登入
登入
登入
选择语言
016

An-Nahl 16:20 والذين يدعون من دون الله لا يخلقون شييا وهم يخلقون ٢٠

16:20
وَٱلَّذِينَ
يَدۡعُونَ
مِن
دُونِ
ٱللَّهِ
لَا
يَخۡلُقُونَ
شَيۡـٔٗا
وَهُمۡ
يُخۡلَقُونَ
٢٠
(20) އަދި އެމީހުން يعني: مشرك ންގެމީހުން ﷲ ފިޔަވައި އެތަކެއްޗަށްގޮވާ دعاء ކޮށް އެހަދާ ތަކެތި އެބަހީ: ބުދުތައް އެއްވެސް އެއްޗެއް ނުހަދަ އެވެ. އަދި އެތަކެތި އެއީ ހެއްދެވިގެންވާ ތަކެއްޗެވެ.
继续阅读

阅读《古兰经注》

Ibn Kathir (Abridged)

The gods of the Idolators are Created, they do not create

Then Allah tells us that the idols which people call on instead of Him cannot create anything, they are themselves created, as Al-Khalil (Ibrahim) said:

قَالَ أَتَعْبُدُونَ مَا تَنْحِتُونَ - وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ

("Do you wors

…

The gods of the Idolators are Created, they do not create

Then Allah tells us that the idols which people call on instead of Him cannot create anything

…
更多经注

结合上下文阅读

章 16, 页 269, Juz 14

10. (10) އަދި އުޑުން ފެންބާވައިލެއްވީ ހަމަ އެކަލާނގެއެވެ. ﷲ އެވެ. އެފެން ކަލޭމެން ބުއިމަށްވެއެވެ. އަދި އެފެނުން ގަސްހެދުންވެއެވެ. އެގަސްގަހާ ގެއްސަކީ އެއިން ކަލޭމެން ގެރިބަކަރިތަކަށާއި އެހެނިހެންވެސް ޖަނަވާރުތަކަށް ފަތްކާންދީ ހުއިހައްޕުވާ ހަދާ ގަހެވެ. 11. (11) އަދި އެފެނުން އެކަލާނގެ ކަލޭމެންގެ ދަނޑުތައް ފަޅުއްވައި ހައްދަވައިދެއްވައެވެ. އަދި ޒައިތޫނިގަހާއި ކަދުރު ރުކާއި މޭބިސްކަދުރާއި އަދި ހުރިހާ ވައްތަރެއްގެ މޭވާ އެފެނުގެ ސަބަބުން އެކަލާނގެ ނެރުއްވައެވެ. ހަމަކަށަވަރުން އެހެރަ އެހެރަ ކަންކަމުގައި ކަންކަމަށް ބުއްދިކޮށް ފިކުރުކުރާބަޔަކަށް (ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ) دليل ތަކާއި ހެކިތައްވާކަންކަށަވަރެވެ. 12. (12) އަދި ރޭގަނޑާއި ދުވާލާއި އަދި އިރާއި ހަނދާއި އެކަލާނގެ ކަލޭމެނަށް ކިޔަމަންކޮށްދެއްވިއެވެ. އަދި އެކަލާނގެ أمر ފުޅަށް ތަރިތައް ކިޔަމަންކުރެއްވިގެންވެއެވެ. މިތަކެތި މިގޮތަށް ކިޔަމަންތެރިކުރެއްވުމުގައި ހަމަކަށަވަރުންވެސް އެތަކެތި ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެމައްޗަށް دليل ކުރާ ހެކިތަކާއި حجّة ވާކަން ކަށަވަރެވެ. ބުއްދީގެ ބޭނުންކޮށް ހެޔޮވިސްނާ ބަޔަކަށެވެ. 13. (13) އަދި އެކަލާނގެ ކަލޭމެނަށްޓަކައި ބިމުގައި ހައްދަވާފައިވާ އެކިއެކި ތަފާތު ކުލަކުލައިގެ ތަކެތީގައިވެސް (އެބަހީ: އެތަކެތި އެހާ ފުރިހަމަ نظام އަކުން ހައްދަވާ ތަރުތީބުކުރައްވާފައިވާކަމީ) އެތަކެތި ހެއްދެވި ފަރާތުގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ މައްޗަށް دليل ކުރާ ކަމެއްކަން ކަށަވަރެވެ. وعظ އާއި نصيحة ލިބިގަންނަ ބަޔަކަށެވެ. 14. (14) އަދި ކަނޑު ކިޔަމަންކުރެއްވީވެސް ހަމަ އެކަލާނގެއެވެ. އެއީ ކަލޭމެން އެކަނޑުގެ ތާޒާމަސް (ބާނައިގެން / ނުވަތަ ހިފައިގެން) ކެއުމަށްޓަކައެވެ. އަދި އެކަނޑުން ކަލޭމެން އަޅައިއުޅޭނޭ ގަހަނާ ނެރުމަށްޓަކައެވެ. (އެބަހީ: ގަހަނާގައި ބޭނުންކުރާ ރަންމުތާއި ތަކެތި ނެގުމަށެވެ.) އަދި ނައުފަހަރު އެކަނޑުގައި ހުންގާނު މޮއިކަފައިލާ ރާޅުތައް ފަޅަމުންދާތަން ކަލޭ ދެކޭނެއެވެ. އެއީ ﷲ ގެ فضل ވަންތަކަމުން ކަލޭމެން އެދިގަތުމަށެވެ. (އެބަހީ: ވިޔަފާރި ދަތުރު ފަދަ ދަތުރުކޮށް އޭގެ ފައިދާޔާ ލާބަ ލިބިގަތުމަށެވެ.) އަދި އެކަންކަމުން ކަލޭމެން ﷲ އަށް شكر ކުރުމުގެ مقصد ގައެވެ. 15. (15) އަދި ކަލޭމެންނާއިގެން ބިންގަނޑު حركاة ކޮށް އަދި ނުތެޅުމަށްޓަކައި އެކަލާނގެ އެބިމުގައި ވަރުގަދަ ފަރުބަދަތައް ޖައްސަވައި ހަރުކުރެއްވިއެވެ. އަދި ކަލޭމެން ބިމުގައި ހިނގާބިނގާވުމުގައި މަގުލިބިގަނެ ތަންދޮރު އެނގުމަށްޓަކައި އެކަލާނގެ އެބިމުގައި ކޯރުތަކާއި މަގުތައް ލެއްވިއެވެ. 16. (16) އަދި (އެކި ވަގުތުގައި) ތެދުމަގު ލިބިގަތުމަށް އެތައް ބައިވަރު علامة އެއް އެކަލާނގެ ލެއްވިއެވެ. އަދި ރޭގަނޑުގެ ވަގުތު ތަރިތަކުން އެމީހުން ތެދުމަގު ލިބިގަންނާނެގޮތް އެކަލާނގެ ލެއްވިއެވެ. 17. (17) އަޅެފަހެ (މި عَجائب ވާފަދަ ފުރިހަމަކޮށް) ތަކެތި ހައްދަވާ ކަލާނގެއާއި އެއްވެސް އެއްޗެއް ނުހެއްދެވޭ ތަކެއްޗާ يعني: ބުދުތަކާ އެއްވަރުހެއްޔެވެ؟ އެއްގޮތްވާނެހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ. (އެހެންވުމާ އެކުވެސް އެބުދުތަކަށް އަޅުކަންކޮށް ﷲ އާ އެއްފަދަކޮށް އެކަލާނގެއާ شريك ކުރަން ހެޔޮވާނޭހެއްޔެވެ؟) ކަލޭމެން ފަހެ وعظ އާއި نصيحة އެއް ލިބިގަނެ އެއްޗެއް ވިސްނާކަށް ނުވޭހެއްޔެވެ؟ 18. (18) އަދި ކަލޭމެން ﷲ ގެ نعمة ތައް ގުނާ عدد ކުރަން އުޅުނަސް އެތަކެތި ހިމަނައި ނުގަނެވޭހާ ގިނައެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެކަން ކަށަވަރެވެ. 19. (19) އަދި ކަލޭމެން ސިއްރުގައިކުރާހާކަމަކާއި އަދި ފައުޅުގައި ކުރާހާކަމެއްވެސް ﷲ ދެނެވޮޑިގަންނަވައެވެ. (އެކަންކަމަށް އެކަލާނގެ ފުރިހަމަ جزاء ދެއްވާނެއެވެ.) 20. (20) އަދި އެމީހުން يعني: مشرك ންގެމީހުން ﷲ ފިޔަވައި އެތަކެއްޗަށްގޮވާ دعاء ކޮށް އެހަދާ ތަކެތި އެބަހީ: ބުދުތައް އެއްވެސް އެއްޗެއް ނުހަދަ އެވެ. އަދި އެތަކެތި އެއީ ހެއްދެވިގެންވާ ތަކެއްޗެވެ. 21. (21) އެތަކެތި އެއީ މަރުވެފައިވާ ތަކެއްޗެވެ. (އެބަހީ: أصل އަށް އެތަކެތީގައި ފުރާނަ ނުވެއެވެ.) އެއީ ދިރިހުރިތަކެއްޗެއްނޫނެވެ. އެތަކެތި محشر އަށް ފޮނުއްވޭނީ ކޮންއިރަކުންކަންވެސް އެތަކެއްޗަށް ނޭނގޭނެއެވެ. ނުވަތަ އެތަކެއްޗަށް އަޅުކަންކުރި މީސްތަކުން محشر އަށް ފޮނުވޭނީ ކޮންއިރަކުންކަން އެއްވެސް ގޮތަކުން އެތަކެއްޗަށް ނޭނގޭނެއެވެ.

- Abu Bakr Ibrahim Ali (Bakurube)

笔记与反思

你对这节经文没有任何笔记或感想。

Notes placeholders

与《古兰经》保持联系❤️

简短而有意义的提醒,帮助你重新调整、反思并与《古兰经》保持联系。

阅读、聆听、探索并思考《古兰经》

Quran.com 是一个值得信赖的平台,全球数百万人使用它来阅读、搜索、聆听和思考多种语言的《古兰经》。它提供翻译、注释、诵读、逐字翻译以及深入研究的工具,让每个人都能接触到《古兰经》。

作为一家名为“施舍之家”(Sadaqah Jariyah)的机构,Quran.com 致力于帮助人们与《古兰经》建立更深层次的联系。在 501(c)(3) 非营利组织 Quran.Foundation 的支持下,Quran.com 不断发展壮大,成为所有人的免费宝贵资源。Alhamdulillah(真主安拉)

导航
首页
在线听古兰经
朗诵者
关于我们
开发者
产品更新
反馈问题
帮助
捐
我们的项目
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation 拥有、管理或赞助的非营利项目
热门链接
古兰经中的祈祷词
每日古兰经经文
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
网站地图隐私条款和条件
© 2026年 Quran.com. 版权所有
贡献