(21) ދެންފަހެ އެމީހާގެ މަތިވެރިވެގެންވާ رَبُّ ގެ وَجْهُ ފުޅު އެދިގެން صَدَقَة ކުރިމީހާ އޭނާ ރުހޭވަރުގެ ސަވާބާއި ކަރާމާތް ނިކަންހުރެ އޭނާދެކޭނެއެވެ.
• ނޯޓު: މިއާޔަތް ތަކުންސިފަވެގެންމިދާ تَقْوَى ވެރިމާތް މީހަކީ أبُو بَكْر الصِّدِّيْقُ رَضِيَ الله عَنْهُ ކަމުގައި ގިނަމުފައްސިރުން ވިދާޅުވެއެވެ. ފަހެ އެކަލޭގެފާނުންގެ މުދަލުން އެތަކެއް އަޅުންމިނިވަން ކުރައްވައި ﷲ ގެ وَجْهُ ފުޅައްޓަކައި ދޫކުރެއްވިއެވެ. ދުންޔަވީ އެއްވެސް ބޭނުންފުޅެއް އޮވެގެންނެއްނޫނެވެ. އަދި އިސްލާމީ ތާރީޚުގައި އެކަލޭގެފާނުންގެ އެބާވަތުގެ ޚިދްމަތްތަކަކީ މަޝްހޫރު އެއްޗެކެވެ. رَضِيَ الله عَنْهُ.