Sign in
Sign in
Sign in
Select Language
007

Al-A'raf 7:63 اوعجبتم ان جاءكم ذكر من ربكم على رجل منكم لينذركم ولتتقوا ولعلكم ترحمون ٦٣

7:63
أَوَعَجِبۡتُمۡ
أَن
جَآءَكُمۡ
ذِكۡرٞ
مِّن
رَّبِّكُمۡ
عَلَىٰ
رَجُلٖ
مِّنكُمۡ
لِيُنذِرَكُمۡ
وَلِتَتَّقُواْ
وَلَعَلَّكُمۡ
تُرۡحَمُونَ
٦٣
(63) އަޅެފަހެ ކަލޭމެންގެތެރެއިން މީހަކަށް ކަލޭމެންގެ رَبّ ގެ حضرة ން نصيحة އާއި وعظ އެއް އަދި ذِكر އެއް އައުމަކީ ކަލޭމެން عجائب ވާކަމަކަށް ވަނީހެއްޔެވެ؟ އެއީ އަދި ކަލޭމެންނަށް إنذار ކުރައްވައި ކަލޭމެން تقوى ވެރިވުމަށް އެންގެވުމަށެވެ. އެއީކަލޭމެންނަށް رحمة ލައްވައިތޯއެވެ.
Continue Reading

Read Tafsir

Ibn Kathir (Abridged)

أَوَ عَجِبْتُمْ

("Do you wonder..."), do not wonder because of this. Surely, it is not strange that Allah sends down revelation to a man among you as mercy, kindness and compassion for you, so that he warns you that you may avoid Allah's torment by associating none with Him,

وَلَعَلَّكُمْ تُرْحَمُونَ
…
أَوَ عَجِبْتُمْ

("Do you wonder..."), do not wonder because of this. Surely, it is not strange that Allah sends down revelation to a man among you as m

…
More Tafsirs

Read in Context

Chapter 7, Page 158, Juz 8

59. (59) ހަމަކަށަވަރުން ތިމަންރަސްކަލާނގެ نوح (عليه السّلام) އެކަލޭގެފާނުންގެ قوم އަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު އެކަލޭގެފާނުންގެ قوم ގެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އެއްވެސް حقّ إله އަކު ކަލޭމެންނަކަށް ނުވެއެވެ. ހަމަކަށަވަރުން ބޮޑުވެގެންވާ ދުވަހެއްގެ عذاب ކަލޭމެނަށް އަތުވެދާނެތީ ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަމެވެ. 60. (60) އެކަލޭގެފާނުންގެ قوم ގެ މީހުން ދެންނެވިއެވެ. (އޭ نوح އެވެ!) އަހުރެމެން ދެކެނީ ކަލޭގެފާނު ބަޔާންވެގެންވާ މަގުފުރެއްދުމެއްގައިވާކަމުގައެވެ. 61. (61) އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުންގެ ކިބައިގައި އެއްވެސް މަގުފުރެދުމެއްނުވެއެވެ. އަދި އެހެނެއްކަމަކު ތިމަންކަލޭގެފާނީ ހަމަކަށަވަރުން عالم ތަކުގެވެރި رَبّ ގެ حضرة ންވާ رسول އަކީމެވެ. 62. (62) ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ رَبّ ގެ رسول ކަން ކަލޭމެނަށް އިއްވައިދެއްވަނީއެވެ. އަދި ކަލޭމެންނަށް نصيحة ތެރިވަނީއެވެ. އަދި ކަލޭމެންނަށް ނޭނގޭތަކެތި ﷲ ގެ حضرة ން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. 63. (63) އަޅެފަހެ ކަލޭމެންގެތެރެއިން މީހަކަށް ކަލޭމެންގެ رَبّ ގެ حضرة ން نصيحة އާއި وعظ އެއް އަދި ذِكر އެއް އައުމަކީ ކަލޭމެން عجائب ވާކަމަކަށް ވަނީހެއްޔެވެ؟ އެއީ އަދި ކަލޭމެންނަށް إنذار ކުރައްވައި ކަލޭމެން تقوى ވެރިވުމަށް އެންގެވުމަށެވެ. އެއީކަލޭމެންނަށް رحمة ލައްވައިތޯއެވެ. 64. (64) ދެންފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އަދި އެކަލޭގެފާނުންގެ އަރިހުގައިވާ (مؤمن) މީހުން ނާކޮޅުގައި ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން ތިމަންރަސްކަލާނގެ (ކަނޑުގައި) غرق ކުރެއްވީމެވެ. މެރުއްވީމެވެ. ހަމަކަށަވަރުން އެމީހުންވީ (حقّ އާއިމެދު) ކަނުވެ އަނދިރިވެގެންވާ ބަޔަކުކަމުގައެވެ. • ދަންނައެވެ! نوح عليه السّلام މިއީ ދުނިޔޭގައި شرك އުފެދުނުފަހުން އެންމެފުރަތަމަ އެކަން މަނާކުރެއްވުމަށް ﷲ ފޮނުއްވި رسول އާއެވެ. آدم عليه السّلام އާއި نوح عليه السّلام ގެ قوم ގައި شرك އުފެދުމާމެދު އެއްހާސް އަހަރުވީކަމުގައިވިއެވެ. އެދުވަސްވަރު شرك ނެތެވެ. އޭގެފަހުން شرك އުފެދި ﷲ ފިޔަވައި ބުދަށް އަޅުކަންކުރަން ފެށުމުން، ﷲ تعالى نوح عليه السّلام رسول ކަމާއިގެން ފޮނުއްވިއެވެ. އެކަލޭގެފާނު دين އަށް ގޮވައިލުންމަތީ ނުވަސަތޭކަ ފަންސާސްއަހަރު ހުންނެވިއެވެ. އީމާންވީ ވަރަށްމަދުބައެކެވެ. އެންމެފަހުން މުޅިދުނިޔެއަށް ބޮޑު طُوفان އެއް ފޮނުއްވައި އެކަލޭގެފާނުންގެ يعني: نوح عليه السّلام ގެ ނައުކޮޅުގައި ތިބިމީހުން ފިޔަވައި އެހެން އެންމެން ކަނޑުގައި غرق ކުރައްވައި މެރުއްވީއެވެ. އެއީ ހައްތާވެސް ކާފަރުންނެވެ. މިވާހަކަ قرآن ގެ އެކިތާ އެކިވަރަށް އެކި عبارة ން އައިސްފައިވެއެވެ. ވާހަކަލިއުމުގެ ދަނޑިވަޅެއްކަމުގައި ނުވީތީ ހަމައެކަނި އާޔަތުގައިވާ ވަރަށް އިހަށް ކުރުކުރީއެވެ.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute