ลงชื่อเข้าใช้
ลงชื่อเข้าใช้
ลงชื่อเข้าใช้
เลือกภาษา
019

Maryam 19:83 الم تر انا ارسلنا الشياطين على الكافرين توزهم ازا ٨٣

19:83
أَلَمۡ
تَرَ
أَنَّآ
أَرۡسَلۡنَا
ٱلشَّيَٰطِينَ
عَلَى
ٱلۡكَٰفِرِينَ
تَؤُزُّهُمۡ
أَزّٗا
٨٣
(83) (އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކާފަރުންގެމައްޗަށް ޝައިތާނުން ފޮނުއްވާކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވައިތޯއެވެ؟ އެސޮރުމެން އެކާފަރުންގެ މީހުން މަގުފުރެއްދުމާއި އޮޅުވައިލުމުގައި ގަދަޔަށް حركاة ތެރިވެ މަސައްކަތްކުރެއެވެ. އުރެދުމުގެތެރެއަށް ވައްޓާލައެވެ.
อ่านต่อ

อ่านตัฟซีร์

Ibn Kathir (Abridged)

The Idols of the Polytheists will deny Their Worship

Allah, the Exalted, informs about the disbelievers who associate partners with their Lord, that they have taken gods besides Allah, so that these gods may be a source of honor and might for them. They think that these gods give them power and make

…

The Idols of the Polytheists will deny Their Worship

Allah, the Exalted, informs about the disbelievers who associate partners with their Lord, that th

…
ตัฟซีร์เพิ่มเติม

อ่านในบริบท

บท 19, หน้าหนังสือ 311, จุซ 16

83. (83) (އޭ رسول ﷲ އެވެ.) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކާފަރުންގެމައްޗަށް ޝައިތާނުން ފޮނުއްވާކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވައިތޯއެވެ؟ އެސޮރުމެން އެކާފަރުންގެ މީހުން މަގުފުރެއްދުމާއި އޮޅުވައިލުމުގައި ގަދަޔަށް حركاة ތެރިވެ މަސައްކަތްކުރެއެވެ. އުރެދުމުގެތެރެއަށް ވައްޓާލައެވެ. 84. (84) ފަހެ ކަލޭގެފާނު އެމީހުންނަށް عذاب އައުމަށް އަވަސްވެވަޑައިނުގަންނަވާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ عمل ތަކާއި އަދި އެމީހުންގެ ނޭވާތައް عدد ކުރައްވައި ބައްލަވަމެވެ. ހިސާބުކުރައްވަމެވެ. 85. (85) تقوى ވެރި މާތްމީހުން ތިމަންރަސްކަލާނގެ محشر ކުރައްވައި އެއްކުރައްވާދުވަސް (ހަނދުމަފުޅުކުރައްވާށެވެ.) އެދުވަހުން އެމީހުން جماعة جماعة އަށް ބައިބަޔަށް رحمن ވަންތަ حضرة އަށް އަންނާނެއެވެ. 86. (86) އަދި ނުބައިމީހުން - مجرم ން - ފެންބޮވައި ކަރުހިތްކައިގެންވާ حال ތިމަންރަސްކަލާނގެ އެމީހުން ނަރަކައަށް ދަމާގެންދާހުށީމެވެ. 87. (87) (مؤمن ން އެއްބަޔަކު އަނެއްބަޔަކަށް شفاعة ތެރިވަމުންދާއިރު) މިކާފަރުންނަށް އެއްވެސް شفاعة އެއް މިލްކުވެގެން ނުވާނެއެވެ. ހަމައެކަނި رحمن ވަންތަ ރަސްކަލާނގެ حضرة ން عهد އެއް ހިފައިފައިވާ މީހަކުމެނުވީއެވެ. (އެބަހީ: އެކަލާނގެ حضرة އަށް، إيمان ވެ، صالح عمل ކޮށް، رسول އަށް إيمان ވެ، ނަހީކުރެއްވި ކަންތަކުން ދުރުވެގަތްމީހަކުމެނުވީއެވެ. އެފަދަމީހުންނަށް شفاعة ވެއެވެ.) 88. (88) އަދި އެމީހުން ބުންޏެވެ. رحمن ވަންތަ ރަސްކަލާނގެ ދަރިކަލަކު ހިއްޕަވައިފިއެވެ. ދަރިކަލަކު إختيار ކުރައްވައިފިއެވެ. 89. (89) (އޭ މިތިބަ ކާފަރުންނޭވެ!) ކަލޭމެން އެހެން ބުނެފިއްޔާ އެބުނީ ހަމަ ވަރަށްބޮޑުވެގެންވާ ބަހެކެވެ. 90. (90) އޭގެސަބަބުން އުޑުތައް ފަޅަފަޅައިގެންދިއުން ގާތްވެގެންވެއެވެ. އަދި ބިންގަނޑު ކަނޑަކަނޑައިގެންގޮސް އަދި ފަރުބަދަތައް ހަލާކުވެ ކުދިކުދިވެ ތިރިވުން ގާތްވެގެންވާ ވަރުގެ ވާހަކައެކެވެ. 91. (91) رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމުގައި ބުނުމަކީ އެފަދަ ބޮޑުކުށެކެވެ. 92. (92) رحمن ވަންތަ ރަސްކަލާނގެ ދަރިކަލަކު ހިއްޕެވުމަކީ، ދަރިކަލަކު إختيار ކުރެއްވުމަކީ އެއްގޮތަކަށްވެސް އެކަލާނގެއަށް އެކަށީގެންވާ ކަމެއްނޫނެވެ. ބޭނުންވެވޮޑިގެންވާކަމެއްނޫނެވެ. އެކަލާނގެ އަމިއްލަޒާތުފުޅާއިގެން ފުދިވޮޑިގެންވެއެވެ. 93. (93) رحمن ވަންތަ ﷲ އަށް އަޅެއްގެގޮތުގައި އަންނާނެ مخلوق އެއްމެނުވީ އުޑުތަކާއި ބިމުގައި ނުވެއެވެ. (އެބަހީ: ކޮންމެ مخلوق އެއްވެސް قيامة ދުވަހުން ﷲ ގެ އަޅެއްގެގޮތުގައި އެކަލާނގެ حضرة އަށް އަންނާނެއެވެ.) 94. (94) ހަމަކަށަވަރުން މާތްރަސްކަލާނގެ އެމީހުންގެ عدد ތައް ބައްލަވާ ހިމަނުއްވައެވެ. (އެއްވެސް مخلوق އެއް ގެއްލި އުނިވެ ވީނުވީ ނޭނގި ނުދާނެއެވެ.) 95. (95) އަދި އެހުރިހާ މީހުން قيامة ދުވަހުން އެކަނި އެކަނިން އެކަލާނގެ حضرة އަށް އަންނަހުއްޓެވެ. 96. (96) ހަމަކަށަވަރުން އީމާންވެގެން صالح عمل ކުރި މީސްތަކުން (ދަންނައެވެ.) رَحمن ވަންތަ ކަލާނގެ ނިކަންހުރެ އެމީހުންނަށް ލޯބިވެތިކަން މީސްތަކުންގެ ހިތްތަކުގައި ލައްވާހުއްޓެވެ. 97. (97) (އޭ رسول ﷲ އެވެ.) ދެންފަހެ ކަލޭގެފާނުންގެ ދޫފުޅަށް ތިމަންރަސްކަލާނގެ މި قرآن ފަސޭހަކޮށްދެއްވީމެވެ. އެއީ تقوى ވެރިންނަށް އެ قرآن ން ކަލޭގެފާނުން އުފާވެރިކަމުގެ خبر ދެއްވުމަށެވެ. އަދި ދެކޮޅުވެރިކަން ގަދަވެގެންވާ ބަޔަކަށް (مكّة ގެ قريش ންނަށް) އެ قرآن ން ކަލޭގެފާނު إنذار ކުރެއްވުމަށެވެ. ބިރުވެރިކަމުގެ خبر ދެއްވުމަށެވެ. 98. (98) އަދި އެ قريش ންގެކުރިން ކިތައްކިތައް أمّة ތިމަންރަސްކަލާނގެ ހަލާކުކުރެއްވިން ހެއްޔެވެ؟ އެބަހީ: ވަރަށްގިނަމީހުން (އެމީހުން ނުކިޔަމަންތެރިވުމުން) ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ. ފަހެ އެމީހުންކުރެ އެކެއްގެ إحساس އެއްވެސް ހިލަމެއްވެސް ކަލޭގެފާނަށްވޭތޯއެވެ؟ ނުވަތަ އެއިން މީހެއްގެ އަޑެއްވިޔަސް ހިރުމެއްވިޔަސް ކަލޭގެފާނަށް އިވިވަޑައިގަންނަވައިތޯއެވެ؟ (މިއިން އެއްވެސްކަމެއް ނެތެވެ.)

- Abu Bakr Ibrahim Ali (Bakurube)

บันทึกและข้อคิด

คุณไม่มีบันทึกหรือข้อคิดเห็นใดๆ เกี่ยวกับข้อความนี้

Notes placeholders

จงเชื่อมโยงกับอัลกุรอานเสมอ ❤️

ข้อเตือนใจสั้นๆ ที่มีความหมาย เพื่อให้เราได้เริ่มต้นใหม่ ไตร่ตรอง และเชื่อมโยงกับอัลกุรอานอยู่เสมอ

อ่าน ฟัง ค้นหา และไตร่ตรองคัมภีร์อัลกุรอาน

Quran.com คือแพลตฟอร์มที่ผู้คนหลายล้านคนทั่วโลกไว้วางใจให้ใช้เพื่ออ่าน ค้นหา ฟัง และใคร่ครวญอัลกุรอานในหลากหลายภาษา Quran.com มีทั้งคำแปล ตัฟซีร บทอ่าน คำแปลทีละคำ และเครื่องมือสำหรับการศึกษาอย่างลึกซึ้ง ทำให้ทุกคนสามารถเข้าถึงอัลกุรอานได้

ในฐานะซอดาเกาะฮ์ ญาริยาห์ Quran.com มุ่งมั่นที่จะช่วยให้ผู้คนเชื่อมโยงกับอัลกุรอานอย่างลึกซึ้ง Quran.com ได้รับการสนับสนุนจาก Quran.Foundation ซึ่งเป็นองค์กรไม่แสวงหาผลกำไร 501(c)(3) และยังคงเติบโตอย่างต่อเนื่องในฐานะแหล่งข้อมูลฟรีที่มีคุณค่าสำหรับทุกคน อัลฮัมดุลิลลาฮ์

นำทาง
หน้าหลัก
วิทยุอัลกุรอาน
ผู้อ่าน
เกี่ยวกับเรา
นักพัฒนา
อัพเดทผลิตภัณฑ์
แนะนำติชม
ช่วยเหลือ
บริจาค
โครงการของเรา
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
โครงการไม่แสวงหากำไรที่เป็นเจ้าของ บริหารจัดการ หรือได้รับการสนับสนุนโดย Quran.Foundation
ลิงค์ยอดนิยม
ดุอาจากอัลกุรอาน
โองการอัลกุรอานประจำวัน
อายะห์กุรซี
ยาซีน
อัลมุลก์
อัรเราะห์มาน
อัลวากิอะฮ์
อัลกะห์ฟ
อัลมุซซัมมิล
แผนผังเว็บไซต์ความเป็นส่วนตัวข้อกำหนดและเงื่อนไข
© 2026 Quran.com. สงวนลิขสิทธิ์
มีส่วนช่วย