Giriş yap
Giriş yap
Giriş yap
Dil Seçin
029

Al-'Ankabut 29:45 اتل ما اوحي اليك من الكتاب واقم الصلاة ان الصلاة تنهى عن الفحشاء والمنكر ولذكر الله اكبر والله يعلم ما تصنعون ٤٥

29:45
ٱتۡلُ
مَآ
أُوحِيَ
إِلَيۡكَ
مِنَ
ٱلۡكِتَٰبِ
وَأَقِمِ
ٱلصَّلَوٰةَۖ
إِنَّ
ٱلصَّلَوٰةَ
تَنۡهَىٰ
عَنِ
ٱلۡفَحۡشَآءِ
وَٱلۡمُنكَرِۗ
وَلَذِكۡرُ
ٱللَّهِ
أَكۡبَرُۗ
وَٱللَّهُ
يَعۡلَمُ
مَا
تَصۡنَعُونَ
٤٥
(45) (އޭ رسول ﷲ އެވެ.) މި قرآن ން ކަލޭގެފާނަށް ބާވައިލެއްވޭ އެއްޗެއް ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! އަދިނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން ނަމާދަކީ فَاحِش ކަންތަކާއި منكراة ތައް ނަހީކޮށް ދުރުކުރާ އެއްޗެކެވެ. އަދި ﷲ އަށް ذِكر ކުރުން - ﷲ ހަނދާންކުރުން - ހުރިހާ ކަމަކަށްވުރެ ބޮޑެވެ. - ނުވަތަ ތިޔަބައިމީހުން ﷲ ހަނދާންކުރާ ވަރަށްވުރެ ﷲ ތިޔަބައިމީހުން ހަނދާންކުރެއްވުން މާބޮޑެވެ. އަދި ތިޔަބައިމީހުން (ނަމާދުގައިވެސް) ކުރާ އެންމެހައި ކަންތައް ﷲ ދެނެވޮޑިގެންވެއެވެ.
Devamını Okuyun

Tefsir okuyun.

Ibn Kathir (Abridged)

لِتُجْزَى كُلُّ نَفْسٍ بِمَا تَسْعَى

(that every person may be rewarded for that which he strives) (20:15).

لِيَجْزِىَ الَّذِينَ أَسَاءُواْ بِمَا عَمِلُواْ وَيِجْزِى الَّذِينَ أَحْسَنُواْ بِالْحُسْنَى

(that He may requite those who do evil with that which they have done, and reward those who do good, w

…
لِتُجْزَى كُلُّ نَفْسٍ بِمَا تَسْعَى

(that every person may be rewarded for that which he strives) (20:15).

لِيَجْزِىَ الَّذِينَ أَسَاءُواْ بِمَا عَمِلُ
…
Daha Fazla Tefsir

Bağlam içinde okuyun

Bölüm 29, Sayfa 401, Juz 20

45. (45) (އޭ رسول ﷲ އެވެ.) މި قرآن ން ކަލޭގެފާނަށް ބާވައިލެއްވޭ އެއްޗެއް ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! އަދިނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން ނަމާދަކީ فَاحِش ކަންތަކާއި منكراة ތައް ނަހީކޮށް ދުރުކުރާ އެއްޗެކެވެ. އަދި ﷲ އަށް ذِكر ކުރުން - ﷲ ހަނދާންކުރުން - ހުރިހާ ކަމަކަށްވުރެ ބޮޑެވެ. - ނުވަތަ ތިޔަބައިމީހުން ﷲ ހަނދާންކުރާ ވަރަށްވުރެ ﷲ ތިޔަބައިމީހުން ހަނދާންކުރެއްވުން މާބޮޑެވެ. އަދި ތިޔަބައިމީހުން (ނަމާދުގައިވެސް) ކުރާ އެންމެހައި ކަންތައް ﷲ ދެނެވޮޑިގެންވެއެވެ. 46. (46) (އޭ رسول ﷲ އެވެ!) أَهْلُ كِتَابُ ންނާއި. އެބަހީ: يهودي ންނާއި نَصَارى އިންނާއި ކަލޭގެފާނު ހެޔޮ ރަނގަޅުގޮތުގައި މެނުވީ ޖަދަލު ނުކުރައްވާށެވެ! އެމީހުންގެ ތެރެއިން އަނިޔާވެރިވީމީހުންނާއި މެދުގައި މެނުވީއެވެ. (ފަހެ އަނިޔާވެރިވީ މީހުންނަށް އާދައިގެ ގޮތަށްވެސް جدل ކުރެވިދާނެއެވެ.) އަދި ތިޔަބައިމީހުން އެމީހުންނަށް ބުނާށެވެ. އަހުރެމެންނަށް ބާވައިލެއްވުނު ތަކެއްޗަށާއި އަދި ތިޔަބައިމީހުންނަށް ބާވައިލެއްވުނު ތަކެއްޗަށްވެސް އަހުރެމެން إيمان ވެއްޖައީމެވެ. އަދި އަހުރެމެންގެ إله އާއި އަދި ތިޔަބައިމީހުންގެ إله އަކީ ހަމަ އެއް إله އެކެވެ. އެއީ ﷲ އެވެ. އަދި އަހުރެމެން ކިޔަމަންތެރިވެގެން މިވަނީ ހަމަ އެކަލާނގެއަށެވެ. 47. (47) ކަލޭގެފާނަށް ފޮތް ބާވައިލެއްވީ އެފަދައިންނެވެ. (އެބަހީ: ކަލޭގެފާނަށް ފޮތް ބާވައިލެއްވީ އިސްވެދިޔަ رسول ބޭބޭކަލުންނަށްވެސް ފޮތް ބާވައިލެއްވި ފަދައިންނެވެ.) ފަހެ އެބައިމީހުންނަށް ފޮތްދެވުނުމީހުން (އެބަހީ: އިސްވެދިޔަ أمّة ތަކުގެތެރެއިން إيمان ވީ މީހުން) އެފޮތަށް يعني: ކީރިތި قرآن އަށް إيمان ވެއެވެ. އަދި މިމީހުންގެތެރޭގައިވެސް - އެބަހީ: މިހާރުތިބި يهودي ންނާއި نصارى އިންގެތެރޭގައިވެސް އެފޮތަށް يعني: قرآن އަށް އީމާންވާ މީހުންވެއެވެ. އެއީ عبد ﷲ بن سلام ކަހަލަބޭކަލުންނެވެ. އަދި ކާފަރުންމެނުވީ ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދައި إنكار ނުކުރާނެއެވެ. (މީގެ مَفْهُوْم އަކީ ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދާ އިންކާރު ކުރާމީހުން ވާނީ ކާފަރުންކަމުގައެވެ.) 48. (48) އަދި މި قرآن ކަލޭގެފާނަށް ބާވައިލެއްވުމުގެ ކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވާވިދާޅުވާ ބޭކަލަކު ކަމުގައި ނުވެއެވެ. އަދި ކަލޭގެފާނުންގެ އަތްޕުޅުން އެއްވެސް އެއްޗެއް ލިއުއްވާ ބޭކަލަކު ކަމުގައިވެސް ނުވެއެވެ. މި باطل ދޮގުވާހަކަތައް ދައްކާ މީހުންނަށް ޝައްކެއްވާންޖެހޭނީ އެހެންނަމަތާއެވެ. 49. (49) އަދި ކިޔެއްހެއްޔެވެ. އެއީ ފޮތްދެވުނު މީހުންގެ ހިތްތަކުގައި ކަނޑައެޅި بيان ވެގެންވާ آية ތަކެކެވެ. އަދި އަނިޔާވެރިން މެނުވީ ތިމަންރަސްކަލާނގެ އާޔަތްތަކަށް إنكار ކޮށް ދެކޮޅު ނުހަދައެވެ. • ދަންނައެވެ. توراة އާއި إنجيل އާއި ދެފޮތުގައިވެސް رسول ﷲ ﷺ ގެ ކިތަންމެ خبر ތަކެއް ބާވައިލައްވާފައިވެއެވެ. އެފޮތްތައް حقّ ގޮތުގައި ކިޔައި ބަލައި ހެދިމީހުންނަށް އެ خبر ތައް ރަނގަޅަށް އެނގެއެވެ. އެމީހުންގެ ހިތްތަކުގައި އެވާހަކަތައް بيان ވެގެންވެއެވެ. ދެން رسول ﷲ ﷺ ދުނިޔެއަށް ވަޑައިގަނެ رسول ކަމާއިގެން ފޮނުއްވެވުމުން އެ خبر ތައް ދަންނަ ގިނަމީހުން އެކަމަށް އިންކާރުކޮށް ދެކޮޅުހެދީއެވެ. ބައެއް މަދުމީހުން إيمان ވެސްވިއެވެ. މިދެތިން އާޔަތެއްގައި އިޝާރާތްވެގެން އެވަނީ އެވާހަކަތަކަށެވެ. والله أعلم. 50. (50) އަދި އެމީހުން (يعني: مكّة ގެ مشرك ން) ބުންޏެވެ. އެކަލޭގެފާނުންގެ މައްޗަށް އެކަލޭގެފާނުންގެ ربّ ގެ حضرة ން معجزة ތަކެއް ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ (އެބަހީ: صالح ގެފާނުންގެ جمل ފުޅުފަދަ - عيسى ގެފާނުންގެ ދޮލަނގުފަދަ - معجزة އެކަލޭގެފާނަށް ބާވައިނުލެއްވީ ކީއްވެގެންބާވައެވެ؟ އޭގެ جواب ގައި ﷲ އެކަލޭގެފާނަށް އަންގަވަނީ) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. އެފަދަ معجزة ތައް ވާކަން ކަށަވަރީ ﷲ ގެ حضرة ގައެވެ. އަދި ތިމަންކަލޭގެފާނު ވާކަން ކަށަވަރީ ހަމަ نَذِيرُ އަކު ކަމުގައެވެ. 51. (51) އެމީހުންގެމައްޗަށް ކިޔެވޭނެފޮތެއް ތިމަންރަސްކަލާނގެ ކަލޭގެފާނުންގެ މައްޗަށް ބާވައިލެއްވުމުން އެމީހުންނަށް ފަހެ ނުފުދެނީބާވައެވެ؟ ހަމަކަށަވަރުން އީމާންވާ ބަޔަކަށް އެފޮތުގައި رحمة އާއި وعظ އާއި نصيحة ވެއެވެ. • ދަންނައެވެ. މިއާޔަތް ބާވައިލެއްވުނު ސަބަބެއްކަމުގައި ބައެއް تفسير ފޮތްތަކުގައި بيان ވެގެންވަނީ رسول ﷲ ﷺ ގެ أصحاب ންކުރެ ބައެއް ބޭކަލުން يهودي ންގެ އަތުން އެމީހުންގެ ފޮތްތަކުގައިވާ ބައެއް ތަކެތިކަމަށް ބުނާތަކެތި ލިޔެގެން رسول ﷲ ﷺ ގެ އަރިހަށް އައިސް ދެއްކުމުން އެތަކެތި ބައްލަވާ އެތަކެތި އެއްލަވާ ލައްވާފައި حديث ކުރެއްވިއެވެ. ބަޔަކު މީހުންގެ މޮޔަކަމަށް ނުވަތަ މަގުފުރެދިފައިވާކަމަށް އެބައިމީހުންގެ نبي އާގެ މައްޗަށް ބާވައިލެއްވި ތަކެތި ދޫކޮށް އެހެން ބައެއްގެ މައްޗަށް އެހެން نبي އަކަށް ބާވައިލެއްވި ތަކެތީގައި ހިފައި إختيار ކުރުމުން ފުދޭހާވެއެވެ. މިކަމާއި ގުޅިގެން މިއާޔަތް ބާވައިލެއްވިކަމުގައިވެއެވެ. = تفسير طبري =.

- Abu Bakr Ibrahim Ali (Bakurube)

Notlar ve Düşünceler

Bu ayetle ilgili herhangi bir notunuz veya düşünceniz yok.

Notes placeholders

Kur'an'la bağlantınızı koruyun ❤️

Yeniden başlamak, düşünmek ve Kur'an'la bağlantıda kalmak için kısa ve anlamlı hatırlatmalar.

Kuran'ı Oku, Dinle, Araştır ve Üzerinde Düşün

Quran.com, dünya çapında milyonlarca kişinin Kur'an'ı birden fazla dilde okumak, aramak, dinlemek ve üzerinde düşünmek için kullandığı güvenilir bir platformdur. Çeviriler, tefsirler, kıraatler, kelime kelime çeviriler ve derinlemesine inceleme araçları sunarak Kur'an'ı herkes için erişilebilir hale getirir.

Bir Sadaka-i Cariye olarak Quran.com, insanların Kur'an ile derin bir bağ kurmasına yardımcı olmaya kendini adamıştır. 501(c)(3) kar amacı gütmeyen bir kuruluş olan Kur'an Vakfı tarafından desteklenen Quran.com, Elhamdülillah herkes için ücretsiz ve değerli bir kaynak olarak büyümeye devam ediyor.

Keşfedin
Anasayfa
Kuran Radyo
Okuyucular
Hakkımızda
Geliştiriciler
Ürün Güncellemeleri
Geri Bildirim
Yardım
Bağış Yapın
Projelerimiz
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation tarafından sahip olunan, yönetilen veya desteklenen kar amacı gütmeyen projeler
Popüler Bağlantılar
Kur'an'dan Dualar
Günün Kur'an Ayeti
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Site HaritasıGizlilikŞartlar ve koşullar
© 2026 Quran.com. Her hakkı saklıdır
Katkı yapmak