Sign in
Sign in
Sign in
Select Language
003

Ali 'Imran 3:171 ۞ يستبشرون بنعمة من الله وفضل وان الله لا يضيع اجر المومنين ١٧١

3:171
۞ يَسۡتَبۡشِرُونَ
بِنِعۡمَةٖ
مِّنَ
ٱللَّهِ
وَفَضۡلٖ
وَأَنَّ
ٱللَّهَ
لَا
يُضِيعُ
أَجۡرَ
ٱلۡمُؤۡمِنِينَ
١٧١
(171) ﷲ ގެ حضرة ންވާ نعمة އާއި فضل ވަންތަކަމުން އުފާކުރާ حال ގައި އެމީހުންވެއެވެ. އަދި ހަމަކަށަވަރުން مؤمن ންގެ ދަރުމަޔާ ثواب ﷲ ގެއްލެނި ނުކުރައްވާނެއެވެ.
Continue Reading

Read Tafsir

Ibn Kathir (Abridged)

Virtues of the Martyrs

Allah states that even though the martyrs were killed in this life, their souls are alive and receiving provisions in the Dwelling of Everlasting Life. In his Sahih, Muslim recorded that Masruq said, "We asked `Abdullah about this Ayah,

وَلاَ تَحْسَبَنَّ الَّذِينَ قُتِلُواْ فِى

…

Virtues of the Martyrs

Allah states that even though the martyrs were killed in this life, their souls are alive and receiving provisions in the Dwelli

…
More Tafsirs

Read in Context

Chapter 3, Page 72, Juz 4

165. (165) އަޅެފަހެ ކަލޭމެނަށް مصيبة އެއްޖެހުނު ކޮންމެހިނދެއްގައި (އެބަހީ مشرك ންގެ ފަރާތުން ކަލޭމެނަށް ނާކަމިޔާބުވީމާ) ކަލޭމެން ބުނަނީހެއްޔެވެ. މިއީ ކިހިނެއްޖެހުނު مصيبة އެއްހެއްޔެވެ؟ (އަހުރެމެން މި ހަނގުރާމަކުރަނީ ﷲ ގެ މަގުގައެވެ. އަދި އަހުރެމެންގެތެރޭގައި މިވަނީ وحي ބާވައިލެއްވޭ رسول އެކެވެ. އަދި ﷲ ވަނީ نصر ދެއްވާނެކަމުގެ وعد ފުޅުކުރައްވާފައެވެ.) އޭ رسول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެއީ ހަމަ ކަލޭމެންގެ نفس ތަކުގެ ފަރާތުން އައި مصيبة އެކެވެ. (ކަލޭމެންގެތެރެއިން ކޮންމެވެސް ބަޔަކު رسول އާގެ ބަސްފުޅާ خلاف ވުމުގެ ސަބަބުންއައި مصيبة އެކެވެ. އަދި މީގެކުރީ ބަދުރު ހަނގުރާމައިގާ ކަލޭމެންނަށް أحد ހަނގުރާމައިގާ މިލިބުނުވަރުގެ ދެގުނަ مشرك ންނަށް ކަލޭމެން ދިނީމުއެވެ.) ހަމަކަށަވަރުން ކޮންމެކަމެއްގެ މައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. 166. (166) އަދި ދެ لشكر ބައްދަލުވި (أحد ހަނގުރާމައިގެ) ދުވަހު ކަލޭމެން مؤمن ންނަށް އެދިމާވި مصيبة އެއް އެއީ ހަމަ ﷲ ގެ އިޒުނަފުޅަށް ދިމާވިކަމެކެވެ. (ﷲ ގެ قضَاء قَدَرُ ގެފަރާތުން އައިކަމެކެވެ.) އަދި އެއީ مؤمن ންނަށް އެންގެވުމަށެވެ. (އެބަހީ إيمان ކަމުގެ أهل ވެރިންނަކީ ކޮބައިކަންވެސް مؤمن ންނަށް އެންގެވުމަށެވެ.) 167. (167) އަދި منافق ވީ މީހުންނަށްވެސް އެންގެވުމަށެވެ. (އެބަހީ منافق ންނަށްވެސް إخلاص ތެރި مؤمن ންނާއި منافق ން ރަނގަޅަށް ވަކިކޮށް އެނގުމަށްޓަކައެވެ.) އަދި އެ منافق ންނަށް ބުނެވުނެވެ. ކަލޭމެން ﷲ ގެ މަގުގައި ހަނގުރާމަކުރުމަށް އަންނާށެވެ! ނުވަތަ ميدان ގައި މީހުން ގިނަކޮށް ބައިބޮޑު ކުރުމަށް އަންނާށެވެ! އޭގެ جواب ގައި އެމީހުން ބުނީ ހަނގުރާމައެއްކަހަލަ ހަނގުރާމައެއްވާނެކަން އަހުރެމެންނަށް އެނގޭނަމަ އަހުރެމެން ކަލޭމެނާ تبع ވީމުހެވެ. (އަހުރެމެންނަށް ހީވާގޮތުގައި ތިޔައީ އެއްވެސް ހަނގުރާމައެއް ހިނގާނެކަމެއްނޫނެވެ.) އެދުވަހު އެމީހުން إيمان ކަމަށްވުރެ ކާފަރުކަމަށް ގާތްކަން ބޮޑެވެ. އެމީހުންގެ ހިތްތަކުގައި ނެތްތަކެތި އެމީހުންގެ ދޫތަކުން ބުނަނީއެވެ. އަދި އެމީހުންގެ ހިތްތަކުގައި ވަންހަނާކޮށް ނިވައިކޮށްފައިވާ ތަކެތި ﷲ ދެނެވޮޑިގެންވެއެވެ. 168. (168) އެމީހުންނަކީ (އެބަހީ އެ منافق ންނަކީ) އެމީހުން ހަނގުރާމައަށް ނުގޮސް ގޭގައި އިށީނދެތިބެ (مشرك ންކުރެ أحد ހަނގުރާމައިގާ މަރުވި مشرك ންގެ) أخ ންނަށް مخاطب ކުރެވޭގޮތަށް ބުނިމީހުންނެވެ. މި منافق ން ބުންޏެވެ. އެމީހުންވެސް (އެބަހީ އެމަރުވި މީހުންވެސް) އަހުރެމެންނަށް ކިޔަމަންވެގެން ތިބިނަމަ އެ ميدان ގައި މަރުނުވީހެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަކީ ތެދުބުނާ ބަޔަކުކަމުގައިވަންޏާ ކަލޭމެން ނިކަން ކަލޭމެންގެ نفس ތަކުން މަރު ދުރުކޮށްބަލާށެވެ! (ކަލޭމެން މަރުވިޔަނުދޭށެވެ!) އެއީ ވާނެކަމެއްނޫނެވެ. 169. (169) އަދި ﷲ ގެމަގުގައި ހަނގުރާމަކޮށް قتل ވެ شهيد ވެގެންދިޔަ މީހުންނަކީ މަރުވެފައިވާ ބަޔަކު ކަމުގައި އެއްގޮތަކަށްވެސް ކަލޭމެން ހީނުކުރާށެވެ! އަދި ކިއެއްހެއްޔެވެ؟ އެމީހުންނަކީ އެމީހުންގެ ربّ ގެ حضرة ގައި رزق ލިބިލިބި ތިބޭ حال ދިރިތިބި ބައެކެވެ. 170. (170) އަދި ﷲ އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެމީހުންނަށް ދެއްވިތަކެއްޗާމެދު (عدد ނުކުރެވޭހާ نعمة އާއި كرامة އާއިމެދު) އެމީހުން އުފާކުރެއެވެ. އަދި އެމީހުން شهيد ވެގެންދިޔައިރު شهيد ވެގެން އެމީހުންނާ ބައްދަލުނުވެ ދުނިޔޭގައި އަދި ތިބި މީހުން ގެ މައްޗަށް އެއްވެސް ބިރުވެރިކަމެއް ނެތްކަމާއި އަދި އެމީހުންނަކީ ހިތާމަކުރާނެ ބަޔަކުނޫންކަމުގެ އުފާވެރި خبر ލިބިލިބިއެވެ. އެމީހުންނަށް އެޚަބަރު ދެއްވަނީ ﷲ އެވެ. 171. (171) ﷲ ގެ حضرة ންވާ نعمة އާއި فضل ވަންތަކަމުން އުފާކުރާ حال ގައި އެމީހުންވެއެވެ. އަދި ހަމަކަށަވަރުން مؤمن ންގެ ދަރުމަޔާ ثواب ﷲ ގެއްލެނި ނުކުރައްވާނެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute