Sign in
Sign in
Sign in
Select Language
010

Yunus 10:34 قل هل من شركايكم من يبدا الخلق ثم يعيده قل الله يبدا الخلق ثم يعيده فانى توفكون ٣٤

10:34
قُلۡ
هَلۡ
مِن
شُرَكَآئِكُم
مَّن
يَبۡدَؤُاْ
ٱلۡخَلۡقَ
ثُمَّ
يُعِيدُهُۥۚ
قُلِ
ٱللَّهُ
يَبۡدَؤُاْ
ٱلۡخَلۡقَ
ثُمَّ
يُعِيدُهُۥۖ
فَأَنَّىٰ
تُؤۡفَكُونَ
٣٤
(34) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (އޭ މިތިބަ مشرك ންނޭވެ!) ކަލޭމެންގެ شريك ންގެ ތެރޭގައި އިސްވެދިޔަ އެއްވެސް مثال އެއްނެތި خلق ތަކުން އަލަށް ފަށައިގެން ހައްދަވާނޭ شريك އަކު އަދި (އެތަކެތި މަރުވުމަށްފަހު) ހަމައެގޮތަށް ހައްދަވައި إعاد ކުރައްވާނޭ شريك އަކު ވޭހެއްޔެވެ؟ ﷲ އެއްވެސް مثال އެއްނެތި ހަމަ އަލަށް ފައްޓަވައިގެން خلق ތަކުން ހައްދަވައެވެ. ދެން އެކަލާނގެ އެ خلق ތަކުން إعاد ކުރައްވާނެއެވެ. حقّ ފިޔަވައި ކަލޭމެން އެނބުރިދަނީ ކޮންފަދައަކުންހެއްޔެވެ؟ (ދާން ހެޔޮނުވާނެއެވެ.)
Continue Reading

Read Tafsir

Ibn Kathir (Abridged)

This invalidates and falsifies their claims for committing Shirk withAllah and worshipping different idols and rivals

قُلْ هَلْ مِن شُرَكَآئِكُمْ مَّن يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ

(Say: "Is there of your partners one that originates the creation and then repeats it") meaning, who is the one who

…

This invalidates and falsifies their claims for committing Shirk withAllah and worshipping different idols and rivals

قُلْ هَلْ مِن شُرَكَآئِكُمْ مَّن
…
More Tafsirs

Read in Context

Chapter 10, Page 213, Juz 11

31. (31) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އުޑާއި ބިމުން ކަލޭމެނަށް ރިޒުގުދެއްވަނީ ކާކުތޯ އެ مشرك ން ކުރެން އައްސަވައި ބައްލަވާށެވެ! ނުވަތަ އިވުމާއި ފެނުންތައް مِلْكُ ވެ خاصّ ވެގެންވަނީ ކާކަށްތޯ (އައްސަވައިބަލާށެވެ!) އަދި މަރުވެފައިވާތަކެތީން ދިރޭތަކެތި، އަދި ދިރޭތަކެތީގެ ތެރެއިން މަރުވެފައިވާތަކެތި ނެރުއްވައި އަދި ކަންތައްތައް تدبير ކުރައްވަނީ ކާކުތޯ އެމީހުން ކުރެން ނިކަން އައްސަވައިބައްލަވާށެވެ! (އޭގެ ޖަވާބުގައި) ނިކަންހުރެ އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. ފަހެ ކަލޭގެފާނު ވިދާޅުވެބައްލަވާށެވެ! ކަލޭމެން ފަހެ ބިރުވެތިނުވާނޭ ހެއްޔެވެ؟ 32. (32) (އޭ މީސްތަކުންނޭވެ!) މިކަންތައްތައް މިހިންގަވާ ފަރާތަކީ ކަލޭމެންގެ حقّ رَبُّ ކަމުގައިވާ ﷲ އެވެ. حقّ قبول ނުކުރުމަށްފަހު ދެން قبول ކުރާނީ ކޮންއެއްޗެއްހެއްޔެވެ؟ ދެން ހަމަ މަގުފުރެދުން މެނުވީ قبول ކުރާކަށް އެހެން އެއްޗެއްނުވެއެވެ. ފަހެ حقّ ފިޔަވައި ކަލޭމެން އެނބުރިދާންވީ ކޮންފަދައަކުންހެއްޔެވެ؟ 33. (33) (އެމީހުން حقّ ފިޔަވައި މަގުފުރެދުމުގެ ފަރާތަށް އެނބުރިގަތްފަދައިން) ހަމައެފަދައިން އެމީހުންގެ މައްޗަށް އެބަހީ فاسق ންގެމައްޗަށް ކަލޭގެފާނުންގެ ربّ ގެ كلمة ފުޅު حقّ ވެއްޖެއެވެ. އެ كلمة ފުޅަކީ ހަމަކަށަވަރުން އެމީހުން إيمان ނުވާނެއެވެ. (އެއީ އެކަލާނގެ أزَلى علم ފުޅުގައިވާގޮތެވެ.) 34. (34) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (އޭ މިތިބަ مشرك ންނޭވެ!) ކަލޭމެންގެ شريك ންގެ ތެރޭގައި އިސްވެދިޔަ އެއްވެސް مثال އެއްނެތި خلق ތަކުން އަލަށް ފަށައިގެން ހައްދަވާނޭ شريك އަކު އަދި (އެތަކެތި މަރުވުމަށްފަހު) ހަމައެގޮތަށް ހައްދަވައި إعاد ކުރައްވާނޭ شريك އަކު ވޭހެއްޔެވެ؟ ﷲ އެއްވެސް مثال އެއްނެތި ހަމަ އަލަށް ފައްޓަވައިގެން خلق ތަކުން ހައްދަވައެވެ. ދެން އެކަލާނގެ އެ خلق ތަކުން إعاد ކުރައްވާނެއެވެ. حقّ ފިޔަވައި ކަލޭމެން އެނބުރިދަނީ ކޮންފަދައަކުންހެއްޔެވެ؟ (ދާން ހެޔޮނުވާނެއެވެ.) 35. (35) (އޭ رسول ﷲ އެވެ!) ކަލޭގެފާނު (އެ مشرك ންނަށް) ވިދާޅުވާށެވެ! ކަލޭމެންގެ شريك ންގެ ތެރޭގައި حقّ އަށް ތެދުމަގުދައްކާނޭ އެއްވެސް شريك އެއްވޭހެއްޔެވެ؟ (ނުވާނެކަން ކަށަވަރެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! ﷲ حقّ އަށް ތެދުމަގުދައްކަވައެވެ. އަޅެފަހެ އެފަރާތަކާއި تبع ވުން حقّ ކަންބޮޑީ حقّ މަގަށް ތެދުމަގުދައްކަވާ ފަރާތަކާ ހެއްޔެވެ؟ ނުވަތަ އެހެން ފަރާތަކުން ތެދުމަގު ލިބިގެންމެނުވީ ތެދުމަގު ނުދެއްކެވޭ ފަރާތަކާ ހެއްޔެވެ؟ ފަހެ ކަލޭމެނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ކަލޭމެން ތިޔަ حكم ކުރަނީ ކޮންފަދައަކުންހެއްޔެވެ؟ 36. (36) އަދި އެމީހުންކުރެ ގިނަމީހުން ހަމަ ހީއަކަށް މެނުވީ تبع ވާކަމުގައި ނުވެއެވެ. حقّ ގެ مُقَابِلُ ގައި ހީއަކުން އެއްވެސްކަމެއް ފުއްދައިނުދޭނެއެވެ. އަދި އެމީހުން އެކުރާކަންތައް ހަމަކަށަވަރުން ﷲ ދެނެވޮޑިގެންވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute