Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Al-Qásas 28:82 واصبح الذين تمنوا مكانه بالامس يقولون ويكان الله يبسط الرزق لمن يشاء من عباده ويقدر لولا ان من الله علينا لخسف بنا ويكانه لا يفلح الكافرون ٨٢

Página 395 · Juz 20

وَأَصۡبَحَ
ٱلَّذِينَ
تَمَنَّوۡاْ
مَكَانَهُۥ
بِٱلۡأَمۡسِ
يَقُولُونَ
وَيۡكَأَنَّ
ٱللَّهَ
يَبۡسُطُ
ٱلرِّزۡقَ
لِمَن
يَشَآءُ
مِنۡ
عِبَادِهِۦ
وَيَقۡدِرُۖ
لَوۡلَآ
أَن
مَّنَّ
ٱللَّهُ
عَلَيۡنَا
لَخَسَفَ
بِنَاۖ
وَيۡكَأَنَّهُۥ
لَا
يُفۡلِحُ
ٱلۡكَٰفِرُونَ
٨٢
(82) އަދި އިއްޔެ قارون ގެ ދަރަޖަޔާ އޭނާގެ މުދަލާ مقام އެދުނުމީހުން މިއަދު ބުނާކަމުގައިވިއެވެ. ހިތާމަހުއްޓެވެ. ކަލޭމެން ހޭއަރާށެވެ. ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އަޅުތަކުންގެތެރެއިން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ރިޒުގު ތަނަވަސް ކުރައްވައި އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ދަތިކުރައްވައެވެ. އަދި ﷲ تعالى އަހުރެމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިނުގެންނެވިނަމަ / رحمة ނުލެއްވިނަމަ އަހުރެމެންވެސް قارون އާއި އެކީ ގަންބަވައިގަންނަވައިފީހެވެ. ހިތާމަ ހުއްޓެވެ. އަދި ކަލޭމެން ހޭއަރާށެވެ. ހަމަކަށަވަރުން كافر ންނަށް އެކަލާނގެ ކާމިޔާބު ނުދެއްވާނެއެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

How Qarun and His Dwelling Place were swallowed up by the Earth

After telling us about Qarun's conceit and pride in his adornments, and how he was arrogant towards his people and transgressed against them, Allah then tells us how he and his dwelling place were swallowed up by the earth. This was also

…

How Qarun and His Dwelling Place were swallowed up by the Earth

After telling us about Qarun's conceit and pride in his adornments, and how he was arro

…
Ver Tafsires

Leer en contexto

76. (76) ހަމަކަށަވަރުން قَارُوْنُ ވީ موسى عليه السّلام ގެ ގާތްތިމާގެ މީހުންގެތެރެއިންނެވެ. (ބުނެވެނީ قَارُوْن އަކީ موسى عليه السّلام ގެ ބޮޑުބޭބެ ދަރިއެއްކަމުގައެވެ.) ފަހެ އޭނާ އެމީހުންގެ މައްޗަށް ބޮޑާވެ كِبر ވެރިވެގަތީއެވެ. އަދި އޭނާއަށް ތިމަންރަސްކަލާނގެ ގިނަ މުދަލާ كَنْزُ ތައް ދެއްވީމެވެ. ހަމަކަށަވަރުން އޭނާގެ خَزَانَة ތަކުގެ ތަޅުދަނޑިތައް އުފުލުމަށް ބާރުގަދަ جماعة އެއްގެބަޔަކަށްވެސް ބަރުވެގެންވެއެވެ. އަދި އޭނާގެ قوم ގެމީހުން އޭނާއަށް ބުނިހިނދު ހަނދުމަފުޅުކުރައްވާށެވެ. (އޭ قَارُوْن އެވެ!) ކަލޭ ބޮޑާވެ އުފާނުކުރާށެވެ! ހަމަކަށަވަރުން ބޮޑާވެ كِبر ވެރިވެ އުފާކުރާ މީހުންނަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ. 77. (77) އަދި ކަލެއަށް ﷲ تعالى ދެއްވިތަކެތީން ކަލޭ آخرة އެދޭށެވެ. (އެބަހީ: އެމުދަލުން آخرة ބާއްޖަވެރިވާނެ عمل ކުރާށެވެ!) އަދި ދުނިޔެއިން ކަލެއަށް ލިބިފައިވާ ބައި (ކަލޭގެ حِصّة) ހަނދާންނައްތާ ނުލާށެވެ! (އެވަގުތުކޮޅުގައި އަދި އެތަކެތީން آخرة ރޯޝަންކުރެވޭފަދަ عمل ކުރާށެވެ!) އަދި ﷲ ކަލެއަށް إحسان ތެރިވެވޮޑިގެންނެވިފަދައިން ކަލޭވެސް މީސްތަކުންނަށް ހެޔޮކޮށްހިތާ إحسان ތެރިވާށެވެ! އަދި ބިމުގައި ފަސާދަކުރަން قصد ނުކުރާށެވެ! ހަމަކަށަވަރުން ފަސާދަކުރާ މީހުންނަށް ﷲ ލޯބިވެވޮޑި ނުގަންނަވާނެއެވެ. 78. (78) އޭނާ އެބަހީ: قارون ބުންޏެވެ. އަހުރެންނަށް އެމުދާ ލިބިފައިވާކަން ކަށަވަރީ އަހުރެންގެ ކިބައިގައިވާ ވިޔަފާރީގެ ހުނަރުތައް މޮޅުކަމެވެ. އެކަމުގެ علم ހުރެގެނެވެ. (ﷲ تعالى އޭގެ جواب ގައި وحي ކުރެއްވިއެވެ.) އޭނާގެ ކުރިން އިސްވެދިޔަ أمّة ތަކުގެތެރޭގައި ބާރުގެގޮތުން މާގަދަފަދަ މީހުންނާއި ވިޔަފާރީގެގޮތުން މުދާ އެއްކޮށް ޖަމަޢަކުރުމުގައި މާ ހުނަރުވެރި ކިތަންމެބަޔަކު ﷲ ހަލާކުކުރެއްވިކަން އޭނާއަށް ފަހެ ނޭނގޭބާވައެވެ. (އެއީ އެމީހުން ނުބައިވީހިނދުންނެވެ. ފާފަތަކަށް އަރައި ނުކިޔަމަންތެރިވުމުގެ ސަބަބުންނެވެ.) އަދި ނުބައިމީހުންކުރެން - (مجرم ންކުރެން) - އެމީހުންގެ ފާފަޔާއިމެދު (قيامة ދުވަހުން) ސުވާލު ނުވެވޭނެއެވެ. (އެއީ އެމީހުންގެ ފާފަތަކުގެ ފައުޅުކަން ބޮޑުކަމުންނެވެ.) 79. (79) ދެންފަހެ އޭނާ يعني: قارون އޭނާގެ ފުރިހަމަ ޒީނަތްތެރިކަމުގައި އޭނާގެ قوم ގެތެރެއަށް (އެއްދުވަހަކު) ނުކުތެވެ. އެހިނދު އޭނާގެ މުދާވެރިކަމާއި عزّة ތެރިކަން ދެކެފައި ދުނިޔޭގެ حياة ގެ ދިރިއުޅުން އެދޭމީހުން ބުންޏެވެ. قارون އަށްއެލިބިގެންވާފަދަ ތަކެތި އަހުރެމެންނަށްވެސް ލިބިފައިވީނަމަ ކޮންފަދަ ރަނގަޅުހެއްޔެވެ؟ ހަމަކަށަވަރުން އޭނާ އެވަނީ ބޮޑުވެގެންވާ ނަސީބެއްގައެވެ. 80. (80) އަދި ތަންދޮރުދަންނަމީހުން ހަރުދަނާ عِلْمُ ވެރިން އެމީހުނާ ދިމާއަށް ބުންޏެވެ. ކަލޭމެނަށް ހަލާކުހުއްޓެވެ. އީމާންވެ صالح عمل ކުރިމީހުންނަށް ﷲ ގެ حضرة ގައި ހުރި ثواب އާއި ދަރުމަ މާހެޔޮވެގެންވެއެވެ. އަދި ކެތްތެރިންނަށް މެނުވީ އެފަދަ ثواب އާއި ދަރުމަ ނުލިބެވޭހުއްޓެވެ. ނުވަތަ އެ علم ވެރިން އެބުނިފަދަ ހެޔޮ كلمة އެއް ބުނުމުގެ توفيق ކެތްތެރިންނަށް މެނުވީ ނުލިބެއެވެ. 81. (81) ދެންފަހެ އޭނާޔާއި - އެބަހީ: قَارون އާއި އޭނާގެ ގެތައް ބިމުގެ ތެރެއަށް ތިމަންރަސްކަލާނގެ ގަންބަވައިގެންނެވީމެވެ. އަދި އޭނާއަށް نصر ދޭނޭ އެއްވެސް جماعة އެއް - އަދި ޕާޓީއެއް އޭނާއަކަށް ނުވިއެވެ. އަދި نصر ލިބެވުނުމީހުންގެތެރެއިން އޭނާ ނުވިއެވެ. 82. (82) އަދި އިއްޔެ قارون ގެ ދަރަޖަޔާ އޭނާގެ މުދަލާ مقام އެދުނުމީހުން މިއަދު ބުނާކަމުގައިވިއެވެ. ހިތާމަހުއްޓެވެ. ކަލޭމެން ހޭއަރާށެވެ. ހަމަކަށަވަރުން ﷲ تعالى އެކަލާނގެ އަޅުތަކުންގެތެރެއިން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ރިޒުގު ތަނަވަސް ކުރައްވައި އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ދަތިކުރައްވައެވެ. އަދި ﷲ تعالى އަހުރެމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިނުގެންނެވިނަމަ / رحمة ނުލެއްވިނަމަ އަހުރެމެންވެސް قارون އާއި އެކީ ގަންބަވައިގަންނަވައިފީހެވެ. ހިތާމަ ހުއްޓެވެ. އަދި ކަލޭމެން ހޭއަރާށެވެ. ހަމަކަށަވަރުން كافر ންނަށް އެކަލާނގެ ކާމިޔާބު ނުދެއްވާނެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir