Sign in
Sign in
Sign in
Select Language

Al-Anfal 8:14 ذالكم فذوقوه وان للكافرين عذاب النار ١٤

Page 178 · Juz 9

ذَٰلِكُمۡ
فَذُوقُوهُ
وَأَنَّ
لِلۡكَٰفِرِينَ
عَذَابَ
ٱلنَّارِ
١٤
(14) (އަދި އޭ ކާފަރުންނޭވެ!) ކަލޭމެން (ދުނިޔޭގައި) މި عذاب ގެ ރަހަ ލިބިގަންނާށެވެ! އަދި ހަމަކަށަވަރުން آخرة ގައި ކާފަރުންނަށް ހުރީ އަލިފާނުގެ عذاب އެވެ. ނަރަކައިގެ عذاب އެވެ. (މިއާޔަތްތަކުން މިއިޝާރަތްވެގެންވަނީ ބަދުރު ހަނގުރާމައެވެ.)
reading-goal:continue-reading

Read q-and-a.tafsir

Ibn Kathir (Abridged)

Slumber overcomes Muslims

Allah reminds the believers of the slumber that He sent down on them as security from the fear they suffered from, because of the multitude of their enemy and the sparseness of their forces. They were given the same favor during the battle of Uhud, which Allah described,

ثُمّ

…

Slumber overcomes Muslims

Allah reminds the believers of the slumber that He sent down on them as security from the fear they suffered from, because of

…
View tafsirs

Read related-content

11. (11) އަދި އެކަލާނގެ حضرة ންވާ އަމާންކަމެއްގެގޮތުން ނިދި އެކަލާނގެ ކަލޭމެން ނިވައިކުރެއްވިއެވެ. އެބަހީ: އެކަލާނގެ ކަލޭމެން ނިންދެވިއެވެ. އަދި އެއިން ކަލޭމެން طاهر ވެގަތުމަށްޓަކައި އުޑުން އެކަލާނގެ ކަލޭމެންގެ މައްޗަށް ފެންބާވައިލެއްވިއެވެ. އަދި އެއީ شيطان އާގެ ހަޑިމުޑުދާރު ވަސްވާސްތައް ކަލޭމެންގެ ކިބައިން ގެންދެވުމަށެވެ. އަދި އެއީ ކަލޭމެންގެ ހިތްތައް އެކުވެރިކުރައްވާ އެކަތިގަނޑަކަށް ހައްދަވާ ގަދަކުރެއްވުމަށެވެ. އަދި އޭގެ ސަބަބުން އެކަލާނގެ ކަލޭމެންގެ ފައިތިލަތައް ސާބިތުކުރެއްވުމަށެވެ. 12. (12) އަދި ކަލޭގެފާނުންގެ ربّ މަލާއިކަތްބޭކަލުންނަށް وحي ކުރެއްވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލާނގެ އެބޭކަލުންނަށް وحي ކުރެއްވިއެވެ.) ތިމަންރަސްކަލާނގެ ތިޔަބޭކަލުންނާއިއެކު ވޮޑިގެންވަމެވެ. ފަހެ إيمان ވެގެންވާ މީސްތަކުން ސާބިތުކުރައްވާށެވެ! (އެމީހުންގެ عزم ތައް ގަދަކޮށްދެއްވައިއެމީހުންގެ ނިޔަތްތައް صحّ ކުރައްވާށެވެ! އަދި އެމީހުންނަށް نصر ދެއްވާށެވެ!) ކާފަރުވީ މީސްތަކުންގެ ހިތްތަކަށް ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާ ހުރީމެވެ. ފަހެ ތިޔަބޭކަލުން (ނުވަތަ مؤمن ން) އެކާފަރުންގެ ކަނދުރާތަކުގައި ތަޅާށެވެ! އަދި އެމީހުންގެ ކޮންމެ ހުޅެއްގައި ނުވަތަ އިނގިލިކޮޅެއްގައި ތަޅާށެވެ! 13. (13) އެއީ - އެބަހީ އެ عذاب އެމީހުންނަށް ދޭންޖެހުނީ ހަމަކަށަވަރުން އެމީހުން ﷲ އަށާއި އެކަލާނގެ رسول އާއަށް ނުކިޔަމަންތެރިވެ އިދިކޮޅު ހެދީމައެވެ. އަދި ﷲ އަށާއި އެކަލާނގެ رسول އާއަށް ނުކިޔަމަންތެރިވެ އިދިކޮޅު ހަދައިފި ކޮންމެ މީހަކު (ދަންނައެވެ!) ހަމަކަށަވަރުން ﷲ تعالى އީ عقوبة ގަދަވެގެންވާ ކަލާނގެއެވެ. 14. (14) (އަދި އޭ ކާފަރުންނޭވެ!) ކަލޭމެން (ދުނިޔޭގައި) މި عذاب ގެ ރަހަ ލިބިގަންނާށެވެ! އަދި ހަމަކަށަވަރުން آخرة ގައި ކާފަރުންނަށް ހުރީ އަލިފާނުގެ عذاب އެވެ. ނަރަކައިގެ عذاب އެވެ. (މިއާޔަތްތަކުން މިއިޝާރަތްވެގެންވަނީ ބަދުރު ހަނގުރާމައެވެ.) 15. (15) އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކާފަރުންގެ لشكر ގައިގޯޅިވެ ބޮނޑިވެގެންވާ حال ކަލޭމެންނާއި ބައްދަލުވެއްޖެއްޔާ ކަލޭމެން އެމީހުންނަށް ފުރަގަސް ނުދޭށެވެ! (އެބަހީ: އެމީހުންނާ ދިމާކޮށް ހަނގުރާމަކުރާށެވެ!) 16. (16) އަދި އެދުވަހުން ހަނގުރާމައިގެ އެހެން އުކުޅަކަށް ނުވަތަ މަކަރަކަށް (ފަހުން ކުރިޔަށް އަރާ ދިމާކުރުމުގެ ގަސްދުގައި) ފަހަތަށް ޖެހިލި މީހާ މެނުވީ، ނުވަތަ لشكر ގެ އެހެން جماعة އަކަށް ދިއުމަށް އަނބުރައިލި މީހަކު މެނުވީ (މިދެގޮތްނޫން ގޮތަކަށް) ފުރަގަސްދީފައި ދިޔަމީހާ ހަމަކަށަވަރުން އެމީހާ އެދިޔައީ ﷲ ގެ حضرة ން ކޯފާޔާއިގެންނެވެ. އަދި އޭނާގެ ޖާގައަކީ ނަރަކައެވެ. އޭނާގެ އެޖާގައަކީ ނުބައިވެގެންވާ ޖާގައެކެވެ. 17. (17) (بَدْرُ ހަނގުރާމައިގެ ދުވަހު) ކަލޭމެން مؤمن ންގެ އަތްތަކުން مشرك ން މެރީއަކީއެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ (ކަލޭމެންގެ އަތްތައް އެކަމުގައި حركاة ތެރިވިޔަސް) އެމީހުން މެރީ (حقيقة ގައި) ހަމަ ﷲ އެވެ. (އެހެނީ އެ އެންމެހައި ކަންތައް ހިންގުމުގެ مُسَبِّبُ އަކީ ﷲ އެވެ.) އަދި (އޭ رسول ﷲ އެވެ!) އެ مشرك ންނާ ދިމާއަށް ކަލޭގެފާނުން (އެހިލަމުއްވަރު) އުއްކަވައިލެއްވިއިރު އެއުއްކަވައިލެއްވީ (حقيقة ގައި) ކަލޭގެފާނެއްނޫނެވެ. އަދި އެހެނެއްކަމަކު އެ އުށްކަވައިލެއްވީ ހަމަ ﷲ އެވެ. އެއީ އެކަލާނގެ حضرة ން مؤمن ން ރަނގަޅުވެގެންވާ ރިވެތި نعمة އަކުން إمتحان ކުރެއްވުމަށްޓަކައެވެ. (އެއީ عَدُوّ ންގެ މައްޗަށް نصر ލިބުމާއި އެމީހުންގެ ތަކެތި غنيمة ކުރެވުމާއި އެ مؤمن ންގެ عمل ތަކުގެ ދަރުމަ ސާބިތުކުރެއްވުމާއި އަދި رسول ﷲ ﷺ ގެ އަރިހުގައި جهاد ކުރުމުގެ މާތްކަން އެމީހުންނަށް ދެއްވުމަށެވެ. بَلاَءً حَسَنًا މި لفظ ން މުރާދުކުރެވޭ މާނަތަކަކީ އެއީއެވެ. = تفسير الطّبري = ) ހަމަކަށަވަރުން ﷲ تعالى އީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ. 18. (18) (އޭ ކަލޭމެންނޭވެ!) އެކަން އެގޮތަށް އެދިމާކުރެއްވީ (އެބަހީ: مؤمن ންނަށް نصر އާއި ކާމިޔާބުދެއްވައި مشرك ން ބަލިކުރައްވައި ދެރަކުރެއްވީ) ހަމަކަށަވަރުން ﷲ تعالى އީ مشرك ންގެ ރޭވުމާއި ބާރު ބަލިކުރައްވާ ضَعِيْفُ ކުރައްވާ ކަލަކު ކަމުގައިވާތީއެވެ. 19. (19) (އޭ مشرك ންނޭވެ!) ކަލޭމެން فتح އާއި ނިޔާ (حقّ ބަޔަކަށް ދެއްވުމަށް ﷲ ގެ حضرة ން) އެދުނުހިނދުން ތިޔައޮތީ (حقّ ވީ މީހުންނަށް) فتح އާއި ނިޔާ އައިސްފައެވެ. (އެއީ مؤمن ންނަށެވެ.) އަދި ކަލޭމެން (ދެންވެސް) އެކަމަށް إعاد ވަންޏާ އެބަހީ އެކަލޭގެފާނާ އިދިކޮޅަށް ހަނގުރާމަކޮށް އިދިކޮޅުވަންޏާ ތިމަންރަސްކަލާނގެވެސް ހަމައެފަދައިން (ކަލޭމެން ހަލާކު ކުރެއްވުމަށް) إعادވެވޮޑިގަންނަ ވާހުށީމެވެ. އަދި ކަލޭމެންގެ لشكر ކިތަންމެ ގިނަޔަސް އެ لشكر ން ކަލޭމެނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެއެވެ. އަދި ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ مؤمن ންނާއި އެކުގައެވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Notes and Reflections

reflection-not-available

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute