(25) ހަމަކަށަވަރުން ކަލޭމެންގެ رَبُّ އަށް އަހުރެން އީމާންވެއްޖައީމެވެ. ފަހެ ކަލޭމެން އަހުރެންގެ ބަސް އަހާށެވެ.
• ދަންނައެވެ. މި حَبِيْبُ النَّجَّار އޭނާ އޭނާގެ އިސްލާމުކަން ފައުޅުކޮށް އެކަމަށް މީސްތަކުންނަށް ގޮވައިލެއްވުމުން އެ قَومُ ގެމީހުން އޭނާދެކެ ރުޅިއަރައިގަނެ އޭނާބިމަށް ވައްޓައިލާ މީސްތަކުންގެ ފައިތަކުން އޭނާގެ ގަޔަށް އަރާފިތައި ބަނޑުގައި އޮތްގޮހޮރުވެސް ނެރެ ޗިސްކޮށްލީކަމުގައިވިއެވެ. އަދި އެހެންރިވާޔަތެއްގައިވަނީ އޭނާ އަންދައިލިކަމަށެވެ. އަދިއަނެއްބައި ރިވާޔަތުގައިވަނީ އޭނާގެ ގައިގާ ބޮޑުކީސްއަޅައި ކީހައިލީކަމަށެވެ. އެވަގުތު ސުވަރުގެވަނުމަށް އޭނާއަށް އެންގެވުނެވެ. އެވާހަކައާއި ދެންއެޔާގުޅިގެން އޭނާބުނިވާހަކަތައް މިހާރުމިގެންނަނީއެވެ.