Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma
028

Al-Qásas 28:48 فلما جاءهم الحق من عندنا قالوا لولا اوتي مثل ما اوتي موسى اولم يكفروا بما اوتي موسى من قبل قالوا سحران تظاهرا وقالوا انا بكل كافرون ٤٨

28:48
فَلَمَّا
جَآءَهُمُ
ٱلۡحَقُّ
مِنۡ
عِندِنَا
قَالُواْ
لَوۡلَآ
أُوتِيَ
مِثۡلَ
مَآ
أُوتِيَ
مُوسَىٰٓۚ
أَوَلَمۡ
يَكۡفُرُواْ
بِمَآ
أُوتِيَ
مُوسَىٰ
مِن
قَبۡلُۖ
قَالُواْ
سِحۡرَانِ
تَظَٰهَرَا
وَقَالُوٓاْ
إِنَّا
بِكُلّٖ
كَٰفِرُونَ
٤٨
(48) ދެންފަހެ ތިމަންރަސްކަލާނގެ حضرة ން އެމީހުންގެގާތަށް حقّ އައިހިނދުން (محمّد ﷺ ރަސޫލުކަމާއިގެން ވަޑައިގެންނެވުމުން އެމީހުން ހެދީ އިދިކޮޅެވެ.) އެމީހުން ބުނީ موسى عليه السّلام އަށް ދެއްވުނުފަދަ އެއްޗެއް - އެފަދަފޮތެއް - މި رسول އަށް ނުދެއްވުނީ ކީއްވެގެންބާވައެވެ؟ ނުވަތަ އެފަދަ ފޮތެއް މިކަލޭގެފާނަށްވެސް ދެއްވޭނެނަމައެވެ. (އޭގެ جواب ގައި ﷲ وحي ކުރައްވަނީ) އެމީހުން ފަހެ موسى عليه السّلام އަށް ބާވައިލެއްވުނު ތަކެއްޗަށް ކާފަރުނުވޭހެއްޔެވެ؟ އަދި އެމީހުން ބުނީ އެއީ ފައުޅުވެގެންވާ ދެ سحر ކަމުގައެވެ. (އެބަހީ: توراة އާއި قرآن އަކީ ދެ سحر ކަމުގައެވެ.) ނުވަތަ موسى عليه السّلام އާއި محمّد ﷺ އާއި ދެބޭކަލުންނަކީ ދެ سحر ވެރިންކަމުގައެވެ. އަދި އެމީހުން ބުނީ އަހުރެމެން މިވަނީ އެހުރިހާ އެއްޗަކަށް ކާފަރުވެގެންނެވެ. • ދަންނައެވެ. މިއާޔަތުގެ تفسير ގައި علم ވެރިން ގޮތްގޮތަށް ކިޔާފައިވެއެވެ. މިތާ ލިޔެވިފައި ވަނީ އެތަނުން އެއްގޮތެވެ. قِرَاة ތަފާތުވުމުގެ ސަބަބުންވެސް إختلاف ވާން ދިމާވީއެވެ. والله أعلم بالصّواب.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The stubborn Response of the Disbelievers

Allah tells us that if people were to be punished before proof was established against them, they would use the excuse that no Messenger came to them, but when the truth did come to them through Muhammad ﷺ, in their stubbornness, disbelief, ignorance and misg

…

The stubborn Response of the Disbelievers

Allah tells us that if people were to be punished before proof was established against them, they would use t

…
Más Tafsires

Leer en contexto

Capítulo 28, Página 391, Juz 20

43. (43) އަދި އިސްވެދިޔަ أُمَّة ތައް ހަލާކުކުރެއްވުމަށްފަހު ހަމަކަށަވަރުން ތިމަންރަސްކަލާނގެ موسى عليه السّلام އަށް ފޮތްދެއްވީމެވެ. އެއީ توراة އެވެ. ދެންފަހެ موسى عليه السّلام އަށް އެފޮތް ބާވައިލެއްވީ އެމީހުންނަށްވާ އަލިކަމެއްގެގޮތުންނެވެ. ނުވަތަ އެމީހުން ބަލާ ވިސްނާހެދުމަށެވެ. އަދި ތެދުމަގަކާއި رحمة އެއްގެގޮތުންނެވެ. އެއީ އެމީހުން ﷲ ގެ نعمة ހަނދާންކޮށް شكر ކުރުމުގެ أمّيد ގައެވެ. • ދަންނައެވެ. ކިތަންމެ تفسير ފޮތެއްގައި ލިޔެވިގެންވެއެވެ. موسى عليه السّلام އަށް توراة ބާވައިލެއްވުމަށްފަހު ރާމާމަކުނަށް ބަދަލުވީ މީހުން އުޅުނު ރަށް މެނުވީ ﷲ ހަލާކު ނުކުރައްވައެވެ. ހަލާކު ކުރެއްވީ އޭގެ ކުރީގެ أمّة ތަކެވެ. والله أعلم. = تفسير قرطبي އިން =. 44. (44) (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ موسى عليه السّلام އަށް أمر އާއި نهي ގެ ކަންތައްތައް فرض ކޮށްދެއްވިހިނދު ނުވަތަ އެކަލޭގެފާނަށް އެކަމުގެ تَكْلِيفُ ޖެއްސެވިހިނދު ހުޅަނގުފަރާތު ފަރުބަދައިގެ ކައިރީގައި ކަލޭގެފާނު ނުވަމުއެވެ. އަދި އެތަނަށް حاضر ވީމީހުންގެތެރޭގައި ކަލޭގެފާނު ނުވަމުއެވެ. 45. (45) އަދި އެހެނެއްކަމަކު (އޭގެ ފަހުގައި) ތިމަންރަސްކަލާނގެ أمّة ތަކެއް ހެއްދެވީމެވެ. ދެންފަހެ އެމީހުންގެ މައްޗަށް މުއްދަތު ދިގުވެ عمر ދިގުވީއެވެ. އަދި އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔަވާ ވިދާޅުވެދެއްވާކަށް ކަލޭގެފާނު مَدْيَنُ ގެ أهل ވެރިންގެގާތުގައި قَائم ވެވަޑައިގެން ނުހުންނަވަމުއެވެ. އެހެނެއްކަމަކު ތިމަންރަސްކަލާނގެ ވޮޑިގެންވީ رسولބޭކަލުން ފޮނުއްވާ ކަލަކުކަމުގައެވެ. 46. (46) އަދި ތިމަންރަސްކަލާނގެ (موسى عليه السّلام އަށް) ނިދާއިއްވެވިހިނދު ކަލޭގެފާނު طور ފަރުބަދައިގެ ކައިރީގައި ނުވަމުއެވެ. އެހެނެއްކަމަކު އެހެންހެއްދެވީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްގެ ގޮތުންނެވެ. އެއީ ކަލޭގެފާނުންގެ ކުރީން އެބައެއްގެގާތަށް އެއްވެސް نَذِير އަކު ފޮނުވިގެން ނުވާ ބަޔަކަށް (مكّة أهل ވެރިންނަށް) إنذار ކުރެއްވުމަށްޓަކައެވެ. އެއީ އެމީހުން އެތިބަ ނުބައި ގޮތްތައް ހަނދާންކޮށް توبة ވޭތޯއެވެ. • ދަންނައެވެ. ﷲ تعالى موسى عليه السّلام އަށް محمّد ގެފާނުންގެ أمّة ގެމީހުންގެ މާތްކަމުގެ ވާހަކަ وحي ކުރެއްވީމާ موسى عليه السّلام އެމީހުން ދުށުމަށް އެދިވަޑައިގެންނެވިއެވެ. އެވަގުތު ﷲ އެންގެވީ އެމީހުން އަދި ނުފެންނާނެކަމަށެވެ. އެކަމަކު އެމީހުންގެ އަޑުއިއްވަވާފާނެކަމަށެވެ. ދެން އެވަގުތު محمّد ގެފާނުންގެ أمّة ގެމީހުންނަށް ﷲ ނިދާއިއްވެވުމުން (ގޮވައިލެއްވުމުން) ބަފައިންގެ ބުރަކަށިތަކުގައި ތިބެފައި އެބަސްފުޅަށް ޖަވާބުދެއްވިކަމުގައިވެއެވެ. موسى عليه السّلام އަށް އިއްވެވިކަމުގައި ވެއެވެ. އަދި އެމީހުންނާ مخاطب ކުރައްވައި ކިތަންމެ ބަސްފުޅުތަކެއް އެވަގުތު وحي ކުރެއްވިކަމުގައިވެއެވެ. والله أعلم އިސްވެދިޔަ އާޔަތުން إشارة ވަނީ އެ واقعة އަށް ކަމުގައިވެއެވެ. = تفسير طبري - تفسير قرطبي =. 47. (47) އަދި އެމީހުންގެ އަތްތަކުން ކުރިކަންތަކުގެ ސަބަބުން (އެމީހުންކުރި ފާފައިގެ ސަބަބުން) އެމީހުންނަށް مصيبة އެއް ނުޖެހުނީ ކީއްވެގެންބާވައެވެ؟ (مصيبة އެއް ޖެހުނުނަމަ އެމީހުން) މިފަދައިން ބުނީހެވެ. އޭ އަޅަމެންގެ ربّ އެވެ! އަޅަމެންގެގާތަށް އިބަރަސްކަލާނގެ رسول ބޭކަލަކު ފޮނުއްވެވިނަމައެވެ. އޭރުން އަޅަމެން އިބަރަސްކަލާނގެ އާޔަތްތަކާއި تبع ވީހެވެ. އަޅަމެން ތެދުކުރާ މީހުންކަމުގައި (مؤمن ންކަމުގައި) ވީހެވެ. 48. (48) ދެންފަހެ ތިމަންރަސްކަލާނގެ حضرة ން އެމީހުންގެގާތަށް حقّ އައިހިނދުން (محمّد ﷺ ރަސޫލުކަމާއިގެން ވަޑައިގެންނެވުމުން އެމީހުން ހެދީ އިދިކޮޅެވެ.) އެމީހުން ބުނީ موسى عليه السّلام އަށް ދެއްވުނުފަދަ އެއްޗެއް - އެފަދަފޮތެއް - މި رسول އަށް ނުދެއްވުނީ ކީއްވެގެންބާވައެވެ؟ ނުވަތަ އެފަދަ ފޮތެއް މިކަލޭގެފާނަށްވެސް ދެއްވޭނެނަމައެވެ. (އޭގެ جواب ގައި ﷲ وحي ކުރައްވަނީ) އެމީހުން ފަހެ موسى عليه السّلام އަށް ބާވައިލެއްވުނު ތަކެއްޗަށް ކާފަރުނުވޭހެއްޔެވެ؟ އަދި އެމީހުން ބުނީ އެއީ ފައުޅުވެގެންވާ ދެ سحر ކަމުގައެވެ. (އެބަހީ: توراة އާއި قرآن އަކީ ދެ سحر ކަމުގައެވެ.) ނުވަތަ موسى عليه السّلام އާއި محمّد ﷺ އާއި ދެބޭކަލުންނަކީ ދެ سحر ވެރިންކަމުގައެވެ. އަދި އެމީހުން ބުނީ އަހުރެމެން މިވަނީ އެހުރިހާ އެއްޗަކަށް ކާފަރުވެގެންނެވެ. • ދަންނައެވެ. މިއާޔަތުގެ تفسير ގައި علم ވެރިން ގޮތްގޮތަށް ކިޔާފައިވެއެވެ. މިތާ ލިޔެވިފައި ވަނީ އެތަނުން އެއްގޮތެވެ. قِرَاة ތަފާތުވުމުގެ ސަބަބުންވެސް إختلاف ވާން ދިމާވީއެވެ. والله أعلم بالصّواب. 49. (49) (އޭ محمّد ﷺ އެވެ!) ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! އެދެފޮތަށްވުރެ ތެދުމަގުގެ ގޮތުން މޮޅުފޮތެއް ﷲ ގެ حضرة ކަލޭމެން ނިކަން ގެނަސްބަލާށެވެ. އެފޮތަށް ތިމަންކަލޭގެފާނު تبع ވުމަށެވެ. ކަލޭމެން ތިޔަބުނީ ތެދެއްކަމުގައިވަންޏާ ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން މިކަން ކޮށްބަލާށެވެ! 50. (50) ފަހެ އެމީހުން ކަލޭގެފާނަށް إجابة ނުދީފިއްޔާ ކަލޭގެފާނު ރަނގަޅަށް ދެނެވަޑައިގަންނަވާށެވެ. އެމީހުން އެ تبع ވަނީ ހަމަކަށަވަރުންވެސް އެމީހުންގެ هوى نفس އާއިއެވެ. އަމިއްލަ އެދުމާއިއެވެ. އަދި ﷲ ގެ حضرة ންވާ ތެދުމަގަކާއި ނުލައި ތިމާގެ އަމިއްލަ އެދުމަށް (ތިމާގެ هوى نفس އަށް) تبع ވާ މީހަކަށްވުރެ ވަކިންބޮޑަށް މަގުފުރެދިފައިވާ މީހަކީ ފަހެ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑަށް މަގުފުރެދިފައިވާ މީހަކު ނުވެއެވެ.)

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir