فَٱصۡبِرۡ
عَلَىٰ
مَا
يَقُولُونَ
وَسَبِّحۡ
بِحَمۡدِ
رَبِّكَ
قَبۡلَ
طُلُوعِ
ٱلشَّمۡسِ
وَقَبۡلَ
غُرُوبِهَاۖ
وَمِنۡ
ءَانَآيِٕ
ٱلَّيۡلِ
فَسَبِّحۡ
وَأَطۡرَافَ
ٱلنَّهَارِ
لَعَلَّكَ
تَرۡضَىٰ
١٣٠
ފަހެ، އެއުރެން ބުނާބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި އިރުއެރުމުގެ ކުރީގައްޔާއި އަދި އިރުއޮއްސުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އަދި ރޭގަނޑުގެ ވަގުތުތަކުން ބައެއްގައްޔާއި، ދުވާލުގެ ދެކޮޅުގައި ކަލޭގެފާނު تسبيح ވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އެއީ ކަލޭގެފާނު ރުހިވަޑައިގަތުމަށްޓަކައެވެ. (އިތުރުބަޔާން: މި آية ގައި فرض ފަސްނަމާދުގެ ވަގުތުތައް بيان ވެގެންވާ ކަމުގައި مفسّر ން ލިޔުއްވާފައިވެއެވެ.)