Al-Baqarah 2:63 واذ اخذنا ميثاقكم ورفعنا فوقكم الطور خذوا ما اتيناكم بقوة واذكروا ما فيه لعلكم تتقون ٦٣
وَإِذۡ
أَخَذۡنَا
مِيثَٰقَكُمۡ
وَرَفَعۡنَا
فَوۡقَكُمُ
ٱلطُّورَ
خُذُواْ
مَآ
ءَاتَيۡنَٰكُم
بِقُوَّةٖ
وَٱذۡكُرُواْ
مَا
فِيهِ
لَعَلَّكُمۡ
تَتَّقُونَ
٦٣
(63) އަދި ތިމަންރަސްކަލާނގެ ކަލޭމެންގެ ބޯމައްޗަށް طُور ފަރުބަދަ އުފުއްލަވައިލިވަގުތު ހަނދާންކޮށް ބަލާށެވެ!
(• އެކަން އެހެންވާން ދިމާވީ: توراة ލިއުއްވާފައިވާ ފިލާތައް موسى عليه السّلام ހިތްޕަވައިގެން ވަޑައިގެން އޭގައިވާފަދައަކުން عمل ކުރުމަށް بَني إسرائيل ންނަށް ވިދާޅުވިހިނދުން އެމީހުން ދެންނެވީ ﷲ تعالى ކަލޭގެފާނަށް ބަސްފުޅު وحي ކުރައްވައި ވާހަކަދެއްކެވިފަދައިން އަހުރެމެންނާއި ވާހަކަ ނުދައްކަވަނިސް އަހުރެމެން ތިޔައިގައިވާ ތަކެތި قبولއެއް ނުކުރާނަމެވެ. އެހިނދު ﷲ ކޯފާވެވޮޑިގެން މަލާއިކަތްބޭކަލުންނަށް އަމުރުފުޅުކުރައްވައި طُور ފަރުބަދަ އެމީހުންގެ ބޯމައްޗަށް އުފުއްލަވައި توراة ގައިވާ ތަކެތީން عمل ކުރުމަށް އެންގެވިއެވެ. އެހެންނޫންނަމަ، ބޯމައްޗަށް ފަރުބަދަ ވައްޓައިލައްވައި ޗިސްކޮށްލައްވާނެކަމަށެވެ. އެހިނދު އެމީހުން އޭގައިވާގޮތަށް عمل ކުރުމަށް އެއްބަސްވެ އެގޮތުގެމައްޗަށް އެމީހުންގެ ކިބައިން ﷲ عَهْدُ ކަށަވަރު ހިއްޕެވިއެވެ. (زبدة التفسير))
އެމީހުންނަށް ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ކަލޭމެނަށް ދެއްވިތަކެތީގައި ބާރަށް ހިފަހައްޓާށެވެ! (އެބަހީ: އޭގައިވާގޮތަށް ރަނގަޅަށް عمل ކުރާށެވެ.) އަދި އޭގައިވާ ތަކެތި ދަސްކޮށް ހަނދާންބަހައްޓާށެވެ! އެއީ ކަލޭމެން تقوى ވެރިވުމަށެވެ.
Tefsir okuyun.
Ibn Kathir (Abridged)
Taking the Covenant from the Jews
Allah reminded the Children of Israel of the pledges, covenants and promises that He took from them to believe in Him alone, without a partner, and follow His Messengers. Allah stated that when He took their pledge from them, He raised the mountain above their heads,
…Taking the Covenant from the Jews
Allah reminded the Children of Israel of the pledges, covenants and promises that He took from them to believe in Him
…