Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Húd 11:51 يا قوم لا اسالكم عليه اجرا ان اجري الا على الذي فطرني افلا تعقلون ٥١

Página 227 · Juz 12

يَٰقَوۡمِ
لَآ
أَسۡـَٔلُكُمۡ
عَلَيۡهِ
أَجۡرًاۖ
إِنۡ
أَجۡرِيَ
إِلَّا
عَلَى
ٱلَّذِي
فَطَرَنِيٓۚ
أَفَلَا
تَعۡقِلُونَ
٥١
(51) އޭ އަހުރެންގެ قوم އެވެ! ތިމަންކަލޭގެފާނު އެކަމުގެ މައްޗަށް އެބަހީ: رسول ކަން ކަލޭމެނަށް އިއްވުމުގެ މައްޗަށް-ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދޭނަމެވެ. - ތިމަންކަލޭގެފާނުންގެ އުޖޫރަ ތިމަންކަލޭގެފާނު ނެތުމުގެ ތެރެއިން ހެއްދެވި ކަލާނގެ حضرة ން މެނުވީ ނުވެއެވެ. ކަލޭމެން ފަހެ ބުއްދި ނުކުރާނަންހެއްޔެވެ؟
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The Story of Prophet Hud and the People of `Ad

Allah, the Exalted, says,

و

(And) This is an introductory to what is implied: "Verily, We sent."

إِلَى عَادٍ أَخَاهُمْ هُودًا

(to the `Ad (people) their brother Hud.) Hud came to them commanding them to worship Allah alone, without any associates. He forba

…

The Story of Prophet Hud and the People of `Ad

Allah, the Exalted, says,

و

(And) This is an introductory to what is implied: "Verily, We sent."

إِلَى عَ
…
Ver Tafsires

Leer en contexto

50. (50) އަދި عاد ބާގައިގެމީހުންގެގާތަށް އެމީހުންގެ أخ هود عليه السّلام رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި ކަލޭމެންނަކަށް އެހެންއެއްވެސް إله އަކު ނުވެއެވެ. ކަލޭމެންނަކީ ދޮގުވެރިބަޔަކުކަމުގައި މެނުވީ ނުވެއެވެ. (އެބަހީ: ﷲ ފިޔަވައި إله ންކަމުގައި ބުދުތަކަށް އަޅުކަންކުރުމަކީ ދޮގެވެ. އެއްވެސް މާނައެއްގައި އަޅުކަން އެއަށް ވެވުން حقّ އެއްޗެއްނޫނެވެ.) 51. (51) އޭ އަހުރެންގެ قوم އެވެ! ތިމަންކަލޭގެފާނު އެކަމުގެ މައްޗަށް އެބަހީ: رسول ކަން ކަލޭމެނަށް އިއްވުމުގެ މައްޗަށް-ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދޭނަމެވެ. - ތިމަންކަލޭގެފާނުންގެ އުޖޫރަ ތިމަންކަލޭގެފާނު ނެތުމުގެ ތެރެއިން ހެއްދެވި ކަލާނގެ حضرة ން މެނުވީ ނުވެއެވެ. ކަލޭމެން ފަހެ ބުއްދި ނުކުރާނަންހެއްޔެވެ؟ 52. (52) އަދި އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ކަލޭމެން ކަލޭމެންގެ ربّ ގެ حضرة ގައި ފާފަފުއްސެވުމަށް އެދިދަންނަވާށެވެ! ދެން އެކަލާނގެ حضرة އަށް رجوع ވެ توبة ވާށެވެ! އެކަލާނގެ ކަލޭމެންނަށް ބޯވާރޭ ފޮނުއްވާނެތެވެ. އަދި ކަލޭމެންގެ ބާރުގެތެރެއަށް ބާރު އިތުރުކޮށްދެއްވާނެއެވެ. އަދި ކަލޭމެން އުރެދޭ حال / ނުވަތަ كافر ވާ حال ފުރަގަސްނުދޭށެވެ! 53. (53) އެމީހުން ދެންނެވިއެވެ. އޭ هود ގެފާނެވެ! ކަލޭގެފާނު އަހުރެމެންގެ ގާތަށް އެއްވެސް حجّة އެއް دليل އެއް (ތިޔަދައްކަވާ ވާހަކަފުޅު ތެދުކަމުގެމައްޗަށް) ނުގެންނަވަމެވެ. އަދި ކަލޭގެފާނު ހަމަ ވިދާޅުވާ ވިދާޅުވުމަކަށް އަހުރެމެން އަހުރެމެންގެ إله ންތަކެއް ނުދޫކުރާނަމެވެ. އަދި އަހުރެމެންނަކީ ކަލޭގެފާނަށް އީމާންވާނެ ބަޔަކުކަމުގައި ނުވެއެވެ. 54. (54) (އަހުރެމެންގެ إله ންތަކަށް ހުތުރުބަސް ވިދާޅުވުމުގެ ސަބަބުން) އަހުރެމެންގެ ބައެއް إله ންގެފަރާތުން ކަލޭގެފާނަށް ކޮންމެވެސް މޮޔަކަމެއް ޖެހިވަޑައިގެންފައިވާ ކަމުގައި މެނުވީ އަހުރެމެން ނުބުނާނަމެވެ. (އެބަހީ: ކަލޭގެފާނަށް ތިޔަވަނީ އެ إله ންގެފަރާތުން ނުބައި މޮޔަކަމެއް ޖެހިވަޑައިގެންފައެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ﷲ ހެކިކުރުވަމެވެ. އަދި ކަލޭމެންވެސް ހެކިވާށެވެ. ހަމަކަށަވަރުން ކަލޭމެން ތިޔަ شريك ކުރާތަކެތީން އަހުރެންވަނީ ބަރީއަވެގެންނެވެ. 55. (55) އެކަލާނގެ މެނުވީއެވެ. ފަހެ ކަލޭމެން އެންމެން (ކަލޭމެންނާ އަދި ބުދުތަކާވެގެން) ތިމަންކަލޭގެފާނަށް ނުބައިގޮތެއް ރާވައި ގެއްލުމެއްދޭން ނިންމާލާށެވެ! އަދި ތިމަންކަލޭގެފާނަށް ދަނޑިވަޅެއްވެސް ނުދޭށެވެ! 56. (56) ހަމަކަށަވަރުން ތިމަންކަލޭގެފާނު ﷲ އަށް وكيل ކޮށްފީމެވެ. އެކަލާނގެއީ ތިމަންކަލޭގެފާނާއި އަދި ކަލޭމެންގެ ربّ އެވެ. އެއްވެސް ދިރޭއެއްޗެއް އެއެއްޗެއްގެ ނިތްކުރީގެމަތީގައިވާ އިސްތަށިގަނޑުގައި އެކަލާނގެ ހިތްޕަވައިގެންވާމެނުވީ ނުވެއެވެ. (އެބަހީ: ކޮންމެއެއްޗެއްވެސްވަނީ އެކަލާނގެ ބާރުގެދަށުގައެވެ.) ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ ވަނީ حقّ މަގުގައެވެ. عدل إنصاف ގައެވެ. (މިހެނީ ތިމަންކަލޭގެފާނު މިގޮވައިލައްވަނީ އެކަލާނގެ މަގަށެވެ. ކަލޭމެން އެމަގަށް ތަބާނުވެ އަދި އެމަގުބަންދުކުރަނީއެވެ. އެކަލާނގެ ތިމަންކަލޭގެފާނު ގެއްލެނި ނުކުރައްވާނެއެވެ.) 57. (57) (ﷲ ވަޙީކުރެއްވިއެވެ.) ފަހެ އެމީހުން އެނބުރި ފުރަގަސްދީފިއްޔާ (ވިދާޅުވާށެވެ!) ހަމަކަށަވަރުން ތިމަންކަލޭގެފާނު އެއެއްޗަކާއިގެން ކަލޭމެންގެގާތަށް އެފޮނުވުނު އެތި ހަމަކަށަވަރުން ތިމަންކަލޭގެފާނު ކަލޭމެނަށް އިއްވައިފީމެވެ. (އެބަހީ: رسول ކަން އިއްވައިފީމެވެ.) އަދި ތިމަންކަލޭގެފާނުންގެ ربّ ކަލޭމެން ހަލާކުކުރައްވައި ކަލޭމެން ނޫންބައަކު އޭގެބަދަލުގައި ގެންނަވައިފާނެއެވެ. އަދި އެއްވެސް ގެއްލުމެއް ކަލޭމެންނަށް އެކަލާނގެއަށް ނުދެވޭނެއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ربّ ހުރިހާއެއްޗެއް ރައްކާތެރިކުރައްވައެވެ. 58. (58) އަދި ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދު އެބަހީ: عذاب އައިހިނދުން هُودُ عليه السّلام އާއި އެކަލޭގެފާނާއިއެކު إيمان ވެގެންތިބިމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. އަދި قيامة ދުވަހުގެ ގަދަވެގެންވާ عذاب ން ތިމަންރަސްކަލާނގެ އެމީހުން ސަލާމަތްކުރެއްވީމެވެ. 59. (59) އަދި އެއީ އެބަހީ: މި بيان ވެގެން އެދިޔައީ عاد ބާގައިގެމީހުންގެ ވާހަކައެވެ. އެމީހުން އެމީހުންގެ ربّ ގެ އާޔަތްތަކަށް ދެކޮޅުހެދީއެވެ. އަދި އެކަލާނގެ ފޮނުއްވި رسول ބޭކަލުންނަށް އުރެދުނީއެވެ. އަދި حقّ މަގާއި ދުރުވެގެންވާ ބޮޑާ ކޮންމެ މީހެއްގެ أمر އާއި އެމީހުން تبع ވީއެވެ. 60. (60) އެމީހުންނަށް މިދުނިޔޭގައިވެސް އަދި قيامة ދުވަހުންވެސް لعنة، تبع ވެވިގެންވިއެވެ. އެބަހީ: ﷲ ގެ ކޯފާ تبع ވެވިގެންވެއެވެ. ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން عاد ބާގައިގެމީހުން އެމީހުންގެ ربّ އަށް ކާފަރުވީއެވެ. ދަންނާށެވެ! عاد ބާގައިގެމީހުން (ހެޔޮކަމާއި ﷲ ގެ رحمة އާއި) ދުރުވެގެންވެއެވެ. އެއީ هُودُ عليه السّلام ގެ قوم ގެ މީހުންނެވެ.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir