(13) އަދި މުޅިދުނިޔޭގެ نِظَاَم ފުރިހަމައަށްދެމިހުންނާނޭގޮތުން އަލިކޮށް ހޫނުކޮށްދޭ އެއްޗެއްކަމުގައި ތިމަންރަސްކަލާނގެ އިރުލެއްވީމެވެ.
• ދަންނައެވެ. މިފަދަ ކަންތައްތައް މިހާމޮޅަށް ހައްދަވައި ތަރުތީބުކުރައްވައި މިފުރިހަމަ نِظَاَم ގެމަތިން ހިންގަވާ ކަލަކަށް މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި مَحْشَرُ ކުރައްވައި ޢަމަލުތަކަށް ޖަޒާދެއްވުން އުދަގޫވެ ވޮޑިގަންނަވާނެހެއްޔެވެ؟ އުދަގޫވެ ވޮޑިނުގަންނަވާނެކަން ކަށަވަރެވެ.