Al-Ahzab 33:50 — Divehi Translation يا ايها النبي انا احللنا لك ازواجك اللاتي اتيت اجورهن وما ملكت يمينك مما افاء الله عليك وبنات عمك وبنات عماتك وبنات خالك وبنات خالاتك اللاتي هاجرن معك وامراة مومنة ان وهبت نفسها للنبي ان اراد النبي ان يستنكحها خالصة لك من دون المومنين قد علمنا ما فرضنا عليهم في ازواجهم وما ملكت ايمانهم لكيلا يكون عليك حرج وكان الله غفورا رحيما ٥٠
يَٰٓأَيُّهَا
ٱلنَّبِيُّ
إِنَّآ
أَحۡلَلۡنَا
لَكَ
أَزۡوَٰجَكَ
ٱلَّٰتِيٓ
ءَاتَيۡتَ
أُجُورَهُنَّ
وَمَا
مَلَكَتۡ
يَمِينُكَ
مِمَّآ
أَفَآءَ
ٱللَّهُ
عَلَيۡكَ
وَبَنَاتِ
عَمِّكَ
وَبَنَاتِ
عَمَّٰتِكَ
وَبَنَاتِ
خَالِكَ
وَبَنَاتِ
خَٰلَٰتِكَ
ٱلَّٰتِي
هَاجَرۡنَ
مَعَكَ
وَٱمۡرَأَةٗ
مُّؤۡمِنَةً
إِن
وَهَبَتۡ
نَفۡسَهَا
لِلنَّبِيِّ
إِنۡ
أَرَادَ
ٱلنَّبِيُّ
أَن
يَسۡتَنكِحَهَا
خَالِصَةٗ
لَّكَ
مِن
دُونِ
ٱلۡمُؤۡمِنِينَۗ
قَدۡ
عَلِمۡنَا
مَا
فَرَضۡنَا
عَلَيۡهِمۡ
فِيٓ
أَزۡوَٰجِهِمۡ
وَمَا
مَلَكَتۡ
أَيۡمَٰنُهُمۡ
لِكَيۡلَا
يَكُونَ
عَلَيۡكَ
حَرَجٞۗ
وَكَانَ
ٱللَّهُ
غَفُورٗا
رَّحِيمٗا
٥٠
އޭ ނަބިއްޔާއެވެ! ކަލޭގެފާނު އެކަނބަލުންގެ ރަން ދެއްވާފައިވާ އަނބިއަނބިކަނބަލުންނާއި، ހަނގުރާމައިގެ غنيمة ގެ ގޮތުގައި ކަލޭގެފާނަށް اللَّه ދެއްވި ތަކެތީގެ ތެރެއިން، ކަލޭގެފާނަށް މިލްކުވެއްޖެ އަޅު އަންހެނުންނާއި، އެކަނބަލުން ކަލޭގެފާނާއެކު هجرة ކުރެއްވި ކަލޭގެފާނުގެ ބަފައިފުށުގެ ބޮޑުބޭބެއިންގެ އަންހެން ދަރިންނާއި، ބަފައިފުށުގެ ބޮޑުދައިތައިންގެ އަންހެން ދަރިންނާއި، ކަލޭގެފާނުގެ މައިފުށުގެ ބޮޑުބޭބެއިންގެ އަންހެން ދަރިންނާއި، މައިފުށުގެ ބޮޑުދައިތައިންގެ އަންހެން ދަރިން، ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ހުއްދަކޮށް حلال ކުރެއްވީމެވެ. އަދި مؤمن އަންހެނަކު އެމީހެއްގެ އަމިއްލަ نفس ނަބިއްޔާއަށް هبة ކޮށްދީ، އަދި ނަބިއްޔާ އެމީހަކާ ކާވެނި ކުރެއްވުމަށް قصد ކުރައްވައިފިނަމަ، އެމީހަކާ ކާވެނި ކުރެއްވުންވެސް ހުއްދަ ކުރެއްވީމެވެ. އެހެން مؤمن ން ފިޔަވައި، އެމީހަކު ކަލޭގެފާނަށް خاص ވެގެންވާ ގޮތުގައެވެ. އެއުރެންގެ އަނބިންނާ މެދުގައްޔާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންނާމެދު، ތިމަންރަސްކަލާނގެ އެއުރެންނަށް ކަނޑައަޅުއްވާފައިވާގޮތް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އެއީ ކަލޭގެފާނުގެ މައްޗަށް ދަތިކަމެއް ނުވުމަށްޓަކައެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. (އިތުރުބަޔާން: އަންހެނަކު އެމީހެއްގެ نفس ހިބަކޮށްދީފިނަމަ، ރަނަކާ ނުލައި ކާވެނިކުރުން ހުއްދަވެގެންވީ ހަމައެކަނި ކީރިތި رسول އާއަށެވެ.)