وَٱلَّذِينَ
ٱتَّخَذُواْ
مَسۡجِدٗا
ضِرَارٗا
وَكُفۡرٗا
وَتَفۡرِيقَۢا
بَيۡنَ
ٱلۡمُؤۡمِنِينَ
وَإِرۡصَادٗا
لِّمَنۡ
حَارَبَ
ٱللَّهَ
وَرَسُولَهُۥ
مِن
قَبۡلُۚ
وَلَيَحۡلِفُنَّ
إِنۡ
أَرَدۡنَآ
إِلَّا
ٱلۡحُسۡنَىٰۖ
وَٱللَّهُ
يَشۡهَدُ
إِنَّهُمۡ
لَكَٰذِبُونَ
١٠٧
(107) އަދި (مؤمن ންނަށް) އުނދަގޫކޮށް ދަތިކުރުމަށާއި ކާފަރުވުމަށާއި مؤمن ންގެ ދެމެދު ވަކިކޮށް ބައިބައިކުރުމަށާއި އަދި މީގެކުރިން ﷲ އަށާއި އެކަލާނގެ رسول އާ އާއި ހަނގުރާމަ ކުރިމީހަކު އައުމުގެ إنتظار ގައި މިސްކިތެއް ބިނާކޮށް ހެދިމީހުންނަކީވެސް منافق ންކުރެ ބައެކެވެ. އަދި އެމީހުން ﷲ ގަންދީ ހުވައިކޮށްފާ ބުނެއެވެ. އަހުރެމެން މިކަމުގައި ހަމަ ހެޔޮނޫނީ ނޭދެމެވެ. އަދި އެހެނެއްކަމަކު އެމީހުން އެއީ ކަނޑައެޅިގެން ދޮގުވެރިންކަމުގައި ﷲ ހެކިވެވޮޑިގަންނަވައެވެ.
• ދަންނައެވެ. މި منافق ން މިބުނާ މިސްކިތެއް ހެދީ أَبُوعَامِرُ الرَّاهِب ކިޔާ މީހެއްގެ أمر އަށެވެ. އެއީ ﷲ އާއި رسول އާއި ދިމާ އިދިކޮޅު މީހެކެވެ. އޭނާ އެމީހުންނަށް ބުނީ ކަލޭމެން މިސްކިތް އަޅާ ތައްޔާރުކުރާށެވެ! އަހުރެން رُوم ކަރައިގެ قَيْصَرُ ކައިރިޔަށްގޮސް ސިފައިންނާއި ހަތިޔާރު ހިފައިގެން އައިސް محمّد ގެފާނާއި އެކަލޭގެފާނުންގެ أصحاب ން ނެރެލާނަމެވެ. އެމީހުން އޭނާގެ ބަސް އަހައި މިސްކިތެއް އެޅީއެވެ. އެމީހުން އެކަން ކުރިއިރު ބޭރުފުށަށް ދައްކަނީ فقير ން ތިބޭށާއި މުސާފިރުން ރޭކޮށްލާށާއި މީހުންނަށް އެހީވާން ހެދި ތަނެއްކަމުގައެވެ. (އެމިސްކިތް މަޝްހޫރުވެގެންވަނީ ضِرَارُ މިސްކިތުގެ ނަމުންނެވެ.) ނަމަވެސް އެމީހުން އެ إنتظار ކުރަނީ أبوعامر އައުމަށެވެ. ދެން މިސްކިތްއަޅާ ނިމުމުން - މިސްކިތް ހުޅުވުމަށް رسول ﷲ ﷺ އަށް އެމީހުން ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވީ ތިމަންކަލޭގެފާނު މިހާރު ހަނގުރާމައަށް ނުކުމެވަޑައިގަންނަވަނީކަމަށެވެ. ހަނގުރާމައިން އައިސް ތިޔަކަމާއި އުޅުއްވާނެކަމަށެވެ. ދެންފަހެ ހަނގުރާމައިން ނިމިވަޑައިގެން އެކަލޭގެފާނު ވަޑައިގެންނެވުމުގެ ކުރިން ﷲ تعالى އެމިސްކިތުގެ ހުރިހާ خبر ތަކެއް އެކަލޭގެފާނަށް އަންގަވައި ދުވަހަކުވެސް އެތާ قائم ވެވަޑައިނުގެންނެވުމަށް وحي ކުރެއްވިއެވެ. ދެން رسول ﷲ ﷺ ބަޔަކު ފޮނުއްވައި އެމިސްކިތް ހަލާކު ކުރައްވާ ނިންމައިލީއެވެ. އެކަމަށް إشارة ކުރައްވާ ﷲ وحي ކުރެއްވި ބަސްފުޅުގެތަރުޖަމާ މިވަނީއެވެ. = زيدة التفسير =.
Read q-and-a.tafsir
Ibn Kathir (Abridged)
Masjid Ad-Dirar and Masjid At-Taqwa
The reason behind revealing these honorable Ayat is that before the Messenger of Allah ﷺ migrated to Al-Madinah, there was a man from Al-Khazraj called "Abu `Amir Ar-Rahib (the Monk)." This man embraced Christianity before Islam and read the Scriptures. During the
…Masjid Ad-Dirar and Masjid At-Taqwa
The reason behind revealing these honorable Ayat is that before the Messenger of Allah ﷺ migrated to Al-Madinah, th
…