައިދާނެއެވެ. 22. (22) އެމީހުން ދެންނެވިއެވެ. އޭ موسى (عليه السّلام) އެވެ! ހަމަކަށަވަރުން އެހެންބަޔަކަށް ބަލިނުކުރެވޭފަދަ ގަދަފަދަ جَبّار ބަޔަކު އެރަށުގައިވެއެވެ. އަދި ހަމަކަށަވަރުން އެމީހުން އެރަށުން ނުކުމެއްޖައުމަށްދާނދެން އެބަހީ އެމީހުން ނުނުކުންނަނިސް އަހުރެމެން އެރަށަށް ނުދާނަމެވެ. ފަހެ އެމީހުން އެރަށުން ނުކުމެއްޖެއްޔާ ހަމަކަށަވަރުން އަހުރެމެންނީ އެރަށަށް ވަންނާނެ ބަޔަކީމުއެވެ. 23. (23) ﷲ އަށް ބިރުވެތިވާ މީހުންގެތެރެއިން ދެފިރިހެނުން ދެންނެވިއެވެ. އެދެމީހުންނަށް ﷲ نعمة ލައްވާފައިވެއެވެ. އެދެމީހުން ދެންނެވިއެވެ. (އޭ މީސްތަކުންނޭވެ!) ކަލޭމެން އެރަށުގެ ދޮރާއި ހަމައަށް ނިކަން ވަދެބަލާށެވެ! ކަލޭމެން އެރަށުގެ ދޮރުން ވަދެއްޖެއްޔާ ހަމަކަށަވަރުން ކަލޭމެންނަކީ ގަދަވާނެ މީހުންނެވެ. އަދި ކަލޭމެންނީ مؤمن ންކަމުގައިވަންޏާ ހަމައެކަނި ﷲ އަށް وكيل ކޮށް އިތުބާރު ކުރާށެވެ! އެކަލާނގެއަށް ބަރޯސާކޮށް ތިމާމެންގެ ކަންތައް حوال ކުރާށެވެ. 24. (24) އެމީހުން (އެބަހީ بني إسْرَائيل ގެމީހުން) ދެންނެވިއެވެ. އޭ موسى (عليه السّلام) އެވެ! ހަމަކަށަވަރުން އެމީހުން އެތާ ދެމިތިބިހާހިނދަކު އަހުރެމެން އެރަށަށް ނުވަންނާނަމެވެ. ފަހެ ކަލޭގެފާނާއި ކަލޭގެފާނުންގެ رَبّ އާއި ވަޑައިގެން އެމީހުންނާ ހަނގުރާމަކުރައްވާށެވެ! އަހުރެމެން މިތާ އިށީނދެލައިގެން ތިބޭނޫއެވެ. 25. (25) موسى (عليه السّلام) ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! ހަމަކަށަވަރުން މިއަޅާއަށް މިއަޅާގެ نفس އާއި އަދި މިއަޅާގެ أخ މެނުވީ ކުޅަދާނަވެގެން ނުވެއެވެ. (އެބަހީ އިބަރަސްކަލާނގެއަށް ކިޔަމަންތެރިވާނެކަމާއިމެދު މިއަޅާގެ نفس އާއި މިއަޅާގެ أخ މެނުވީ އެހެން އެއްވެސްމީހަކަށް މިއަޅާގެ އިތުބާރެއްނެތެވެ. ކުޅަދާނަކަމެއް މިލްކުވެގެން ނުވެއެވެ.) ފަހެ އަޅަމެންނާއި މި فاسق ވެގެންވާ މީހުންނާއި މެދު ދުރުކޮށްދެއްވާންދޭވެ! - ވަކިކޮށްދެއްވާންދޭވެ! 26. (26) ﷲ وحي ކުރެއްވިއެވެ. ސާޅީސްއަހަރުވާންދެން އެމީހުންނަށް އެރަށް حرام ވެގެންވެއެވެ. (މަނާވެގެންވެއެވެ.) އެމީހުންނަށްއޮތީ حيران ވެގެން ބިމުގައި ހިނގުމެވެ. ފަހެ فاسق ވެގެންވާ މީސްތަކުންގެމައްޗަށް ކަލޭގެފާނު ހިތާމަފުޅު ނުކުރައްވާށެވެ! ގިނަ تفسير ފޮތްތަކުގައި އެވާހަކަ ދިގުކޮށް ލިއުއްވާފައިވެއެވެ. އެއަށްފަހު އެމީހުން ކޮންމެދުވަހަކުވެސް އެބިމުން ނުކުތުމަށް ހިނގަނީއެވެ. އިރުއޮއްސުނީމާ ނިދާފައި ފަތިހު ތެދުވާއިރަށް ތިބެނީ ކުރީ ދުވަހުވެސް ހަމަ ފުރިތާނގައެވެ. ސާޅީސް އަހަރުވެސް ހަމަ އެހެންނެވެ. މުޅިއެކީ އެމީހުންނަށް ހިނގަ ހިނގާތިބެވުނީ ހަ فَرْسَخُ ގައި ކަމުގައިވިއެވެ. އެމީހުންގެ ކެއުމަށް مَنُّ އާއި سلْواى ބާވައިލައްވާ ވިލާގަނޑު ހިޔާއަޅައި ހިލަގަނޑުން ފެން ނެރުއްވައި މިހުރިހާކަމެއްވީ މިދުވަސްވަރުގައިކަމަށްވިއެވެ...

- Abu Bakr Ibrahim Ali (Bakurube)

Notities en reflecties

Je hebt geen aantekeningen of overwegingen bij dit vers.

Notes placeholders

Blijf verbonden met de Koran ❤️

Korte, betekenisvolle herinneringen om tot rust te komen, te reflecteren en verbonden te blijven met de Koran.

Lees, luister, zoek en reflecteer over de Koran

Quran.com is een vertrouwd platform dat wereldwijd door miljoenen mensen wordt gebruikt om de Koran in meerdere talen te lezen, te doorzoeken, te beluisteren en erover na te denken. Het biedt vertalingen, tafseer, recitaties, woord-voor-woordvertalingen en tools voor een diepere studie, waardoor de Koran voor iedereen toegankelijk is.

Als Sadaqah Jariyah zet Quran.com zich in om mensen te helpen een diepe verbinding met de Koran te maken. Ondersteund door Quran.Foundation , een non-profitorganisatie. Quran.com blijft groeien als een gratis en waardevolle bron voor iedereen, Alhamdulillah.

Navigeren
Home
Koran Radio
reciteurs
Over ons
Ontwikkelaars
Product updates
Feedback
Hulp
Doneren
Onze projecten
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profitprojecten die eigendom zijn van, beheerd worden door of gesponsord worden door Quran.Foundation.
Populaire links
Gebeden uit de Koran
Koranvers van de dag
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
SitemapPrivacyAlgemene voorwaarden
© 2026 Quran.com. Alle rechten voorbehouden
Bijdragen