(79) އަދި فرعون އޭނާގެ قوم މުޅިން މަގުފުރައްދައިފިއެވެ. (އެއީ އޭނާ އެމީހުންނަށް ﷲ އަށް ކާފަރުވުމަށް އަމުރުކޮށް ސީދާމަގުން އެމީހުން ދުރުކުރިހިނދުންނެވެ.) އަދި އޭނާ އެމީހުންނަށް ތެދުމަގު ނުދެއްކިއެވެ. (އެއީ އެމީހުން موسى عليه السّلام އާއި تبع ވެ އެކަލޭގެފާނު ތެދުކުރުމުން އެމީހުންނަށް މަނާކޮށް ނަހީކުރިހިނދުންނެވެ.)