Sign in
Sign in
Sign in
Select Language
English
العربية
বাংলা
فارسی
Français
Indonesia
Italiano
Dutch
Português
русский
Shqip
ภาษาไทย
Türkçe
اردو
简体中文
Melayu
Español
Kiswahili
Tiếng Việt
2. chapter:full-surah-seo-heading
The Cow
chapter:full-surah-seo-visible-intro quran-reader:translation-by Abu Bakr Ibrahim Ali (Bakurube).
Listen
info
Translation
bismillah
2:1
الم ١
الٓمٓ ١
الٓمٓ
١
(1) މިއަކުރުތަކާއި ދެންވެސް ބައެއް ސޫރަތް ފެށޭތަންތާގައި ހުންނަ މިބާވަތުގެ ތަފާތު އަކުރުތަކުގެ ފުރިހަމަ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. އެއީ عامّ ކޮށް ހުރިހާ علم ވެރިންގެވެސް ފުރަތަމަބަހެވެ. އެޔާއެކުވެސް އެބޭކަލުން ތަފާތު رأى ތަކާއި خيال ތައް ފާޅުކުރައްވާފައިވެއެވެ. އޭގެތެރެއިން: • قتادة ގެ އަރިހުން އައި ރިވާޔަތުގައިވަނީ އެއީ قرآن ގެ ނަންތަކުގެ ތެރެއިން ނަމެއްކަމަށެވެ. • مُجَاهِدُ ގެ އަރިހުން އައި ރިވާޔަތުގައިވަނީ އެއީ الله تَعَالى ސޫރަތް ފައްޓަވައިދޭ فَوَاتِحُ ކަމަށެވެ. އެބަހީ: ފެށުންތަކެކެވެ. • عبدالرّحمن بن زَيْد ގެ އަރިހުން އައި ރިވާޔަތުގައިވަނީ އެއީ ސޫރަތަށްވާ ނަމެއްކަމުގައެވެ. • ابن عبّاس ވިދާޅުވިކަމަށް السّدّى ގެ އަރިހުންވާ ރިވާޔަތުގައިވަނީ އެއީ إسْمُ ﷲ الأعُظَمُ ކަމުގައެވެ. • އަދި ابن عبّاس ގެ އެހެން ރިވާޔަތެއްގައިވަނީ އެއީ ﷲ ގެ إسْمُ ފުޅެއްކަމުގައެވެ. • އަދި ابن عبّاس ގެ އެހެން ރިވާޔަތެއްގައިވަނީ އެއީ أَنَا ﷲ [أعلم]އެވެ. (އެބަހީ: ތިމަންރަސްކަލާނގެއީ ﷲ އެވެ. މޮޅަށް ދެނެވޮޑިގެންވަނީ ތިމަންރަސްކަލާނގެއެވެ.) އަދި أَبُو جَعْفَرُ الطَّبَرِي އެކަލޭގެފާނުންގެ މަޝްހޫރު تفسير جَامِعُ البَيَانُ ގައި މިނޫންވެސް ބައެއް تَأْوِيلُ ބަޔާންކުރައްވާފައިވެއެވެ. • އަދި اِبْنُ كَثِيرއާއި އަދި ބައެއް ބޭކަލުން ވިދާޅުވަނީ އެއީ إعْجَازُ القرآن ގެތެރެއިންވާ ކަމެކެވެ. އެބަހީ: قرآن އާއިމެދު خلق ތަކުން ނުކުޅައްދައިލުމުގެ ބާބުގެތެރެއިންވާ ކަމެކެވެ. އެހެނީ خلق ތަކުންވަނީ قرآن އާއިމެދު ނުކުޅެދިފައެވެ. (وحي ކުރައްވާކަހަލައެވެ.) قرآن މިވަނީ ކަލޭމެންވެސް ދަންނަ މިފަދަ އަކުރުތަކުން އެކުލެވިގެންނެވެ. އެހެންވީއިރު ކަލޭމެންވެސް މިފަދަ قرآن އެއް ނުވަތަ ސޫރަތެއްނަމަވެސް ގެނެސްބަލާށެވެ. މިއެވެ. ކޮންމެއަކަސް މިބާވަތުގެ އަކުރުތަކާއިމެދު ކުރެވިފައިވާ تَأْوِيل ތަކުގެ ތެރެއިން މި تَأْوِيل އާއިމެދު ވަރަށްގިނަބަޔަކު އާހޫންވެއެވެ. އެއީ ﷲ ގެ މުރާދުފުޅު ކަމުގައިވުންވެސް އެކަށީގެންވެއެވެ. والله أعلم.
quran-reader:tafsirs
Lessons
Reflections
2:2
ذالك الكتاب لا ريب فيه هدى للمتقين ٢
ذَٰلِكَ ٱلْكِتَـٰبُ لَا رَيْبَ ۛ فِيهِ ۛ هُدًۭى لِّلْمُتَّقِينَ ٢
ذَٰلِكَ
ٱلۡكِتَٰبُ
لَا
رَيۡبَۛ
فِيهِۛ
هُدٗى
لِّلۡمُتَّقِينَ
٢
(2) މިފޮތް (އެބަހީ: މި قرآن) ދަންނައެވެ. މިފޮތާއިމެދު އެއްވެސް ޝައްކެއްނެތެވެ. އެއީ تقوى ވެރިންނަށްވާ ތެދުމަގެކެވެ. (އެހެންބަޔަކަށްނޫނެވެ. އަދި تقوى ވެރިނޫން މީހުންނަށް މިފޮތަކީ ބިރުވެރި ފޮތެއްކަމުގައި ވާނެއެވެ.) • تقوىވެރިވުމަކީ: ބިރުވެތިވުމެވެ. ﷲ ގެ ކޯފާއާއި عَذَاب އަށް ބިރުގަތުމެވެ. އެކަމުން ރައްކާތެރިވުމެވެ. تقوى ވެރިކަން حاصل ވަނީ ﷲ حَرَام ކުރެއްވި ކަންތަކުން ރައްކާތެރިވެ އެކަންކަން ނުކުރުމުންނާއި އަދި އެކަލާނގެ فَرْض ކުރެއްވި ކަންތައް އަދާކުރުމުންނެވެ.
quran-reader:tafsirs
Lessons
Reflections
2:3
الذين يومنون بالغيب ويقيمون الصلاة ومما رزقناهم ينفقون ٣
ٱلَّذِينَ يُؤْمِنُونَ بِٱلْغَيْبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ ٣
ٱلَّذِينَ
يُؤۡمِنُونَ
بِٱلۡغَيۡبِ
وَيُقِيمُونَ
ٱلصَّلَوٰةَ
وَمِمَّا
رَزَقۡنَٰهُمۡ
يُنفِقُونَ
٣
(3) އެމީހުންނަކީ: އެބަހީ: އެ تقوى ވެރިންނަކީ غَيْب އަށް އީމާންވާމީހުންނެވެ. އަދި ނަމާދު قائم ކުރާމީހުންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށްދެއްވި رِزْقُ ން (ﷲ ގެ މަގުގައި) ހޭދަކުރާމީހުންނެވެ. (زكاة ދީ صَدَقة ދީހަދާމީހުންނެވެ.)
quran-reader:tafsirs
Lessons
Reflections
2:4
والذين يومنون بما انزل اليك وما انزل من قبلك وبالاخرة هم يوقنون ٤
وَٱلَّذِينَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ وَبِٱلْـَٔاخِرَةِ هُمْ يُوقِنُونَ ٤
وَٱلَّذِينَ
يُؤۡمِنُونَ
بِمَآ
أُنزِلَ
إِلَيۡكَ
وَمَآ
أُنزِلَ
مِن
قَبۡلِكَ
وَبِٱلۡأٓخِرَةِ
هُمۡ
يُوقِنُونَ
٤
(4) އަދި އެމީހުންނަކީ: ކަލޭގެފާނަށް ބާވައިލެއްވުނު ތަކެއްޗަށާއި އަދި ކަލޭގެފާނުންގެ ކުރީގެ (ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަށް) ބާވައިލެއްވުނު ތަކެއްޗަށްވެސް އީމާންވާ މީހުންނެވެ. އަދި އެމީހުންނަކީ ކަނޑައެޅިގެން آخرة ދުވަސް އަންނާނެކަމަށް يقين ކުރާމީހުންނެވެ.
quran-reader:tafsirs
Lessons
Reflections
2:5
اولايك على هدى من ربهم واولايك هم المفلحون ٥
أُو۟لَـٰٓئِكَ عَلَىٰ هُدًۭى مِّن رَّبِّهِمْ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ ٥
أُوْلَٰٓئِكَ
عَلَىٰ
هُدٗى
مِّن
رَّبِّهِمۡۖ
وَأُوْلَٰٓئِكَ
هُمُ
ٱلۡمُفۡلِحُونَ
٥
(5) އެމީހުން ދަންނައެވެ. އެމީހުން އެވަނީ އެމީހުންގެ رَبّ ގެ حضرة ންވާ ތެދުމަގުގެ މަތީގައެވެ. އަދި އެމީހުން އެއީ ކަނޑައެޅިގެން آخرة ދުވަހުން ކާމިޔާބުވެ نصيب ވެރިވާނޭ މީހުންނެވެ. • ނޯޓް: غَيْب އަކީ ލޮލަށްނުފެނުމެވެ. غَيْبُ ގެ ތަކެއްޗަކީ ލޮލަށް ނުފެންނަ ތަކެއްޗެވެ. غَيْب އަށް إيْمَان ވުމަކީ ތިމާމެންގެ ލޮލަށް ނުފެންނަތަކެތީގެ ތެރެއިން އެތަކެތި ތެދުކޮށް އެތަކެއްޗަށް إيْمَان ވުން إسلام دين ގެ ފަރާތުން لاَزِمُ ކުރާ ތަކެއްޗާއި ކަންތަކެވެ. މިސާލަކަށް ﷲ ވޮޑިގެންވުން ސުވަރުގެޔާ ނަރަކަވާކަން މަރުވުމަށްފަހު ދިރުއްވައި مَحْشَرُ ކުރެއްވުން. ދެންވެސް މިބާވަތުގެ އެންމެހައި ކަންކަމެވެ. • ނަމާދު ޤާއިމް ކުރުމަކީ ޝަރުތު ތަކާއި ރުކުން ތައް ފުރިހަމަކޮށް ވަގުތުން ވަގުތައް މެދުނުކަނޑައި رسول الله ﷺ އެންގެވި ގޮތަށް ކުރުމެވެ. އެހެންގޮތެއް ނޫ ނެވެ.