Al-Baqarah 2:240 — Divehi Translation والذين يتوفون منكم ويذرون ازواجا وصية لازواجهم متاعا الى الحول غير اخراج فان خرجن فلا جناح عليكم في ما فعلن في انفسهن من معروف والله عزيز حكيم ٢٤٠
وَٱلَّذِينَ
يُتَوَفَّوۡنَ
مِنكُمۡ
وَيَذَرُونَ
أَزۡوَٰجٗا
وَصِيَّةٗ
لِّأَزۡوَٰجِهِم
مَّتَٰعًا
إِلَى
ٱلۡحَوۡلِ
غَيۡرَ
إِخۡرَاجٖۚ
فَإِنۡ
خَرَجۡنَ
فَلَا
جُنَاحَ
عَلَيۡكُمۡ
فِي
مَا
فَعَلۡنَ
فِيٓ
أَنفُسِهِنَّ
مِن
مَّعۡرُوفٖۗ
وَٱللَّهُ
عَزِيزٌ
حَكِيمٞ
٢٤٠
ތިޔަބައިމީހުންގެ ތެރެއިން އަނބިން ދޫކޮށް މަރުވެދާ މީހުން، އެއުރެންގެ އަނބިން (ގެއިން) ނެރެލުމަކާނުލައި، އަހަރުދުވަހަށް ދާނދެން (ކެއިންބުއިމާއި ފޭރާމުގެގޮތުން) ބޭނުންކުރާނޭ އެއްޗެއް، އެއުރެންގެ އަނބިންނަށް ދިނުމަށް وصية ކުރާހުށިކަމެވެ! ފަހެ އެކަނބަލުން (ގެއިން) ނުކުމެއްޖެނަމަ، (ދަންނާށެވެ!) شرعى ހަމައިގެމަތިން އެކަނބަލުންގެ نفس ތަކާމެދު އެކަނބަލުން ކުޅަކަމެއްގައި ފަހެ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. (އިތުރުބަޔާން: މި آية ގައިވާ وصية އާއި، ހުވަފަތްވެފައިވާ އަންހެނާ، ގެއިންނުނެރެ އަހަރުދުވަސްވަންދެން ބޭންދުމުގެ حكم ވަނީ نسخ ވެފައެވެ.)