Sign in
Sign in
Sign in
Select Language

Al-Qasas 28:46 وما كنت بجانب الطور اذ نادينا ولاكن رحمة من ربك لتنذر قوما ما اتاهم من نذير من قبلك لعلهم يتذكرون ٤٦

Page 391 · Juz 20

وَمَا
كُنتَ
بِجَانِبِ
ٱلطُّورِ
إِذۡ
نَادَيۡنَا
وَلَٰكِن
رَّحۡمَةٗ
مِّن
رَّبِّكَ
لِتُنذِرَ
قَوۡمٗا
مَّآ
أَتَىٰهُم
مِّن
نَّذِيرٖ
مِّن
قَبۡلِكَ
لَعَلَّهُمۡ
يَتَذَكَّرُونَ
٤٦
(46) އަދި ތިމަންރަސްކަލާނގެ (موسى عليه السّلام އަށް) ނިދާއިއްވެވިހިނދު ކަލޭގެފާނު طور ފަރުބަދައިގެ ކައިރީގައި ނުވަމުއެވެ. އެހެނެއްކަމަކު އެހެންހެއްދެވީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްގެ ގޮތުންނެވެ. އެއީ ކަލޭގެފާނުންގެ ކުރީން އެބައެއްގެގާތަށް އެއްވެސް نَذِير އަކު ފޮނުވިގެން ނުވާ ބަޔަކަށް (مكّة أهل ވެރިންނަށް) إنذار ކުރެއްވުމަށްޓަކައެވެ. އެއީ އެމީހުން އެތިބަ ނުބައި ގޮތްތައް ހަނދާންކޮށް توبة ވޭތޯއެވެ. • ދަންނައެވެ. ﷲ تعالى موسى عليه السّلام އަށް محمّد ގެފާނުންގެ أمّة ގެމީހުންގެ މާތްކަމުގެ ވާހަކަ وحي ކުރެއްވީމާ موسى عليه السّلام އެމީހުން ދުށުމަށް އެދިވަޑައިގެންނެވިއެވެ. އެވަގުތު ﷲ އެންގެވީ އެމީހުން އަދި ނުފެންނާނެކަމަށެވެ. އެކަމަކު އެމީހުންގެ އަޑުއިއްވަވާފާނެކަމަށެވެ. ދެން އެވަގުތު محمّد ގެފާނުންގެ أمّة ގެމީހުންނަށް ﷲ ނިދާއިއްވެވުމުން (ގޮވައިލެއްވުމުން) ބަފައިންގެ ބުރަކަށިތަކުގައި ތިބެފައި އެބަސްފުޅަށް ޖަވާބުދެއްވިކަމުގައިވެއެވެ. موسى عليه السّلام އަށް އިއްވެވިކަމުގައި ވެއެވެ. އަދި އެމީހުންނާ مخاطب ކުރައްވައި ކިތަންމެ ބަސްފުޅުތަކެއް އެވަގުތު وحي ކުރެއްވިކަމުގައިވެއެވެ. والله أعلم އިސްވެދިޔަ އާޔަތުން إشارة ވަނީ އެ واقعة އަށް ކަމުގައިވެއެވެ. = تفسير طبري - تفسير قرطبي =.
reading-goal:continue-reading

Read q-and-a.tafsir

Ibn Kathir (Abridged)

Proof of the Prophethood of Muhammad ﷺ

Allah points out the proof of the prophethood of Muhammad ﷺ, whereby he told others about matters of the past, and spoke about them as if he were hearing and seeing them for himself. But he was an illiterate man who could not read books, and he grew up among a p

…

Proof of the Prophethood of Muhammad ﷺ

Allah points out the proof of the prophethood of Muhammad ﷺ, whereby he told others about matters of the past, a

…
View tafsirs

Read related-content

43. (43) އަދި އިސްވެދިޔަ أُمَّة ތައް ހަލާކުކުރެއްވުމަށްފަހު ހަމަކަށަވަރުން ތިމަންރަސްކަލާނގެ موسى عليه السّلام އަށް ފޮތްދެއްވީމެވެ. އެއީ توراة އެވެ. ދެންފަހެ موسى عليه السّلام އަށް އެފޮތް ބާވައިލެއްވީ އެމީހުންނަށްވާ އަލިކަމެއްގެގޮތުންނެވެ. ނުވަތަ އެމީހުން ބަލާ ވިސްނާހެދުމަށެވެ. އަދި ތެދުމަގަކާއި رحمة އެއްގެގޮތުންނެވެ. އެއީ އެމީހުން ﷲ ގެ نعمة ހަނދާންކޮށް شكر ކުރުމުގެ أمّيد ގައެވެ. • ދަންނައެވެ. ކިތަންމެ تفسير ފޮތެއްގައި ލިޔެވިގެންވެއެވެ. موسى عليه السّلام އަށް توراة ބާވައިލެއްވުމަށްފަހު ރާމާމަކުނަށް ބަދަލުވީ މީހުން އުޅުނު ރަށް މެނުވީ ﷲ ހަލާކު ނުކުރައްވައެވެ. ހަލާކު ކުރެއްވީ އޭގެ ކުރީގެ أمّة ތަކެވެ. والله أعلم. = تفسير قرطبي އިން =. 44. (44) (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ موسى عليه السّلام އަށް أمر އާއި نهي ގެ ކަންތައްތައް فرض ކޮށްދެއްވިހިނދު ނުވަތަ އެކަލޭގެފާނަށް އެކަމުގެ تَكْلِيفُ ޖެއްސެވިހިނދު ހުޅަނގުފަރާތު ފަރުބަދައިގެ ކައިރީގައި ކަލޭގެފާނު ނުވަމުއެވެ. އަދި އެތަނަށް حاضر ވީމީހުންގެތެރޭގައި ކަލޭގެފާނު ނުވަމުއެވެ. 45. (45) އަދި އެހެނެއްކަމަކު (އޭގެ ފަހުގައި) ތިމަންރަސްކަލާނގެ أمّة ތަކެއް ހެއްދެވީމެވެ. ދެންފަހެ އެމީހުންގެ މައްޗަށް މުއްދަތު ދިގުވެ عمر ދިގުވީއެވެ. އަދި އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔަވާ ވިދާޅުވެދެއްވާކަށް ކަލޭގެފާނު مَدْيَنُ ގެ أهل ވެރިންގެގާތުގައި قَائم ވެވަޑައިގެން ނުހުންނަވަމުއެވެ. އެހެނެއްކަމަކު ތިމަންރަސްކަލާނގެ ވޮޑިގެންވީ رسولބޭކަލުން ފޮނުއްވާ ކަލަކުކަމުގައެވެ. 46. (46) އަދި ތިމަންރަސްކަލާނގެ (موسى عليه السّلام އަށް) ނިދާއިއްވެވިހިނދު ކަލޭގެފާނު طور ފަރުބަދައިގެ ކައިރީގައި ނުވަމުއެވެ. އެހެނެއްކަމަކު އެހެންހެއްދެވީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްގެ ގޮތުންނެވެ. އެއީ ކަލޭގެފާނުންގެ ކުރީން އެބައެއްގެގާތަށް އެއްވެސް نَذِير އަކު ފޮނުވިގެން ނުވާ ބަޔަކަށް (مكّة أهل ވެރިންނަށް) إنذار ކުރެއްވުމަށްޓަކައެވެ. އެއީ އެމީހުން އެތިބަ ނުބައި ގޮތްތައް ހަނދާންކޮށް توبة ވޭތޯއެވެ. • ދަންނައެވެ. ﷲ تعالى موسى عليه السّلام އަށް محمّد ގެފާނުންގެ أمّة ގެމީހުންގެ މާތްކަމުގެ ވާހަކަ وحي ކުރެއްވީމާ موسى عليه السّلام އެމީހުން ދުށުމަށް އެދިވަޑައިގެންނެވިއެވެ. އެވަގުތު ﷲ އެންގެވީ އެމީހުން އަދި ނުފެންނާނެކަމަށެވެ. އެކަމަކު އެމީހުންގެ އަޑުއިއްވަވާފާނެކަމަށެވެ. ދެން އެވަގުތު محمّد ގެފާނުންގެ أمّة ގެމީހުންނަށް ﷲ ނިދާއިއްވެވުމުން (ގޮވައިލެއްވުމުން) ބަފައިންގެ ބުރަކަށިތަކުގައި ތިބެފައި އެބަސްފުޅަށް ޖަވާބުދެއްވިކަމުގައިވެއެވެ. موسى عليه السّلام އަށް އިއްވެވިކަމުގައި ވެއެވެ. އަދި އެމީހުންނާ مخاطب ކުރައްވައި ކިތަންމެ ބަސްފުޅުތަކެއް އެވަގުތު وحي ކުރެއްވިކަމުގައިވެއެވެ. والله أعلم އިސްވެދިޔަ އާޔަތުން إشارة ވަނީ އެ واقعة އަށް ކަމުގައިވެއެވެ. = تفسير طبري - تفسير قرطبي =. 47. (47) އަދި އެމީހުންގެ އަތްތަކުން ކުރިކަންތަކުގެ ސަބަބުން (އެމީހުންކުރި ފާފައިގެ ސަބަބުން) އެމީހުންނަށް مصيبة އެއް ނުޖެހުނީ ކީއްވެގެންބާވައެވެ؟ (مصيبة އެއް ޖެހުނުނަމަ އެމީހުން) މިފަދައިން ބުނީހެވެ. އޭ އަޅަމެންގެ ربّ އެވެ! އަޅަމެންގެގާތަށް އިބަރަސްކަލާނގެ رسول ބޭކަލަކު ފޮނުއްވެވިނަމައެވެ. އޭރުން އަޅަމެން އިބަރަސްކަލާނގެ އާޔަތްތަކާއި تبع ވީހެވެ. އަޅަމެން ތެދުކުރާ މީހުންކަމުގައި (مؤمن ންކަމުގައި) ވީހެވެ. 48. (48) ދެންފަހެ ތިމަންރަސްކަލާނގެ حضرة ން އެމީހުންގެގާތަށް حقّ އައިހިނދުން (محمّد ﷺ ރަސޫލުކަމާއިގެން ވަޑައިގެންނެވުމުން އެމީހުން ހެދީ އިދިކޮޅެވެ.) އެމީހުން ބުނީ موسى عليه السّلام އަށް ދެއްވުނުފަދަ އެއްޗެއް - އެފަދަފޮތެއް - މި رسول އަށް ނުދެއްވުނީ ކީއްވެގެންބާވައެވެ؟ ނުވަތަ އެފަދަ ފޮތެއް މިކަލޭގެފާނަށްވެސް ދެއްވޭނެނަމައެވެ. (އޭގެ جواب ގައި ﷲ وحي ކުރައްވަނީ) އެމީހުން ފަހެ موسى عليه السّلام އަށް ބާވައިލެއްވުނު ތަކެއްޗަށް ކާފަރުނުވޭހެއްޔެވެ؟ އަދި އެމީހުން ބުނީ އެއީ ފައުޅުވެގެންވާ ދެ سحر ކަމުގައެވެ. (އެބަހީ: توراة އާއި قرآن އަކީ ދެ سحر ކަމުގައެވެ.) ނުވަތަ موسى عليه السّلام އާއި محمّد ﷺ އާއި ދެބޭކަލުންނަކީ ދެ سحر ވެރިންކަމުގައެވެ. އަދި އެމީހުން ބުނީ އަހުރެމެން މިވަނީ އެހުރިހާ އެއްޗަކަށް ކާފަރުވެގެންނެވެ. • ދަންނައެވެ. މިއާޔަތުގެ تفسير ގައި علم ވެރިން ގޮތްގޮތަށް ކިޔާފައިވެއެވެ. މިތާ ލިޔެވިފައި ވަނީ އެތަނުން އެއްގޮތެވެ. قِرَاة ތަފާތުވުމުގެ ސަބަބުންވެސް إختلاف ވާން ދިމާވީއެވެ. والله أعلم بالصّواب. 49. (49) (އޭ محمّد ﷺ އެވެ!) ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! އެދެފޮތަށްވުރެ ތެދުމަގުގެ ގޮތުން މޮޅުފޮތެއް ﷲ ގެ حضرة ކަލޭމެން ނިކަން ގެނަސްބަލާށެވެ. އެފޮތަށް ތިމަންކަލޭގެފާނު تبع ވުމަށެވެ. ކަލޭމެން ތިޔަބުނީ ތެދެއްކަމުގައިވަންޏާ ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން މިކަން ކޮށްބަލާށެވެ! 50. (50) ފަހެ އެމީހުން ކަލޭގެފާނަށް إجابة ނުދީފިއްޔާ ކަލޭގެފާނު ރަނގަޅަށް ދެނެވަޑައިގަންނަވާށެވެ. އެމީހުން އެ تبع ވަނީ ހަމަކަށަވަރުންވެސް އެމީހުންގެ هوى نفس އާއިއެވެ. އަމިއްލަ އެދުމާއިއެވެ. އަދި ﷲ ގެ حضرة ންވާ ތެދުމަގަކާއި ނުލައި ތިމާގެ އަމިއްލަ އެދުމަށް (ތިމާގެ هوى نفس އަށް) تبع ވާ މީހަކަށްވުރެ ވަކިންބޮޑަށް މަގުފުރެދިފައިވާ މީހަކީ ފަހެ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑަށް މަގުފުރެދިފައިވާ މީހަކު ނުވެއެވެ.)

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Notes and Reflections

reflection-not-available

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute