(22) ދެން އެކަލާނގެ އެދިވޮޑިގެންނެވި ހިދަކުން އަލުންއޭނާދިރުއްވައި مَحْشَرُ އަށް ފޮނުއްވާނީވެސް ހަމައެކަލާނގެއެވެ. (ފަހެމިފަދައިން އިންސާނާ ހައްދަވައި އޭނާގެކަންތައް ފުރިހަމަ نِظَامُ އެއްގެމަތިން ގެންދަވާ މަތިވެރިމާތް الله އަށް އެއިންސާނާ ބޮޑާވެގަތުން ޙައްގުވާނީކޮންފަދައަކުން ހެއްޔެވެ؟)