دَعۡوَىٰهُمۡ
فِيهَا
سُبۡحَٰنَكَ
ٱللَّهُمَّ
وَتَحِيَّتُهُمۡ
فِيهَا
سَلَٰمٞۚ
وَءَاخِرُ
دَعۡوَىٰهُمۡ
أَنِ
ٱلۡحَمۡدُ
لِلَّهِ
رَبِّ
ٱلۡعَٰلَمِينَ
١٠
އެތާނގައި، އެއުރެންގެ دعاء އަކީ "سبحانك اللّهم" އެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެއަށް އަޅަމެން تسبيح ދަންނަވަމެވެ. އަދި އެތާނގައި، އެއުރެންގެ تحيّة އަކީ، "سلام" އެވެ. އަދި އެއުރެންގެ دعاء ގެ ނިންމުމަކީ، "الحمد للَّه رب العالمين" އެވެ. حمد ހުރީ عالم ތަކުގެ ވެރި اللَّه އަށެވެ.