Sign in
Sign in
Sign in
Select Language
040

Ghafir 40:81 ويريكم اياته فاي ايات الله تنكرون ٨١

40:81
وَيُرِيكُمۡ
ءَايَٰتِهِۦ
فَأَيَّ
ءَايَٰتِ
ٱللَّهِ
تُنكِرُونَ
٨١
(81) އަދި އެކަލާނގެ ތިޔަބައިމީހުންނަށް އެކަލާނގެ قدرة ތެރިކަމުގެ دليل ތައް އެކި ގޮތްގޮތުން ދައްކަވައެވެ. ފަހެ ﷲ تَعَالى ގެ دليل ތަކުގެ ތެރެއިން ކަލޭމެންނަށް އިންކާރުކޮށް، ދެކޮޅުހެދޭނީ ކޮން دليل އަކަށް ހެއްޔެވެ؟
Continue Reading

Read Tafsir

Ibn Kathir (Abridged)

The Cattle are also a Blessing from Allah and a Sign from Him

Allah reminds His servants of His blessing in that He created the cattle Al-An`am for them, which refers to camels, cows and sheep; some of them they ride and some of them they eat. Camels may be ridden or eaten; their milk is drunk and th

…

The Cattle are also a Blessing from Allah and a Sign from Him

Allah reminds His servants of His blessing in that He created the cattle Al-An`am for the

…
More Tafsirs

Read in Context

Chapter 40, Page 476, Juz 24

79. (79) ﷲ އީ ކަލޭމެންނަށް ޓަކައި نعم ސޫފީގެ ވައްތަރުތައް ލެއްވި ކަލާނގެއެވެ. އެއީ އޭގެ ބައެއް ތަކެއްޗަށް ކަލޭމެން ސަވާރުވުމަށާއި، އަދި އޭގެ ބައެއް ތަކެތީން ކަލޭމެން ކެއުމަށް ޓަކައެވެ. 80. (80) އެ ތަކެތީގައި ކަލޭމެންނަށް ޓަކައި ގިނަގުނަ منفع ތައް ވެއެވެ. އަދި އެ ތަކެތީގެ މަތީގައްޔާއި، އަދި މޫދުގައި ދުވާ އުޅަނދުތަކުގައި ކަލޭމެން އެދޭ ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލައި، ބޭނުންތައް ފުއްދައި ހަދަމުއެވެ. އަދި ކަލޭމެންވެސް އޭގެ ބައެއް نعم ސޫފީގެ މައްޗަށް ސަވާރުވެ، ދަތުރުކުރަމުއެވެ. 81. (81) އަދި އެކަލާނގެ ތިޔަބައިމީހުންނަށް އެކަލާނގެ قدرة ތެރިކަމުގެ دليل ތައް އެކި ގޮތްގޮތުން ދައްކަވައެވެ. ފަހެ ﷲ تَعَالى ގެ دليل ތަކުގެ ތެރެއިން ކަލޭމެންނަށް އިންކާރުކޮށް، ދެކޮޅުހެދޭނީ ކޮން دليل އަކަށް ހެއްޔެވެ؟ 82. (82) އެމީހުން - يعني مكّة ގެ قريش ން - جزيرةالعرب ގެ ބިމުގެ އެތަންމިތާ ހިނގާބިނގާވެ، ދަތުރުފަތުރުކޮށް ނަހަދަނީ ބާވައެވެ؟! (އެތާނގެ އުތުރުން صالح ގެފާނުންގެ قوم، ثمود ބާގައިގެ މީހުންގެ އަސަރުތައް އެ ހުރީއެވެ. ދެކުނުގައި عاد ބާގައިގެ މީހުންގެ އަސަރުތައް ވެއެވެ. ހުޅަނގު ފަރާތުގައި شعيب ގެފާނުގެ قوم ގެ އަސަރުތަކެވެ. އަދި لوط قوم ގެ އަސަރެވެ.) އެމީހުން އެތަންތަން ބަލައި عبرة حاصل ނުކުރަނީ ބާވައެވެ؟! އިސްވެދިޔަ قوم ތަކުގެ ތެރެއިން رسول ބޭކަލުން ދޮގުކުރި قوم ތަކުގެ ފަހުކޮޅު އެމީހުންގެ ނިމުން ވީ ކޮން ފަދައަކުންކަން އެނގޭވަރު ވާނެއެވެ. އެ أمّة ތަކުގެ މީހުން عدد ގެ ގޮތުން މި މީހުންނަށްވުރެ މާ ގިނައެވެ. ބާރުގެ ގޮތުން މާ ވަރުގަދައެވެ. عمارة ކުރުމާއި، فنّانى ގޮތުން ބިމުގައި އެމީހުންގެ އަސަރު މާ ގަދައެވެ. ނަމަވެސް ﷲ ގެ ކޯފާ އައިހިނދުން - ނުކިޔަމަންތެރީންގެ މައްޗަށް عذاب އައިހިނދުން - އެމީހުން ކުރި ކަމަކުން، އަދި އެމީހުން ހޯދި އެއްޗަކުން އެމީހުންނަކަށް އެއްވެސް ފައިދާއެއް ނުކުރިއެވެ. ބަރުބާދުވެގެން ދިޔައީއެވެ. 83. (83) ފަހެ އެމީހުންގެ ގާތަށް بيان ވެގެންވާ دليل އާއި، معجزة އާއިގެން އެމީހުންގެ رسول ބޭކަލުން ވަޑައިގަތީމައި، އެމީހުން އުފާކުރީ އެމީހުންގެ އަތުގައިވާ އެމީހުން علم އެވެ ކިޔާ ތަކެއްޗަށެވެ. (އެއީ ދުނިޔޭގެ حياة ގެ ބޭރުފުށާބެހޭ ކުޑަ އެނގުންކޮޅެކެވެ. / ނުވަތަ ޝައްކާއި، وهم އާއި، خيال ތަކެކެވެ. އެއަށް جاهل ން ކިޔަނީ علم އެވެ. މިހާރަކަށް އައިސް މިއުޅޭ މީސްތަކުންވެސް إسلام دين އާ ނުބެހޭ ކުޑަ معلومات ކޮޅެއް ކުޑަކުދީންގެ ޅަފަތުގައި ދަސްކޮށްދީ، تعليم، تعليم ކިޔަމުން މިދާ ދިއުމާ އެއްވެސް ތަފާތެއް ވޭބާވައެވެ؟!) ދެންފަހެ އެކަމަށް އެމީހުން މަލާމާތްކުރި ކަންތައް - އެބަހީ ﷲ ގެ عذاب - އެމީހުން ވަށައިލީއެވެ. 84. (84) ފަހެ ތިމަން ރަސްކަލާނގެ عذاب ފެނުނުހިނދުން އެކާފަރުން ބުނެއެވެ. "އެއްކައުވަންތަ ﷲ އަށް އަހުރެމެން އީމާންވެއްޖައީމެވެ. އަދި މީގެ ކުރީން އަހުރެމެން އެ ތަކެއްޗަށް އަޅުކަންކޮށް ﷲ އާއި އެތަކެއްޗާ شريك ކުރި އެންމެހައި ތަކެއްޗަށް އަހުރެމެން ކާފަރުވެއްޖައީމެވެ. އެތަކެތި ދޫކޮށްލައިފީމެވެ." މިބާވަތުގެ އީމާންކަމަކީ އެއީ صلاح الدّين ވިދާޅުވިގޮތަށް "ވަޅިނެރޭތަން ދެކެފާ ހާކުޅައޭ استغفار - މަޅިފަތީގާ ޖެހުމުން ކުކުޅު ޙަރާމްކުޅައެ ބާޒު" މިކަހަލަ އީމާންކަމެކެވެ. މައްސަލަޖެހިތާށިވީމާ ދެންވާތައުބާގެ ފައިދާނުކުރާގޮތަށެވެ. 85. (85) ފަހެ ތިމަން ރަސްކަލާނގެ عذاب އެމީހުންނަށް ފެނުނުހިނދުން ދެން އެމީހުން އެ ވީ އީމާންކަމަކުން އެމީހުންނަކަށް އެއްވެސް منفع އެއް ނުކުރިއެވެ. ނުވެސް ކުރާނެއެވެ. އެއީ އިސްވެދިޔަ އެކަލާނގެ އަޅުތަކުންނާމެދު ވެސް އެކަލާނގެ ކަންތައް ގެންދަވާ ގޮތެވެ. އެކަލާނގެ سنّة އެވެ. ދެން އަދި عذاب އައިސް ޖެހުމުން ދެން އެހިނދުން އެންމެހައި ކާފަރުން ގެއްލި ހަލާކުވީއެވެ. والله أعلم.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute